ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)425-H1/1/2014/180
ޕަބްލިޝްކުރި ތާރީޚް: 11 ސެޕްޓެންބަރު 2014
ޕަބްލިޝްކުރި ގަޑި: 17:21
ސުންގަޑި: 21 ސެޕްޓެންބަރު 2014 00:00
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތައިސޭކޮށީގެ (358 ނަންބަރު ކޮށި) ގެ ހުޅަގުގައި، ބޮޑުތަކުރުފާނުމަގުގައި ބަހައްޓާފައިވާ ކޮންޓެއިނަރަކާބެހޭ

އިޢުލާނު

ތައިސޭކޮށީގެ (358 ނަންބަރު ކޮށި) ގެ ހުޅަގުގައި، ބޮޑުތަކުރުފާނުމަގުގައި ބަހައްޓާފައިވާ ކޮންޓެއިނަރެއްގެ ވެރިފަރާތް ހޯދުމަށް މިހާރުވަނީ ގިނަގުނަ މަސައްކަތްތަކެއް ކުރެވިފައެވެ. ކޮންޓެއިނަރ ފަދަ ތަކެތި އާންމު މަގުތަކުގައި ބެހެއްޓުމަކީ ހުއްދަކަމެއްނޫނެވެ.

ވީމާ މިއަދުންފެށިގެން 10 ދުވަހުގެ ތެރޭގައި އެކޮންޓެއިނަރގެ ވެރިފަރާތުން އެކޮންޓެއިނަރ ނެގުމަށް އަންގަމެވެ. މިމުއްދަތުގެ ތެރޭގައި ކޮންޓެއިނަރ ނުނަންގަވައިފިނަމަ މިއިދާރާއަށް ކޮންޓެއިނަރ ނެގޭނެއެވެ. އަނބުރާ ދޫކުރެވޭނީ ކޮންޓެއިނަރ ނެގި އަގު މިއިދާރާއަށް ދެއްކުމުންނެވެ. ކޮންޓެއިނަރ މިއިދާރާއަށް ނަގާތާ 15 ދުވަހުގެ ތެރޭގައި ވެރިފަރާތުން ނުގެންދަވައިފިނަމަ ވެރިފަރާތް ނެތް އެއްޗެއްކަމަށްބަލައި ނައްތައިލެވޭނެކަން އާންމުކޮށް އަންގައި އިޢުލާނުކުރީމެވެ.

     16 ޛުލްޤަޢިދާ 1435

11 ސެޕްޓެންބަރު 2014