ވަޒީފާގެ ފުރުޞަތު
ނަންބަރު: Q10C-A/2022/7
ޕަބްލިޝްކުރި ތާރީޚް: 12 މޭ 2022
ޕަބްލިޝްކުރި ގަޑި: 21:50
ސުންގަޑި: 24 މޭ 2022 13:00
ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ތަރުޖަމާނުން ހޯދުމާއިގުޅޭ

ތަރުޖަމާނުން ހޯދުމާއިގުޅޭ

 

މިކޯޓުން ބަލަމުންދާ ބައެއް މައްސަލަތަކާއި ގުޅިގެން ތިރީގައި މިވާ ބަހުގެ ތަރުޖަމާނު ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މި އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަހެޅުއްވުން އެދެމެވެ.

ބަންގްލަދޭޝް ބަސް

ޝަރުތު: އިސްވެ ބަޔާންކުރެވުނު ބަހުން ދައްކާ ވާހަކަތައް ދިވެހި ބަހަށް ފަރިތަކަމާއެކު ތަރުޖަމާ ކޮށްދިނުމާއި، އަދި ދިވެހި ބަހުން ދައްކާ ވާހަކަ އެ ބަހަށް ފަރިތަކަމާއެކު ތަރުޖަމާ ކުރުމުގެ ޤާބިލުކަން ހުރުން. 

އުޖޫރަ:  މައްސަލަތަކާއި ގުޅިގެން ކޯޓުގައި ހޭދަކުރާ ކޮންމެ ގަޑިއަކަށް -/400 ރުފިޔާ (ހަތަރު ސަތޭކަ ރުފިޔާ) 

ހުށަހަޅަންޖެހޭ ތަކެތި:

-  ތަރުޖަމާނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދި ހުށަހަޅާ ފޯމު

-  ޕާސްޕޯޓު / އައިޑީކާޑުގެ ކޮޕީ

-  ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ  

-  ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ

-  ވަނަވަރު (ސީވީ) 

ވީމާ، މިކަމަށް އެދޭ ފަރާތްތަކުން މި ކޯޓުގެ ތަރުޖަމާނުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމަށްޓަކައި، 24 މެއި 2022 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ހުށަހަޅަންޖެހޭ ތަކެތި މި ކޯޓަށް ހުށަހެޅުއްވުން އެދެމެވެ.

12 މޭ 2022