ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)329/329/2022/43
ޕަބްލިޝްކުރި ތާރީޚް: 18 މޭ 2022
ޕަބްލިޝްކުރި ގަޑި: 11:15
ސުންގަޑި: 31 އޮގަސްޓް 2022 00:00
ފާދިއްޕޮޅު އޮޅުވެލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޭގޭގެ ނަންބޯޑް ހަދާ ހަރުކުރުން

ގޭގޭގެ ނަންބޯޑް ހަދާ ހަރުކުރުން

        މިނިސްޓރީ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ކުރިޔަށް ގެންދާ ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ތަންތަނުގެ ބޯހިމެނުމުގެ މަސައްކަތް 2022 ސެޕްޓެމްބަރ 17 ވަނަ ދުވަހު ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. ބޯހިމެނުމުގެ މަސައްކަތް ފެށުމުގެ ގޮތުން މުޅި ރާއްޖޭގައި ހުރި ތަންތަނުގެ ލިސްޓެއް 2022 ސެޕްޓެމްބަރ 14،13 ގައި ނެގުމަށްޓަކައި ގޭގޭގެ ނަންބޯޑް ހަރުކުރެވިފައި ބެހެއްޓުމަކީ އެމިނިސްޓްރީގެ ވަރަށް ބޮޑު އެދުމެއް ކަމުގައި ލޯކަލްގަވަރމެންޓް އޮތޯރިޓީން އަންގަވައިފިއެވެ.

        ވީމާ އޮޅުވެލފުށީގެ ހުރިހާ ގެއެއްގެ ނަންބޯޑް ހަދާ 2022 އޯގަސްޓް މަހުގެ ނިޔަލަށް ހުރިހާ ގެއެއްގައި ނަންބޯޑް ހަރުކޮށް ނިންމެވުމަށް ދަންނަވަމެވެ.

        މިހެންވެ މިކަން ޢާޢްމުކޮށް އެންގުމުގެ ގޮތުން އިޢުލާން ކުރީމެވެ.      

        17 ޝައްވާލް 1443  

        18   މޭ   2022

 

18 މޭ 2022