ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)325-MS/325/2022/24
ޕަބްލިޝްކުރި ތާރީޚް: 17 މޭ 2022
ޕަބްލިޝްކުރި ގަޑި: 10:46
ސުންގަޑި: 15 އޮގަސްޓް 2022 00:00
މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޭގޭގައި ނަންބޯޑު ހަރުކުރުން

ނަމްބަރު: (IUL)325-MS/325/2022/24

އިޢުލާން

ގޭގޭގައި ނަންބޯޑު ހަރުކުރުމާ ގުޅޭ

            މިއަހަރު ސެޕްޓެމްބަރ 17 ގައި ބޯހިމެނުމުގެ މަސައްކަތް ކުރުމަށް މިނިސްޓްރީއޮފް ޕްލޭނިންގ ، ހައުސިން އެންޑް އިންފްރާސް ޓްރަކްޗަރ އިން ކަނޑައަޅުއްވާ ، ސެޕްޓެމްބަރ 13،14 މިދެދުވަހު މުޅި ރާއްޖޭގެ ހުރީހާ ގޭގޭގެ ލިސްޓެއް ނެގުމަށް ނިންމަވާފައިވާތީ ، ހުރިހާ ގެއެއްގައިވެސް މަގުމައްޗަށް ފެންނާނެހެން ނަންބޯޑު ހަރުކޮށްފައި ބެހެއްޓުމަށް  އެމިނިސްޓްރީން އެދިވަޑައިގެންފައިވާކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީން ވަނީ އަންގަވާފައެވެ.  އެގިވަޑައިގަންނަވާނެ ފަދައިން ގޭގޭގެ ނަންބޯޑު މަގުމައްޗަށް ފެންނާނޭހެން ހަރުކޮށްފައި ބެހެއްޓުމަކީ ގޯތިދޫކުރުމުގެ ޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާޢިދުގައިވެސް ގޭގެވެރިފަރާތަށް ލާޒިމްކޮށްފައިވާ ކަމެކެވެ.

             ވީމާ ، އަންނަ އޯގަސްޓްމަހުގެ 15 ވަނަ ދުވަހުގެ ކުރިން މިހާރު ނަންބޯޑު ހަރުކޮށްފައިނެތް ގޭގޭގައި ނަންބޯޑު ހަރުކުރުމަށް އަންގާ އިޢުލާންކުރަމެވެ. އަދި މިހާރު ނަންބޯޑު ހަރުކޮށްފައިހުރި ގޭގެއިންނާއި ، އަލަށް ނަންބޯޑު ހަރުކުރާ ގޭގެއިންވެސް ،ނަންބޯޑު ހަރުކުރުމަށްފަހު އެކަން ކައުންސިލަށް އަންގަވާދެއްވުން އެދެމެވެ. ނަންބޯޑު ހައްދަވާއިރު ،ދިވެހިބަހަށް އިސްކަންދިނުމަށާއި ، ގޭގެ ރަޖިސްޓްރި ނަމްބަރ ފެންނަގޮތަށް ހެއްދެވުމަށްވެސް ދަންނަވަމެވެ.

         އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިކައުންސިލްގެ ރަސްމީ ފޯނުނަމްބަރ6600005  ނުވަތަ މިކައުންސިލްގެ ސީނިއަރ ކައުންސިލް އޮފިސަރ އަޙުމަދު ނިޔާޒް ފޯނު 7991054 އާ ގުޅުއްވުން އެދެމެވެ.

17 މޭ 2022