ދިވެހިރާއްޖެ
ނަންބަރު: 203-AS/CIR/2022/2
ސާރކިއުލާރ
ތަރައްޤީގެ މަޝްރޫޢުތަކުގެ މަސައްކަތް ކުރިއަށް ގެންދާއިރު އާސާރީ ބިނާތަކަށް ގެއްލުންވުމާއި ގުޅޭ:
ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދާ ތަރައްޤީގެ ގިނަ މަޝްރޫޢުތަކުގެ ތެރެއިން، މަގުކޮނުން ހިމެނޭ މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް ކުރިއަށް ގެންދާއިރު ވަޅުލެވިފައިވާ އާސާރީ ބިނާތަކަށާއި ތަކެއްޗަށް ގެއްލުން ލިބެމުންދާކަމުގެ ޝަކުވާ މިއޭޖެންސީއަށް އަންނަނީ ލިބެމުންނެވެ. ވީމާ، މިފަދަ މަޝްރޫޢުތަކުގެ މަސައްކަތް ކުރުމަށް ބިންކޮންނަމުންދާއިރު ފެންނަ ވަޅުލެވިފައި ހުންނަ އާސާރީ ބިނާތަކަށް ރައްކާތެރިވުމަށާއި އެފަދަ ތަކެތި ފެނިންޖެނަމަ، ވަގުތުން އެކަން ސަޤާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒަށް އަންގަވައި އެމަރުކަޒުން ލަފާދެއްވާގޮތަށް އެތަކެއްޗާއިމެދު ޢަމަލު ކުރެއްވުމަށް ދަންނަވަމެވެ.
ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހަދައި މިއޭޖެންސީއިން ތިމާވެށީގެ ކްލިއަރެންސް ލިބިގެން ކުރިއަށްގެންދާ މަޝްރޫޢުތަކުގެ މަސައްކަތް ކުރެއްވުމުގައި ދިވެހި ރާއްޖޭގެ ސަގާފީ ތަރިކައިގެ ޤާނޫނާއި އަދި އެހެނިހެން ޤާނޫނާއި ޤަވައިދުތަކާއި ޚިލާފު ނުވާނެހެން މަސައްކަތްތައް ކުރެއްވުމަށް އެންމެހާ ބޭފުޅުންގެ އެއްބާރުލެއްވުން ދެއްވުމަށްވެސް އެދެމެވެ.
16 شَوَّال 1443
17 މޭ 2022