ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)383/383/2022/49
ޕަބްލިޝްކުރި ތާރީޚް: 16 މޭ 2022
ޕަބްލިޝްކުރި ގަޑި: 11:56
ސުންގަޑި: 25 މޭ 2022 14:00
ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަންޑާރަ ގޯއްޗަށް އެދި ފޯމް ހުށަހަޅާފައިވާ މީހުންނަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ދާއިމީ ލިސްޓް އާންމުކުރުން

ކޮޅުމަޑުލު ވިލުފުށިން ބަންޑާރަ ގޯއްޗަށް އެދި ފޯމް ހުށަހަޅާފައިވާ މީހުންނަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ދާއިމީ ލިސްޓް އާންމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު 2022 މޭ 16 ވާ ހޯމަ ދުވަހުން ފެށިގެން 2022 މޭ 25 ވާ ބުދަ ދުވަހުގެ މެންދުރުފަހު 14:00 ގެ ނިޔަލަށް ހުޅުވާލައިފީމެވެ. ޕޮއިންޓް ލިބިފައިވާ ގޮތުގެ ދާއިމީ ލިސްޓް ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކޮށް، މިއިދާރާގެ ނޯޓިސްބޯޑްގައި ބެހެއްޓިފައިވާނެއެވެ.

ޕޮއިންޓް ދީފައިވާގޮތާމެދު، ޝަކުވާ ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން "ކޮޅުމަޑުލު ވިލުފުށިން ބަންޑާރަ ގޯއްޗަށް އެދި ފޯމް ހުށަހަޅާފައިވާ މީހުންނަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ދާއިމީ ލިސްޓަށް ޝަކުވާ ހުށަހަޅާ ފޯމް" މެދުވެރިކޮށް ޝަކުވާ ހުށަހެޅުއްވުން އެދެމެވެ. އީ-މެއިލް މެދުވެރިކޮށް ޝަކުވާ ފޯމް ފޮނުވާނީ [email protected] އަށެވެ. ފޯމް މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ. އަނގަބަހުންނާއި ފޯނުމެދުވެރިކޮށް ހުށަހަޅާ ޝަކުވާ ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

16 މޭ 2022