ޢާންމު މަޢުލޫމާތު
                	
                ނަންބަރު: (IUL)365-ESMS/2022/29
                    ޕަބްލިޝްކުރި ތާރީޚް: 17 މޭ 2022
                    ޕަބްލިޝްކުރި ގަޑި:  14:45
                                            ސުންގަޑި: 
                            31 އޮގަސްޓް 2022 00:00
                        
                    
                މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
ގޭގޭގެ ނަންބޯޑު ހަރުކުރުން
                                އިޢުލާން
ގޭގޭގެ ނަންބޯޑު ހަރުކުރުމާއިގުޅޭ:
ދިވެހިރާއްޖޭގެ އާބާދީއާއި ދިރިއުޅޭ ތަންތަނުގެ ބޯހިމެނުމުގެ މިއަހަރުގެ މަސައްކަތް 17 ސެޕްޓެމްބަރ 2022 ވަނަ ދުވަހު ކުރިއަށް ގެންދިއުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ވަނީ ހަމަޖައްސާފައެވެ. އަދި ބޯހިމެނުމުގެ މަސައްކަތް ފެށުމުގެ ގޮތުން މުޅި ރާއްޖޭގައި ހުރި ތަންތަނުގެ ލިސްޓެއް 13 އަދި 14 ސެޕްޓެމްބަރގައި ނެގުމަށްޓަކައި ގޭގޭގެ ނަންބޯޑް ހަރުކޮށްފައި ބެހެއްޓުމަށް އެމިނިސްޓްރީންވަނީ އެދިލައްވާފައެވެ.
ވީމާ، 31 އޯގަސްޓް 2022 ވަނަ ދުވަހުގެ ނިޔަލަށް މިރަށުގައި، ނަންބޯޑް ހަރުނުކޮށް ހުރި ގެތަކުގެ ނަންބޯޑުތައް ހަރުކޮށް ނިންމައި ދެއްވުން އެދެމެވެ.
ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
                17 މޭ 2022