ދެންނެވުން
ނަންބަރު: (IUL)357-Mm357/357/2022/13
ޕަބްލިޝްކުރި ތާރީޚް: 16 މޭ 2022
ޕަބްލިޝްކުރި ގަޑި: 13:18
ސުންގަޑި: 31 އޮގަސްޓް 2022 00:00
ފެލިދެއަތޮޅު ފުލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުލިދޫގައި ހުރި ގޭގޭގައި ނަންބޯޑް ހަރުކުރުން

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިންގ އެންޑް އިންފްރާސްޓަރކްޗަރ އިން މިއަހަރު ކުރިއަށް ގެންދާ ދިވެހިރާއްޖޭގެ އާބަދީއާއި ދިރިއުޅޭ ތަންތަނުގެ ބޯހިމެމުގެ މަސައްކަތް 17 ސެޕްޓެމްބަރ 2022 ވަނަ ދުވަހު ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އަދި ބޯހިމެމުގެ މަސައްކަތް ފެށުމުގެ ގޮތުން މުޅިރާއްޖޭގައި ހުރި ތަންތަނުގެ ލިސްޓެއް ނެގުމަށްޓަކައި ހުރިހާ ގޭގޭގައި ނަންބޯޑް ހަރުކޮށްދެއްވުމަށް މިނިސްޓްރީ އިން ވަނީ އެދި ލައްވާފައެވެ.

            ވީމާ، ފުލިދޫގައި ހުރި ގޭގޭގެ ތެރެއިން ނަންބޯޑް ހަރު ނުކުރައްވާ ގޭގޭގައި 31 އޮގަސްޓް 2022 ވަނަދުވަހުގެ ނިޔަލަށް ނަންބޯޑް ހަރުކޮށް ނިންމެވުމަށް އަންގަވަމެވެ.

            ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިއުލާނުކުރީމެވެ.

16 މޭ 2022