ދިވެހިރާއްޖެ
މިކައުންސިލްގެ އިޢުލާން ނަންބަރު ((IUL)420-AS/420/2021/27) އިން މީހުން ދިރިއުޅޭ ގެތަކުގެ ނަންބޯޑް ހަރުކުރުމަށް ދެވުނު މުއްދަތު 2022 ފެބަރުއަރީ 17 އަށް ހަމަވެފައިވީނަމަވެސް އަދިވެސް ގިނަ ގެތަކެއްގެ ގެ ނަންބޯޑް ހަރުނުކޮށްވާކަމަށް ވަނީ ފާހަގަކުރެވިފައިއެވެ. މިކަމަކީ އާންމުންނަށާއި ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށާއި އަދި ރަށުގެ އިދާރާތަކަށް އާންމުކޮށް ހިދުމަތްދިނުމުގައިވެސް ނުހަނު ބޭނުންތެރި ކަމެކެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ އާބާދީއާއި ދިރިއުޅޭ ތަންތަނުގެ ބޯހިމެނުމުގެ މަސައްކަތް މިއަހަރު ސެޕްޓެމްބަރ 17ވަނަ ދުވަހު ކުރިއަށް ގެންދިއުމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ދަނީ ތައްޔާރުވަމުންނެވެ. ޤައުމީ މި މަސައްކަތުގައި އާބާދީއާއި ދިރިއުޅޭ ތަންތަނުގެ ލިސްކުރުމާއި އަދި ތަފާސްހިސާބު އެއްކުރުމަށް ގޭގެއަށް ޒިޔާރަތްކުރާއިރު ގެތަކުގެ ނަން ފަސޭހައިން ކިޔަން އެނގޭނެގޮތަށް ޖަހާފައި ހުރިކަން ކަށަވަރުކުރަންޖެހެއެވެ.
އެހެންކަމުން ގދ. ރަތަފަންދޫގައި ނަންބޯޑު ހަރުކޮށްފައި ނެތް ގެތަކުގައި 2022 ޖުލައި 17ގެ ނިޔަލަށް ނަންބޯޑު ހަރުކުރުމަށް ދަންނަވަމެވެ. އަދި ގޭގެ ނަންބޯޑު ހަރުކުރާއިރު ގެ ރަޖިސްޓްރީ ކުރެވިފައިވާނަން ފަސޭހައިން ކިޔަން އެނގޭނެގޮތަށް ޖެހުމަށް ސަމާލުކަންދެއްވުން އެދެމެވެ.
ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.