ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)10-M/10/2014/28
ޕަބްލިޝްކުރި ތާރީޚް: 11 ސެޕްޓެންބަރު 2014
ޕަބްލިޝްކުރި ގަޑި: 17:04
ސުންގަޑި: 21 ސެޕްޓެންބަރު 2014 12:00
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
މޯލްޑިވްސް މީޑިއާ ކައުންސިލް އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓަރީކުރުމަށް ހުޅުވާލުން

މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނުގެ 4 ވަނަ މާއްދާގެ ދަށުން އިންތިޚާބުކުރެވިފައިވާ މޯލްޑިވްސް މީޑިއާ ކައުންސިލްގެ ދައުރު ހަމަވެފައިވާތީ، މިކައުންސިލަށް އަލުން މެންބަރުން އިންތިޚާބުކުރުމަށް ބާއްވާ ވޯޓުގައި، ވޯޓުލުމަށްޓަކައި ރަޖިސްޓަރީކުރުން 2014 ސެޕްޓެންބަރު 21،18،17،16 މިދުވަސްތަކުގެ ހެނދުނު 9:00 ން ފެށިގެން މެންދުރު 12:00 އަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒު (ވެލާނާގޭ 10 ވަނަ ފަންގިފިލާ) ގައި އޮންނާނެއެވެ.  

ރަޖިސްޓަރީކުރުމަށް ވަޑައިގަންނަވާއިރު މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑާއި، ތަމްސީލުކުރާ މީޑިއާއެއްގެ ތައްގަނޑު ޖެހި ލިޔުމެއް ގެންނަންވާނެއެވެ. އަދި މީގެއިތުރުން އެއިދާރާއަކުން ވޯޓްލާނެ ބޭފުޅެއްގެ ފުރިހަމަ މަޢުލޫމާތާއި އައިޑީކާޑުގެ ކޮޕީއެއް ހުށަހެޅުއްވުމުންވެސް ރަޖިސްޓަރީކޮށްދެވޭނެއެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެންބަރުކަމަށް ވޯޓުދެވޭނީ މިނިސްޓްރީގައި ރަޖިސްޓަރީކޮށްފައިވާ ނޫސްތަކާއި ބްރޯޑްކާސްޓަރުންގެ ތެރެއިން ކޮންމެ ފަރާތެއް ތަމްސީލްކުރާ އެކަކަށެވެ.

ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާނުކުރީމެވެ.

 16 ޛުލްޤަޢިދާ 1435

11 ސެޕްޓެންބަރު 2014