ކުއްޔަށް ދިނުން
ނަންބަރު: (IUL)407/407/2022/04
ޕަބްލިޝްކުރި ތާރީޚް: 17 މޭ 2022
ޕަބްލިޝްކުރި ގަޑި: 14:25
ސުންގަޑި: 25 މޭ 2022 13:00
ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވިލިނގިލީ އެސް ޓީ އޯ ފިހާރައިގެ ދެކުނަށް ހުރި އިމާރާތާއި، ބިން ކުއްޔަށް ދޫކުރުމާއިބެހޭ:

ވިލިނގިލީ އެސް ޓީ އޯ ފިހާރައިގެ ދެކުނަށް ހުރި އިމާރާތާއި، ބިން ކުއްޔަށް ދޫކުރުމާއިބެހޭ:

  ވިލިނގިލީ އެސް ޓީ އޯ ފިހާރައިގެ ދެކުނަށް، ވިލިނގިލީ ކުދިމާގޭ ހުޅަނގަށް  އަތިރި މައްޗަށް ވާގޮތަށް ހުންނަ "ފިނިހިޔާ" (ކުރިން ތިއަރީ ޕްލާޒާ ހިންގި) އިމާރާތާއި، ބިން  10 އަހަރު ދުވަހުގެ މުއްދަތަށް ވިޔަފާރި ހިންގުމަށް ކުއްޔަށް ދޫކުރުމަށް ކުރެވުނު ނަންބަރ. (IUL)407/407/2021/25 (05 އޮގަސްޓް 2021) އަށް އިތުރު ބަދަލު ގެންނަންޖެހުމާއިގުޅިގެން އެ އިޢުލާން ބާޠިލްކުރުމަށް ފަހު މިދެންނެވި އިމާރާތާއި ބިން ކުއްޔަށް ދޫކުރުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

   ވީމާ، މިދެންނެވި އިމާރާތާއި، ބިމުގައި ވިޔަފާރި ހިންގުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 2022 މޭ 25 ވާ ބުދަ ދުވަހު 13.00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފްކުރުމާއި، އިމާރާތާއި ބިން ބެއްލެވުމަށް ފަހު 2022 މޭ 31 ވާ އަންގާރަ ދުވަހުގެ 13.00 އަށް މި އިމާރާތާއި، ބިން ކުއްޔަށް ނެގުމަށް ބޭނުންވާ އަންދާސީ ހިސާބު ހުށަހެޅުއްވުމަށް އާއްމުކޮށް އަންގާ އިޢުލާންކުރީމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފްކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ.

17 މޭ 2022