ދިވެހިރާއްޖެ
(IUL)321-A/321/2022/92 :ނަންބަރު
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ބ. ތުޅާދޫގެ އިޖުތިމާޢީ ސަރަޙައްދު ކުނިކަހާ ސާފުކޮށްދިނުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުން
ބ. ތުޅާދޫގެ އިޖުތިމާޢީ ސަރަޙައްދު ކުނިކަހާ ސާފުކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި މިއިދާރާގެ ނަންބަރު (IUL)321-A/321/2022/71 (13 އޭޕްރިލް 2022) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ބީލަން ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް މި މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނުކުރަމެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން މި އިޢުލާނާ އެކު އާއްމުކޮށްފައިވާ ބީލަން ފޮތުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ބީލަން ހުށަހެޅުމަށް 2022 މޭ 25 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ރަޖިސްޓްރީ ކުރެއްވުމަށްފަހު، 2022 މެއި 29 ވާ އާދީއްތަ ދުވަހުގެ 10:00 ށް ބީލަން ހުށަހެޅުއްވުމަށް ދަޢުވަތު އަރުވަމެވެ.
މި މަސައްކަތާގުޅޭ މަޢުލޫމާތު މި އިޢުލާނާއެކު ގެޒެޓްކުރެވިފައިވާ ބީލަންފޮތުގައި ހިމެނިފައި ވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ، މި އިދާރާގެނަންބަރު: 6600006 ފޯނާއެވެ.
މިހެންވެމިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
16 ޝައްވާލު 1443