ވަޒީފާގެ ފުރުޞަތު
ނަންބަރު: S2C-A/2014/17
ޕަބްލިޝްކުރި ތާރީޚް: 09 ސެޕްޓެންބަރު 2014
ޕަބްލިޝްކުރި ގަޑި: 16:51
ސުންގަޑި: 21 ސެޕްޓެންބަރު 2014 15:00
އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް
ދިވެހިރާއްޖެ
މަސައްކަތު

ވަޒީފާގެ ފުރުޞަތު

ނަންބަރު: S2C-A/2014/17

ތާރީޚު: 9 ސެޕްޓެންބަރު 2014

މަޤާމު:

 މަސައްކަތު

ބޭނުންވާ އަދަދު:

1

ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް 1 

ރޭންކް:

 SS1

އަސާސީ މުސާރަ:

  -/3،100 ރުފިޔާ

އެލަވަންސްތަކާއި ޢިނާޔަތްތައް:

- ސަރވިސް އެލަވަންސް: 1000.00 ރުފިޔާ

- ޖުޑީޝަލް އެލަވަންސް: މުސާރައިގެ %35

- އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ.

އަސާސީ ޝަރުޠު:

- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން އިންޓަރވިއުގައި ސާބިތުކޮށް ދިނުމާއެކު، އަސާސީ ތަޢުލީމުގެ ފެންވަރަށް ލިޔަންކިޔަން އެނގުން.

މަޤާމުގެ މައިގަޑު މަސްއޫލިއްޔަތު:

  1. ޢާންމު ފަރާތްތަކާ ހަވާލުކުރުމަށް  ކޯޓުން ބޭރުކުރާ، ކޯޓަށް ހާޒިރުވުމުގެ އަމުރު ރައްދުކުރުން.
  2. ސަރުކާރުގެ އިދާރާތަކަށާއި، އެހެނިހެން ފަރާތްތަކާ ކޯޓުން ހަވާލުކުރަންޖެހޭ ސިޓީއާއި، ލިޔުމާއި، ތަކެތި ހަވާލުކުރުން.
  3. ކޯޓުން ބެންކަށް ޖަމާކުރަންޖެހޭ ފައިސާ ބޭންކަށް ޖަމާކުރުމުގެ މަސައްކަތް ކުރުން.
  4. ކޯޓަށް ބޭނުންވާ ތަކެތި ހޯދުމުގައި، ކަމާބެހޭ މުވައްޒަފު އަންގާގޮތެއްގެމަތިން ފިހާރަތަކަށްގޮސް ތަކެތީގެ އަގުބަލައިދިނުން.
  5. ކޯޓަށް ބޭނުންވާތަކެތި ކޯޓުންދޭ ޕާޗެސް އޯޑަރާ އެއްގޮތަށް ފިހާރަތަކުން މުދާ ކޯޓަށް ގެނެސް ކަމާބެހޭ ފަރާތާ ހަވާލުކުރުން.
  6. ކޯޓުގެ ގޯތިތެރެއާއި ޢިމާރާތުގެ ވަށައިގެންވާ މަގުތަކުގެ ކުނިކަހައި ވިނަނޮޅައި ސާފުކޮށް ބެލެހެއްޓުން.
  7. ކޯޓުގެ ޢިމާރާތުގެ އެތެރެ ފޮޅައި ސާފުކޮށް ބެލެހެއްޓުމާއި، މަދުވެގެން ހަފުތާއަކު އެއްފަހަރު ކޯޓުގެ ތަޅުންގަޑު މޮޕްކުރުން.
  8.  ކޯޓުގެ ފަރުނީޗަރާއި މެޝިނަރީފަދަ ތަކެތި ފޮހެ ސާފުކޮށް ބެލެހެއްޓުން.
  9. ކޯޓުގެ ގޯތިތެރޭގައި ގަސްއިންދާ ހެއްދުމާބެހޭ މަސައްކަތް ކުރުމާއި، ކޯޓުގެ ގޯތިތެރޭގައި ހުންނަ ރުއްގަސްފަދަ ތަކެތި ސާފުކޮށް ބެލެހެއްޓުން.
  10. ކޯޓުގެ ސިކިއުރިޓީ ބަލަހައްޓަންޖެހިއްޖެ ޙާލަތްތަކުގައި އިދާރީ ސެކްޝަނުން އަންގާގޮތެއްގެމަތިން ކޯޓުގެ ސެކިއުރިޓީ ބެލެހެއްޓުން.
  11. ދައުލަތުގެ ރަސްމީ ދިދައާއި، ކޯޓުގެ ރަސްމީ ދިދަ ނަގައި ތިރިކުރުން.
  12. ކޯޓުގެ ވަޅުދިޔަ ހިއްކުމާއި، ތާނގީތައް ބެލެހެއްޓުމާއި ދިޔަ ދޮވި ސާފުކޮށް ބެލެހެއްޓުން.
  13. ކޯޓުން ކުރާ ޙުކުމާ އެއްގޮތަށް ޙައްދުޖަހަންޖެހޭ ފަރާތްތައް ޙައްދުޖެހުމާއި، ތަޢުޒީރުކުރަންޖެހޭ ފަރާތްތައް ތަޢުޒީރުކުރުން.

ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:

- ވަޒީފާއަށް އެދޭ ފޯމް (މި ކޯޓުގެ ކައުންޓަރުން ލިބެން ހުންނާނެ)   

- އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ (އިންޓަވިއުއަށް ހާޒިރުވާއިރު، ސެޓްފިކެޓްތައް އަސްލާ އެއްގޮތްތޯ ބެލޭނެއެވެ.)

- ދިވެހި ރައްޔަތެއްކަން އަންގާދޭ ކާޑު ކޮޕީ.  

- ވަޒީފާއެއްގައި އުޅެފައިވާނަމަ، ވަޒީފާ އަދާކުރިކަމުގެ ލިޔުމުގެ ކޮޕީ.

 ނޯޓް:

  1. މި މަޤާމަށް ކުރިމަތިލާ ފަރާތްތައް 10 އަށްވުރެ ގިނަވެއްޖެނަމަ، އިންޓަވިއުއަށް ހޮވޭނީ ހުށަހަޅާފައިވާ ލިޔުންތަކަށް ބަލައިގެން ލިބިފައިވާ ތަޢުލީމާއި ތަޖުރިބާއަށް ދެވޭ މާކްސްތަކުން އެންމެ މަތީ މާކްސް ލިބޭ  10 ފަރާތެވެ.

ސުންގަޑި:

- 2014 ސެޕްޓެންބަރު 21 ވަނަ ދުވަހުގެ 15:00 ގެ ކުރިން

އިތުރު މަޢުލޫމާތު:

- އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ:

ފޯނު ނަންބަރު: 6885571      ފެކްސް ނަންބަރު: 6885570

09 ސެޕްޓެންބަރު 2014