ޢާންމު މަޢުލޫމާތު
ނަންބަރު: GS116(IUL) /2022/006
ޕަބްލިޝްކުރި ތާރީޚް: 17 މޭ 2022
ޕަބްލިޝްކުރި ގަޑި: 14:56
ސުންގަޑި: 26 މޭ 2022 16:30
ހިދާޔާ ސުކޫލް/ ނ. މިލަދޫ
ދިވެހިރާއްޖެ
2022 – 2023 ވަނަ އަހަރު މި ސްކޫލުގެ އެލް.ކޭ.ޖީ އަށް ކުދިން ވެއްދުމާއި ބެހޭ

ހިދާޔާ ސްކޫލް

  ނ.މިލަދޫ                                                

ނަމްބަރު:GS116(IUL) /2022/006 

އިޢުލާން

 2022 – 2023 ވަނަ އަހަރު މި ސްކޫލުގެ އެލް.ކޭ.ޖީ އަށް ކުދިން ވެއްދުމާއި ބެހޭ

 

              2022- 2023  ވަނަ އަހަރު މި ސްކޫލުގެ އެލް.ކޭ.ޖީ އަށް ދަރިވަރުން ވެއްދުމަށް ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދި ފޯމު ހުށައެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

             2022- 2023   ވަނަ އަހަރު އެލް.ކޭ.ޖީ އަށް ކުދިން ވެއްދުމަށް އެދިލައްވާ ފަރާތްތަކުން، އެކަމަށް އެދޭ ފޯމު ނަންގަވާ ފުރިހަމަކުރެއްވުމަށްފަހު، 26 މެއި 2022 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 16:30 ގެ ކުރިން މި ސުކޫލަށް ފޯމު ހުށައެޅުއްވުމަށް ދަންނަވަމެވެ. 2022 -2023   ވަނަ އަހަރު އެލް.ކޭ.ޖީއަށް ވެއްދުމަށް ހަމަޖެހިފައިވަނީ 2022 ވަނަ އަހަރުގެ ޖުލައި 31 އަށް 4 އަހަރު ފުރި 5 އަހަރު ނުފުރޭ ކުދިންނެވެ.

           ފޯމު ދޫކުރުމާއި ބަލައިގަތުުން އޮންނާނީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ހަވީރުު 16:30 އަށެވެ.

ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

 

16 ޝައްވާލް 1443

17  މެއި  2022

17 މޭ 2022