ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު |
(IUL)197-A1/1/2022/22 :ނަންބަރު |
|||||||||||||
ތާރީޚް: 18 މޭ 2022 |
||||||||||||||
މަޤާމް |
ޑިރެކްޓަރ |
ރޭންކް: އީ.އެކްސް 1 |
||||||||||||
ބޭނުންވާ ޢަދަދު |
01 (އެކެއް) |
|
||||||||||||
މަޤާމުގެ ކްލެސިފިކޭޝަން |
ޑިރެކްޓަރ |
|||||||||||||
މަސައްކަތްކުރަންޖެހޭ ތަން |
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު |
|||||||||||||
އަސާސީ މުސާރަ |
-/8835 ރުފިޔާ |
|||||||||||||
މަޤާމަށް ކަނޑައެޅިފައިވާ އިތުރު އެލަވަންސްތައް |
- ޖުޑީޝަލް އެލަވަންސް: 4,417.50ރ (އަސާސީ މުސާރައިގެ %50) - ސަރވިސް އެލަވަންސް: -/2,000 - ލިވިންގ އެލަވަންސް: -/3,000 - ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ. - ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ. |
|||||||||||||
އަސާސީ ޝަރުޠު |
1- މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ހިންގުމުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ، 2- މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ހިންގުމުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. |
|||||||||||||
މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު |
|
|||||||||||||
ތަޢުލީމީ ދާއިރާ |
މެނޭޖްމަންޓް / އެޑްމިނިސްޓްރޭޝަން / ޕްލޭނިންގ |
|||||||||||||
މަސައްކަތާ ގުޅޭ ތަޢުލީމީ ސެޓްފިކެޓް |
|
|||||||||||||
ހުށަހަޅަންޖެހޭ ތަކެތި |
1- ޝަރުޢީދާއިރާގެ ވަޒީފާއަށްއެދޭ ފޯމު. 2- ކުރިމަތިލާ ފަރާތުގެ ވަނަވަރު. 3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް) 4- ޖީސީއީ އޯލެވެލް އަދި އޭލެވެލް ސެޓްފިކެޓްތަކުގެ ކޮޕީ. 5- ލިބިފައިވާ މަތީ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ. 6- ކުރު މުއްދަތުގެ ޓްރެއިނިންގ ޕްރޮގްރާމްތަކާއި، ކޯސްތައް ފުރިހަމަކުރިކަމުގެ ލިޔުންތަކުގެ ކޮޕީ. 7- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖެއިން ބޭރުގެ ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލފިކޭޝަން އޮތޯރިޓީއިން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް ހުށަހެޅުމާއި، އަދި ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކުން ސެޓްފިކެޓް އެކްރެޑިޓްކޮށް ހުށަހެޅުން. (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ) 8- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖޭގައި ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުން ހުށަހެޅުމަށާއި، އަދި ފުރިހަމަކޮށްފައިވާ ކޯހަކީ ރާއްޖެއިން ބޭރުގެ ޔުނިވަރސޓީއަކާ ގުޅިގެން ރާއްޖޭގައި ތަޢުލީމު ދޭ މަރުކަޒަކުން ކުރިއަށް ގެންގޮސްފައިވާ ކޯހެއް ނަމަ އެކަން އެނގޭނެ ރަސްމީ ލިޔުމާއެކު ސެޓްފިކެޓް ހުށަހެޅުން. (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ) 9- އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ. 10- ދައުލަތް ނުވަތަ ދައުލަތް ހިއްސާވާ ކުންފުންޏެއް ފިޔަވައި އިތުރު ތަނެއްގައި މަސައްކަތް ކުރައްވާނަމަ ނުވަތަ ކޮށްފައިވާނަމަ އެތަނެއްގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދު އިނގޭނެ ލިޔުމެއް ހުށަހެޅުން. (ވަޒީފާ އަދާކޮށްފައިވާ ކުންފުންޏަކީ ސަރުކާރު ޙިއްޞާވާ ކުންފުންޏެއް ނޫންނަމަ، ތަޖުރިބާ އަށް މާރކްސް ދެވޭނީ 50 މުވައްޒަފުންނަށްވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރާ ތަނަކަށްވާނަމައެވެ.) |
|||||||||||||
ސުންގަނޑި |
މި މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން މި ކޯޓުގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު 2022 ޖޫން 07 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން މި ކޯޓަށް ހުށަހެޅުއްވުން ނުވަތަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ފޯމާއެކު ހުށަހަޅާ ލިޔުންތައް ހަމަތޯ ޗެކްކުރުމަކީ އީމެއިލްކުރާ ފަރާތެއްގެ ޒިންމާއެކެވެ. އަދި ފޯމާއެކު ހުށަހަޅާ ލިޔުންތައް ހަމަނުވާނަމަ، އެފޯމެއް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
|
|||||||||||||
އެހެނިހެން ޝަރުތު |
|
|||||||||||||
މަޤާމަށް މީހަކު ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް |
|
|||||||||||||
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް |
|
|||||||||||||
އިތުރު މަޢުލޫމާތު |
|