ދިވެހިރާއްޖެ
ދިޔަމިގިލީ ސްކޫލް
ތ. ދިޔަމިގިލި ، ދިވެހިރާއްޖެ
ނަންބަރު: DM / 04 / 2022 /I-04
އިޢުލާނު
މި ސުކޫލްގައި ބޭނުންކޮށް ބައުވެފައިހުރި ތަކެތި ނީލަންކިޔުމާ ބެހޭ
މި ސުކޫލްގައި ބޭނުންކޮށް ބައުވެފައިހުރި ތަކެތި ނީލަން ކިޔުން 2022 މޭ 26 ވާ ބުރާސްފަތި ދުވަހު މެންދުރު 2:00 ގައި މި ސުކޫލްގައި އޮންނާނެއެވެ.
މި ތަކެތި ނީލަމުން ނަންގަވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން ނީލަމުގައި ބައިވެރިވުމަށް 2022 މޭ 26 ވާ ބުރާސްފަތި ދުވަހު މެންދުރު 2:00 އަށް މި ސުކޫލަށް ވަޑައިގެންނެވުން އެދެމެވެ. މި ނީލަމުގައި ބައިވެރިވެ، ތަކެތި ނަންގަވާ ފަރާތްތަކުން ފައިސާ ދެއްކެވުމަށްފަހު 29 މޭ 2022 ވާ އާދީއްތަ ދުވަހުގެ ނިޔަލަށް ތަކެތި ގެންގޮސް ނިންމެވުން އެދެމެވެ.
ނީލަމުގައި ބައިވެރިވުމަށް ވަޑައިގަންނަވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަން ވާނެއެވެ.
ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ ލިސްޓް ތިރީގައި އެވަނީއެވެ.
ކޮމްޕިއުޓަރ ސީ.ޕީ.ޔޫ |
ކޮމްޕިއުޓަރ މޮނީޓާރ |
އެއާރ ކޮންޑިޝަނަރ |
ޕުލާސްޓިކް ގޮނޑި |
ސީލިންގް ފަންކާ |
ފޮޓޯކޮޕީ މެޝިން |
ލަކުޑި ޑެސްކް |
ޕުރިންޓަރ |
* އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
* ދިޔަމިގިލީ ސުކޫލް / ތ.ދިޔަމިގިލި
* ފޯނު : 7869965 / 9964406
* އީ މެއިލް:[email protected]
17 ޝައްވާލް 1443
18 މެއި 2022