ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)MMPRC-HR/1/2022/41
ޕަބްލިޝްކުރި ތާރީޚް: 16 މޭ 2022
ޕަބްލިޝްކުރި ގަޑި: 17:55
ސުންގަޑި: 23 މޭ 2022 14:00
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
ސީނިއަރ މާކެޓިންގ ކޯޑިނޭޓަރ

މޯލްޑިވްސް މާރކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

މާލެ، ދިވެހިރާއްޖެ

          އިޢުލާން ނަންބަރު:‭(IUL)MMPRC-HR/1/2022/41

ވަޒީފާގެ ފުރުޞަތު

މަޤާމުގެ ނަން: ސީނިއަރ މާކެޓިންގ ކޯޑިނޭޓަރ

މުސާރަ (މަހަކު) : -/9,792 ރުފިޔާ މަހަކު

ސަރވިސް އެލަވަންސް:-/3,427 ރުފިޔާ މަހަކު

ލިވިންގ އެލަވަންސް:-/2,938 ރުފިޔާ މަހަކު

- ޓެކްނިކަލް ކޮލިފިކޭޝަން އެލަވަންސް / ސަޕޯޓިންގ ކޮލިފިކޭޝަން އެލަވަންސް: ހުށަހަޅާ އެންމެ މަތީ ސަނަދަށް ބިނާކޮށް

- ލެވެލް 9 އަދި އެއަށްވުރެން މަތިން -/1,750 ރުފިޔާ (މަހަކު)

- ލެވެލް 7 އަދި 8 ގެ ސަނަދަކަށް -/1,250 ރުފިޔާ (މަހަކު)

- ލެވެލް 6 އިން ދަށުގެ ސަނަދަކަށް -/750 ރުފިޔާ (މަހަކު)

- އިތުރު ގަޑީގެ ފައިސާ އާއި އެހެނިހެން އެލަވަންސްތައް ހަމަޖެހިފައިވާ އުސޫލުގެ ދަށުން

ޑިޕާރޓްމަންޓް / ސެކްޝަން: ޑެސްޓިނޭޝަން މާކެޓިންގ

ބޭނުންވާ އަދަދު: 4

  1.  ޝަރުޠު:

 މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު:

 ހ. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 (ޑިޕްލޮމާ) ހާސިލްކޮށްފައިވުމާއިއެކު މަދުވެގެން 3 އަހަރު ދުވަހުގެ   މަސައްކަތު ތަޖުރިބާ ލިބިފައިވުން.

 2.މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  1. މަޤްޞަދުތައް ކަނޑައެޅުމާއި، ކަލަންޑަރު އަޕްޑޭޓްކޮށް މާކެޓިންގ ޕްލޭން އަދި ސްޓްރެޓެޖީ އިވެލުއޭޓްކޮށް އެސްޓެބްލިޝިންގ ކުރުމުގައި ސުޕަވައިޒަރަށް އެއްބާރުލުން ދިނުން.
  2. މާކެޓިންގ ކަލަންޑަރު (ފެއަރ، ރޯޑްޝޯ، އެފްއޭއެމް ޓްރިޕްސް އަދި އެހެނިހެން ހަރަކާތްތައް) ހިންގުމާއި މާކެޓިންގ ހަރަކާތްތައް އަވަހަށް ނިންމުމަށްޓަކައި ޝެޑިއުލްތައް މޮނިޓަރކުރުމާއި، އިޝްތިހާރުކޮށް އެހެނިހެން ތަފްޞީލުތައް ވިލަރެސްކުރުން.
  3. ކެމްޕެއިންގެ މަޤްޞަދު، ޓައިމްލައިން، އަދި ސްޓޭކްހޯލްޑަރުންނަށް ޙިއްސާކޮށްދިނުން.
  4. މާކެޓިންގ ހަރަކާތްތަކަށް ބޭނުންވާ އެކި ކޮންޓެންޓް ތައްޔާރުކުރުމުގައި ބިނާކުރަނިވި ހިޔާލުތައް ދިނުމާއި ކްރިއޭޓިވް އައިޑިއާ ދީ ކޮންޓެންޓްތައް ތައްޔާރުކުރުމުގައި އަމަލީގޮތުން ބައިވެރިވެ އެހީތެރިވުން.
  5. ސްޓްރެޓީޖިކް ފުރުސަތުތަކަށް ދިރާސާކުރުން ހަވާލުކުރެވިފައިވާ މާކެޓުގެ ބަދަލުވަމުންދާ ޓްރެންޑްތައް ދެނެގަނެ އިވެލުއޭޓްކޮށް އެކްސްޕޮޒަރކުރުން
  6. ކީ މެޓްރިކްސް އެނަލައިޒްކޮށް، ރަނގަޅު ކުރަން ޖެހޭ ކަންކަން ރަނގަޅު ކުރުމަށް ލަފާ ދިނުމާއި ރިޕޯޓު އެކުލަވާލައި، މާކެޓިން އެކްޓިވިޓީ އެއް މެދު ކެނޑުމެއްނެތި އިވެލުއޭޓްކޮށް މޮނިޓަރ ކުރުން
  7. ބައްދަލުވުންތަކުގެ  ކުރަންޖެހޭ ކަންތައްތަކާއި ނިންމަންޖެހޭ ނިންމުންތައް ލިޔެ، ފޮލޯއަޕް ކުރުން.
  8. ހަވާލުކުރެވިފައިވާ މާކެޓްގައި ޕީ.އާރު ފާރމްތަކުގެ އެހީގައި ދިވެހިރާއްޖޭގެ މީޑިއާ ރިޕޯޓްޝާއިޢުކުރާ އާޓިކަލްތައް މޮނިޓަރކޮށް މީޑިއާ ވެލިއު ރިޕޯޓްތައް ތައްޔާރުކުރުން
  9. ހަވާލުކުރެވޭ މާކެޓްތަކަށް އަންނަ ބަދަލުތައް މޮނިޓަރކޮށް ދެނެގަނެ، އޭގެ މައްޗަށް ބިނާކޮށް ކުއާޓަރލީ ރިޕޯޓްތައް ތައްޔާރުކުރުން.
  10. ޓުއަރ އޮޕަރޭޓަރުންނާއި މީޑިއާގެ ލިސްޓެއް/ޑޭޓާބޭސްއެއް އެކުލަވާލައި، އެ ލިސްޓް ގެ ޑައިރެކްޓްރީ އަކީ މިހާރު އަދި ކަނޑައެޅިފައިވާ މާކެޓުގައި ޞައްޙަ ޑިރެކްޓަރީއެއްކަން ކަށަވަރުކޮށްގެން ބެލެހެއްޓުން.
  11. ފެމިލިއަރައިޒޭޝަން ޓްރިޕްތައް އިންތިޒާމުކުރުމުގައި ޕީ.އާރު އެޖެންޓުންނާ ގުޅިގެން މަސައްކަތްކުރުން، ކޮންސެޕްޓްތައް ހެދުން، ދަތުރުފަތުރާއި އެކޮމޮޑޭޝަން އިންތިޒާމްކުރުން، ވިސާގެ އިންތިޒާމް ތަކަށސްޓޭކްހޯލްޑަރުންނާ ގުޅުން ބޭއްވުން، ހުއްދަ އާއި އެޕްރޫވަލް ހޯދުން، ބޭނުންވެއްޖެ ހިނދެއްގައި ބައިވެރިވުން އަދި ޕޯސްޓް އިވެންޓް ރިޕޯރޓް އަދި ފީޑްބެކް ދިނުން.
  12. ޕީ.އާރު އޭޖެންސީތައް މޮނިޓަރކޮށް، ކޮންޓްރެކްޓްގެ ޝަރުޠުތަކާ އެއްގޮތަށް ޢަމަލުކުރަމުންދޭތޯ ބެލުމާއި، ބަދަލުވަމުންދާ ޓްރެންޑްތަކާއި ރިކުއަރމަންޓްތައް ދެނެގަތުމަށް ޓަކައި އެފަރާތްތަކުގެ ރިޕޯޓްތައް މުރާޖަޢާކޮށް، ބަދަލުވަމުންދާ ޓްރެންޑްތައް ހުއްޓުވުމުގައި ޕީ.އާރު ސްޓްރެޓެޖީ ގާތުން މޮނިޓަރކޮށް، ޕީ.އާރު ފާރމްތައް ރަނގަޅުކުރުމަށް ސުޕަވައިޒަރަށް ހުށަހެޅުން.
  13. ހަވާލުކުރެވިފައިވާ މާކެޓްތަކުގެ ޖާނަލްތަކާއި އެހެނިހެން ޑިޖިޓަލް އިޝްތިހާރުތަކުގައި ޝާއިޢުކުރެވޭ އިޝްތިހާރުތަކުގެ އަޕްޑޭޓެޑް ރިކޯޑް/ލިސްޓެއް ބެލެހެއްޓުން.
  14. ޓާގެޓްތައް ޙާޞިލްކޮށް، މަސައްކަތުގެ ނަތީޖާ އަވަސްކޮށް، ޓީމް މަސައްކަތްތަކަށް ޕްރޯއެކްޓިވްކޮށް ކޮންޓްރިބިއުޓް ކުރުން.
  15. އަހަރުގެ ބަޖެޓާއި، ރިޕޯޓާއި، އެހެނިހެން ލިޔެކިޔުންތައް ތައްޔާރުކުރުމުގައި ސުޕަވައިޒަރަށް އެއްބާރުލުން ދިނުން
  16. ސުޕަވައިޒަރުގެ އިރުޝާދުގެ މައްޗަށް ބިނާކޮށް ޓީމް މެމްބަރުން ހާޒިރުނުވާ ވަގުތުތަކުގައި ޓީމުގެ އެހެން މެމްބަރުންގެ މަސައްކަތްތައް ކުރިއަށް ގެންދިއުން.
  17. ނަޒާހަތްތެރިކަމާއި، ޝާމިލުވުމާއި، އަދުލުވެރިކަމާއި، ދެފުށް ފެންނަ ސަގާފަތެއް ކުރިއަރުވައި، މުވައްޒަފުގެ ހިއްސާ، އާ އީޖާދުތައް، އަދި މޮޅުވެވޭނެ މާހައުލެއް ގާއިމުކޮށްދިނުން.
  18. ކޮންޓެންޓް އުފެއްދުމުގެ ޕްރޮސެސްގައި ބެސްޓް ޕްރެކްޓިސް، ޓެކްނިކްސް، އަދި ސްޓޭންޑަރޑްތަކުގެ ބޭނުން ކުރުން
  19. ބޭނުންވާ މިންވަރަށް މާކެޓިންގ އިނީޝިއޭޓިވްސް އަށް ލީޑަރަށް އެއްބާރުލުން ދިނުން.
  20. ކޯޕަރޭޝަނުން ބާއްވާ އެކިއެކި އިވެންޓްތަކުގައި ބައިވެރިވުމާއި ކޯޕަރޭޝަންގެ މަސައްކަތްތަކާއި ގުޅުންހުރި އެންމެހާ މަސައްކަތްތައް ކުރުން.

 3.ފޯމު ހުށައަޅަންވީ ތަނާއި ތާރީޚް:

 23 މޭ 2022 ވަނަ ވާ ހޯމަ ދުވަހުގެ 1400 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

 4. ހުށައަޅަންޖެހޭ ލިޔުންތައް

 ހ. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް.

 ށ. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު ގުޅޭނެ ނަންބަރު އެނގޭނެގޮތަށް (ކުރިން ވަޒީފާ އަދާކޮށްފައިވާ ތަންތަނުގެ   ރެފްރީސްގެ މަޢުލޫމާތު/ގުޅޭނެ ނަންބަރު ހިމެނުން).

 ނ. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

 ރ. ހާސިލްކޮށްފައިވާ ތައުލީމީ ސެޓްފިކެޓް ތަކުގެ އެޓެސްޓް ކުރެވިފައިވާ ކޮޕީ

 ބ. ބޭރުގެ އިންސްޓިޓިއުޓަކުން ހާސިލްކޮށްފައިވާ ސަނަދެއްނަމަ، އެމް.ކިއު.އޭ އިން އެކްރެޑިޓްކޮށް އަދި އެޓެސްޓްކުރެވިފައިވާ   ސެޓްފިކެޓް އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

 ޅ. ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ރިފަރެންސް ސިޓީ.

 ކ. މުއްދަތު ހަމަނުވާ ޕޮލިސް

 5.އިތުރު މަޢލޫމާތު

 ހ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް ފޮނުވާނެ އީ-މެއިލް އެޑްރެހަކީ [email protected] އެވެ.

 ށ. އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްވާ ފަރާތްތަކަށެވެ.

 ނ. މި މަޤާމަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް ނުހޮވޭ ފަރާތްތަކަށް، ވަޒީފާއަށް ނުހޮވޭކަން ފޯނުގެ ޒަރީއާއިން   އެންގޭނެއެވެ. ނަމަވެސް ވަޒީފާއަށް ނުހޮވުނުކަމުގެ ސިޓީ ނުފޮނުވޭނެއެވެ.

 ރ. މިކޯޕަރޭޝަނުގެ ވަޒީފާއަށް އެދޭ ފޯމް މިކޯޕަރޭޝަނުގެ ވެބްސައިޓުގެ   (https://corporate.visitmaldives.com/downloads//) މިލިންކުން ޑައުންލޯޑް ކުރެވޭނެއެވެ.

 ބ. ވަޒީފާއަށް އެދި ހުށައަޅާ އެޕްލިކޭޝަން ފޯމާއި ލިޔުންތައް ހުށައަޅަންވާނީ ޕީ.ޑީ.އެފް (PDF) ފޯމެޓުގައި އެއް ޑޮކިއުމަންޓެއްގެ   ގޮތުގައެވެ.

 ޅ. އިތުރު މަޢްލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރ 3323228، 3035512، 3035513 ނުވަތަ 3035514 ފޯނާއެވެ.

 6.އެޑްރެސް ކުރައްވާނީ 

 ތޮއްޔިބު މުޙައްމަދު، ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ

 މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

16 މޭ 2022