ވަޒީފާގެ ފުރުޞަތު
ނަންބަރު: 331/2014/50
ޕަބްލިޝްކުރި ތާރީޚް: 07 ސެޕްޓެންބަރު 2014
ޕަބްލިޝްކުރި ގަޑި: 16:22
ސުންގަޑި: 25 ސެޕްޓެންބަރު 2014 15:00
މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަގުތީ އިމާމު

މިރަށު ހުކުރުމިސްކިތް "މަސްޖިދުލް ޙަޟާރަތު" އަށް، ވޭޖް އެމްޕްލޯއިމަންޓުގެ ދަށުން މިސްކިތް ބަލަހައްޓައިދޭނެ ވަގުތީ އިމާމަކު ބޭނުންވެއްޖެއެވެ.

ޝަރުޠު:

އިމާމުކަމުގެ ސަނަދު އޮތުން ނުވަތަ ތަޖުވީދު މަގުން ޤުރުއާން ކިޔަވަން ދަންނަ މީހަކު ކަމުގައި ވުމާއި، ރީތިކޮށް ބަންގިގޮވަން އެނގޭ މީހަކުކަމުގައިވުން.

މުސާރަ:

އިމާމުކަމުގެ ސަނަދު އޮތް ޝަރުޠު ފުރިހަމަވާ މީހެއްނަމަ މުސާރައަކީ މަހަކު -/5،020 ރުފިޔާއެވެ. އަދި ސަރވިސް އެލަވަސްގެގޮތުގައި މަހަކު -/1،500 ރުފިޔާ ލިބޭނެއެވެ. އިމާމުކަމުގެ ސަނަދު ނެތް، ޝަރުޠު ފުރިހަމަނުވާ މީހެއްނަމަ މުސާރައަކީ މަހަކު -/4،465 ރުފިޔާއެވެ. އަދި ސަރވިސް އެލަވަސްގެ ގޮތުގައި މަހަކު -/1،500 ރުފިޔާ ލިބޭނެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2014 ސެޕްޓެންބަރު 25 ވާ ބުރާސްފަތިދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މި އޮފީހަށް ސިޓީ ފޮނުވުން އެދެމެވެ. ސިޓީ ފޮނުވަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.

ސިޓީއުރައިގެ ބޭރުގައި "ވަގުތީ އިމާމަކަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ.

12  ޛުލްޤަޢިދާ  1435  

07 ސެޕްޓެންބަރު 2014