ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)220-HMS/1/2022/42
ޕަބްލިޝްކުރި ތާރީޚް: 16 މޭ 2022
ޕަބްލިޝްކުރި ގަޑި: 11:36
ސުންގަޑި: 26 މޭ 2022 16:00
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :ޑެޕިއުޓީ މެނޭޖަރ، އެންޓަރޕްރައިސް ސަޕޯޓް (މެނޭޖަރ، M1)
ބޭނުންވާ އަދަދު :1
މަޤާމް :ސޮފްޓްވެއަރ އިންޖިނިއަރ – ގްރޭޑް 1 (އޮފިސަރ، SO1)
ބޭނުންވާ އަދަދު :1
މަޤާމް :ސީނިއަރ އޮފިސަރ، އޮޕަރޭޝަނަލް ރިސްކް މެނޭޖްމަންޓް (އޮފިސަރ، SO1)
ބޭނުންވާ އަދަދު :1
މަޤާމް :ސީނިއަރ އޮފިސަރ، މާކެޓިންގ (އޮފިސަރ، SO1)
ބޭނުންވާ އަދަދު :1
މަޤާމް :ސީނިއަރ އޮފިސަރ، އިންޓަރނަލް އޮޑިޓް (އޮފިސަރ، SO1)
ބޭނުންވާ އަދަދު :1
މަޤާމް :ސީނިއަރ އޮފިސަރ، ޓެކްސް އެކަޑަމީ (އޮފިސަރ، SO1)
ބޭނުންވާ އަދަދު :1
މަޤާމް :ސީނިއަރ އޮފިސަރ، ލީގަލް ސަރވިސް (އޮފިސަރ، SO1)
ބޭނުންވާ އަދަދު :1
މަޤާމް :އެސިސްޓަންޓް އޮފިސަރ، އެންފޯސްޑް ކަލެކްޝަން (އޮފިސަރ، AO1)
ބޭނުންވާ އަދަދު :1
މަޤާމް :އެސޯސިއޭޓް ސަޕޯޓް އިންޖިނިއަރ – ގްރޭޑް 1 (އޮފިސަރ، AO1)
ބޭނުންވާ އަދަދު :2
މަޤާމް :އެސިސްޓަންޓް އޮފިސަރ، ރެޖިސްޓްރޭޝަން ޕްރޮސެސިންގ (އޮފިސަރ، AO1)
ބޭނުންވާ އަދަދު :1
މަޤާމް :އެސިސްޓަންޓް އޮފިސަރ، ފެސިލިޓޭޝަން (އޮފިސަރ، AO1)
ބޭނުންވާ އަދަދު :1

މި އޮތޯރިޓީގެ ތިރީގައި މިވާ މަގާމުތަކަށް މީހުން ހޯދަން ބޭނުންވެއެވެ.

މަގާމު:

ޑެޕިއުޓީ މެނޭޖަރ، އެންޓަރޕްރައިސް ސަޕޯޓް (މެނޭޖަރ، M1)

 

އަދަދު:

1

 

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް/ޑިވިޜަން/ސެކްޝަން:

އެންޓަރޕްރައިސް ސިސްޓަމްސް ޑިޕާޓްމަންޓް / އެންޓަރޕްރައިސް ސަޕޯޓް ސެކްޝަން

 

އަސާސީ މުސާރަ:

މަހަކު 10,000/- ރުފިޔާ

 

އިތުރު އިނާޔަތްތައް:

ނޮން-ޕްރެކްޓިސިންގ އެލަވަންސް: މަހަކު 6,200/- ރުފިޔާ

ލިވިންގ އެލަވަންސް: މަހަކު 4,650/- ރުފިޔާ

ސަރވިސް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް175/- ރުފިޔާގެ ރޭޓުން

އެކްސްޓެންޑަޑް ޓައިމް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް 80/- ރުފިޔާގެ ރޭޓުން

 

މަގާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު:

މުވައްޒަފުންނަށް ލޮޖިކަލް/ފިޒިކަލް އެކްސެސް ދިނުމާއި އެކްސެސްތައް މެނޭޖްކުރުން އަދި އެހެން ޑިޕާޓްމަންޓްތަކަށް އައި.ޓީ ސަޕޯޓް ފޯރުކޮށްދިނުމާއި، އައި.ޓީ.އާ ގުޅުންހުރި ޓްރޭނިންގތައް ހިންގުމާއި، އެހެނިހެން އިދާރާތަކާއި މީރާއާ ގުޅުވައިދޭ އައި.ޓީ ސިސްޓަމްތަކުގެ ސަޕޯޓް ފޯރުކޮށްދިނުމާއި، އައި.ޓީ ސިސްޓަމްތަކުގެ ޔޫޒަރ ގައިޑު ހެދުމާއި އެސް.އޯ.ޕީތައް ތައްޔާރުކުރުމާއި، ސެކްޝަންގެ މަސައްކަތްތައް މެނޭޖްކޮށް ސުޕަވައިޒްކުރުން.

 

ޝަރުޠު:

- އައި.ޓީއާ ގުޅުންހުރި ދާއިރާއަކުން މާސްޓަރސް ޑިގްރީ ހާސިލްކޮށްފައިވުމާއެކު މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަސައްކަތްކޮށް 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،

- އައި.ޓީއާ ގުޅުންހުރި ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާސިލްކޮށްފައިވުމާއެކު މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަސައްކަތްކޮށް 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،

- އައި.ޓީއާ ގުޅުންހުރި ދާއިރާއަކުންއެޑްވާންސް ޑިޕްލޮމާ ހާސިލްކޮށްފައިވުމާއެކު މީރާގެ އައި.ޓީޑިޕާޓްމަންޓްގެ ސީނިއަރ އޮފިސަރ ލެވެލް މަގާމުގައި    4 އަހަރު ޚިދުމަތްކޮށްފައިވުން އަދި މީރާގައި ފާއިތުވެދިޔަ 4 ކުއާޓަރުގެ އެވްރެޖް ޕަރފޯމަންސް އެޕްރައިޒަލްއިން ދަށްވެގެން 75% ލިބިފައިވުން.

 

މަގާމު:

ސޮފްޓްވެއަރ އިންޖިނިއަރ – ގްރޭޑް 1 (އޮފިސަރ، SO1)

 

އަދަދު:

1

 

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް/ޑިވިޜަން/ސެކްޝަން:

އެންޓަރޕްރައިސް ސިސްޓަމްސް ޑިޕާޓްމަންޓް / އެންޓަރޕްރައިސް އެޕްލިކޭޝަން ސެކްޝަން

 

އަސާސީ މުސާރަ:

މަހަކު 7,000/- ރުފިޔާ

 

އިތުރު އިނާޔަތްތައް:

ނޮން-ޕްރެކްޓިސިންގ އެލަވަންސް: މަހަކު 4,650/- ރުފިޔާ

ލިވިންގ އެލަވަންސް: މަހަކު 3,100/- ރުފިޔާ

ސަރވިސް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް125/- ރުފިޔާގެ ރޭޓުން

އެކްސްޓެންޑަޑް ޓައިމް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް 65/- ރުފިޔާގެ ރޭޓުން

 

މަގާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު:

އޮތޯރިޓީއަށް ބޭނުންވާ ސޮފްޓްވެއަރ އެޕްލިކޭޝަންތައް ދެނެގަނެ، ހޯދައި ބެލެހެއްޓުމާއި އޮތޯރިޓީއަށް ބޭނުންވާ ސޮފްޓްވެއަރ އެޕްލިކޭޝަންތައް ޑިވެލޮޕްކޮށް ބެލެހެއްޓުން

 

ޝަރުތު:

- އައި.ޓީއާ ގުޅުންހުރި ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާސިލްކޮށްފައިވުން؛ ނުވަތަ،

- އައި.ޓީއާ ގުޅުންހުރި ދާއިރާއަކުންއެޑްވާންސް ޑިޕްލޮމާ ހާސިލްކޮށްފައިވުމާއެކު މީރާގައި 3 އަހަރު ޚިދުމަތްކޮށްފައިވުން އަދި މީރާގައި ފާއިތުވެދިޔަ 4 ކުއާޓަރުގެ އެވްރެޖް ޕަރފޯމަންސް އެޕްރައިޒަލްއިން ދަށްވެގެން 75% ލިބިފައިވުން؛ ނުވަތަ،

- އައި.ޓީއާ ގުޅުންހުރި ދާއިރާއަކުން ޑިޕްލޮމާ ހާސިލްކޮށްފައިވުމާއެކު މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަސައްކަތްކޮށް 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

 

މަގާމު:

ސީނިއަރ އޮފިސަރ،އޮޕަރޭޝަނަލް ރިސްކް މެނޭޖްމަންޓް (އޮފިސަރ، SO1)

 

އަދަދު:

1

 

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް/ޑިވިޜަން/ސެކްޝަން:

އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް ޑިޕާޓްމަންޓް / އޮޕަރޭޝަނަލް ރިސްކް މެނޭޖްމަންޓް ސެކްޝަން

 

އަސާސީ މުސާރަ:

މަހަކު 7,000/- ރުފިޔާ

 

އިތުރު އިނާޔަތްތައް:

ނޮން-ޕްރެކްޓިސިންގ އެލަވަންސް: މަހަކު 4,650/- ރުފިޔާ

ލިވިންގ އެލަވަންސް: މަހަކު 3,100/- ރުފިޔާ

ސަރވިސް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް125/- ރުފިޔާގެ ރޭޓުން

އެކްސްޓެންޑަޑް ޓައިމް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް 65/- ރުފިޔާގެ ރޭޓުން

 

މަގާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު:

ޑިޕާޓްމަންޓްތަކާ ގުޅިގެން އެންޓަރޕްރައިޒް ރިސްކްތައް ދެނެގަތުމާއި އެ ރިސްކްތަކާގުޅޭ މައުލޫމާތު ކަމާބެހޭ ކޮމިޓީތަކަށް ޕްރެޒެންޓް ކުރުމާއި، ރިސްކްތައް މިނިމައިޒްކޮށް މެނޭޖްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ވިލަރެސްކުރުން.

 

ޝަރުޠު:

- އެކައުންޓިންގ، ފައިނޭންސް، ނުވަތަ ބިޒްނަސް އާ ގުޅުންހުރި ދާއިރާއަކުން ބެޗްލަރސް ޑިގްރީ ނުވަތަ އޭ.ސީ.ސީ.އޭ އެފްލިއޭޓް ލެވެލް ނުވަތަ ސީ.އައި.އެމް.އޭ ސްޓްރެޓެޖިކް ލެވެލް ނިންމާފައިވުން؛ ނުވަތަ،

- އޭ.ސީ.ސީ.އޭ ސްކިލް ލެވެލް ނިންމާފައިވުމާއެކު 2 އަހަރު މީރާގައި ޚިދުމަތްކޮށްފައިވުން އަދި މީރާގައި ފާއިތުވެދިޔަ 4 ކުއާޓަރުގެ އެވްރެޖް ޕަރފޯމަންސް އެޕްރައިޒަލްއިން ދަށްވެގެން 75%ލިބިފައިވުން؛ ނުވަތަ،

- އޭ.ސީ.ސީ.އޭ 7 ޕޭޕަރު / އެކައުންޓިންގ، ފައިނޭންސް، ނުވަތަ ބިޒްނަސް އާ ގުޅުންހުރި ދާއިރާއަކުން އެޑްވާންސް ޑިޕްލޮމާ (ނޮން-އޭ.ސީ.ސީ.އޭ) ނިންމާފައިވުމާއެކު 3 އަހަރު މީރާގައި ޚިދުމަތްކޮށްފައިވުން އަދި މީރާގައި ފާއިތުވެދިޔަ 4 ކުއާޓަރުގެ އެވްރެޖް ޕަރފޯމަންސް އެޕްރައިޒަލްއިން ދަށްވެގެން 75%ލިބިފައިވުން.

 

 

މަގާމު:

ސީނިއަރ އޮފިސަރ، މާކެޓިންގ (އޮފިސަރ، SO1)

 

އަދަދު:

1

 

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް/ޑިވިޜަން/ސެކްޝަން:

ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓް / މާކެޓިންގ ޑިވިޜަން / މާކެޓިންގ އެންޑް އެޑްވަޓައިޒިންގ ސެކްޝަން

 

އަސާސީ މުސާރަ:

މަހަކު 7,000/- ރުފިޔާ

 

އިތުރު އިނާޔަތްތައް:

ނޮން-ޕްރެކްޓިސިންގ އެލަވަންސް: މަހަކު 4,650/- ރުފިޔާ

ލިވިންގ އެލަވަންސް: މަހަކު 3,100/- ރުފިޔާ

ސަރވިސް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް125/- ރުފިޔާގެ ރޭޓުން

އެކްސްޓެންޑަޑް ޓައިމް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް 65/- ރުފިޔާގެ ރޭޓުން

 

މަގާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު:

މީރާ އާއި މީރާއިން ބަލައިގަންނަ ޓެކުހާއި ފީތައް ޕްރޮމޯޓްކުރުމަށް ތައްޔާރުކުރާ ގްރެފިކްސް، ވީޑިއޯ، އޯޑިއޯ، ފްލަޔަރ، ޕޯސްޓަރ އަދި ބެނަރ ފަދަ މެޓީރިއަލް ޑިޒައިންކުރުމާއި ތައްޔާރު ކުރުމާއި؛ މީރާ އާއި އެކިއެކި ޓެކްސްތައް ޕްރޮމޯޓްކުރުމަށް ރޯޑްޝޯވ، އެޑިއުކޭޝަނަލް ފެއަރ ފަދަ އެވެއަރނަސް ކެމްޕެއިންތައް ރާވައި ހިންގުން.

 

ޝަރުޠު:

- މާކެޓިންގ ނުވަތަ ޑިޒައިނިންގ އާ ގުޅުންހުރި ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާސިލްކޮށްފައިވުން؛ ނުވަތަ

- މާކެޓިންގ ނުވަތަ ޑިޒައިނިންގ އާ ގުޅުންހުރި ދާއިރާއަކުން އެޑްވާންސް ޑިޕްލޮމާ ހާސިލްކޮށްފައިވުމާއެކު މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަސައްކަތްކޮށް 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ

- މާކެޓިންގ ނުވަތަ ޑިޒައިނިންގ އާ ގުޅުންހުރި ދާއިރާއަކުން އެޑްވާންސް ޑިޕްލޮމާ ހާސިލްކޮށްފައިވުމާއެކު 3 އަހަރު މީރާގައި ޚިދުމަތްކޮށްފައިވުން އަދި މީރާގައި ފާއިތުވެދިޔަ 4 ކުއާޓަރުގެ އެވްރެޖް ޕަރފޯމަންސް އެޕްރައިޒަލްއިން ދަށްވެގެން 75%ލިބިފައިވުން؛ ނުވަތަ،

- މާކެޓިންގ ނުވަތަ ޑިޒައިނިންގ އާ ގުޅުންހުރި ދާއިރާއަކުން ޑިޕްލޮމާ ހާސިލްކޮށްފައިވުމާއެކު މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަސައްކަތްކޮށް 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

 

ކޮރަލްޑްރޯ، ފޮޓޯޝޮޕް / އިލަސްޓްރޭޓަރ / ޕްރިމިއަރ / އާފްޓަރ އިފެކްޓްސް ފަދަ ޑިޒައިނިންގ ސޮފްޓްވެއަރތަކަށް އަހުލުވެރި ފަރާތަކަށްވުން

 

މަގާމު:

ސީނިއަރ އޮފިސަރ، އިންޓަރނަލް އޮޑިޓް (އޮފިސަރ، SO1)

 

އަދަދު:

1

 

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް/ޑިވިޜަން/ސެކްޝަން:

އިންޓަރނަލް އޮޑިޓް

 

އަސާސީ މުސާރަ:

މަހަކު 7,000/- ރުފިޔާ

 

އިތުރު އިނާޔަތްތައް:

ނޮން-ޕްރެކްޓިސިންގ އެލަވަންސް: މަހަކު 4,650/- ރުފިޔާ

ލިވިންގ އެލަވަންސް: މަހަކު 3,100/- ރުފިޔާ

ސަރވިސް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް125/- ރުފިޔާގެ ރޭޓުން

އެކްސްޓެންޑަޑް ޓައިމް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް 65/- ރުފިޔާގެ ރޭޓުން

 

މަގާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު:

ޓެކްސް ދައްކާފަރާތްތަކުގެ ނުފޫޒާއި ބާރު އޮތޯރިޓީގެ މުވައްޒަފުންނަށް ފޯރުވުމާއި ކޮރަޕްޝަނަށް މަގުފަހިވެދާނެފަދަ ކަންތައްތައް އޮތޯރިޓީގެ ތެރޭގައި ހިނގިޔަ ނުދިނުމަށްޓަކައި އަޅައިފައިވާ ފިޔަވަޅުތައް ބަލައި، ކޮރަޕްޝަނުގެ ޢަމަލުތައް ހިނގިޔަ ނުދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، މީރާގެ ހުރިހާ ސެކްޝަން/ޔުނިޓް/ފަންކްޝަންތަކުން ތައްޔާރުކުރާ އެސް.އޯ.ޕީތަކާއި މެނުއަލްތަކާ އެއްގޮތަށް އޮފީހުގެ މަސައްކަތްދޭތޯ ބެލުން

 

ޝަރުޠު:

- އެކައުންޓިންގއާ ގުޅުންހުރި ދާއިރާއަކުން ބެޗްލަރސް ޑިގްރީ ނުވަތަ އޭ.ސީ.ސީ.އޭ އެފިލިއޭޓް ލެވެލް ނުވަތަ ސީ.އައި.އެމް.އޭ ސްޓްރެޓެޖިކް ލެވެލް ނިންމާފައިވުން؛ ނުވަތަ،

- އޭ.ސީ.ސީ.އޭ ސްކިލް ލެވެލް ނިންމާފައިވުމާއެކު 2 އަހަރު މީރާގައި ޚިދުމަތްކޮށްފައިވުން އަދި މީރާގައި ފާއިތުވެދިޔަ 4 ކުއާޓަރުގެ އެވްރެޖް ޕަރފޯމަންސް އެޕްރައިޒަލްއިން ދަށްވެގެން 75% ލިބިފައިވުން؛ ނުވަތަ،

- އޭ.ސީ.ސީ.އޭ 7 ޕޭޕަރު / އެކައުންޓިންގއާ ގުޅުންހުރި ދާއިރާއަކުންއެޑްވާންސް ޑިޕްލޮމާ (ނޮން-އޭ.ސީ.ސީ.އޭ) ނިންމާފައިވުމާއެކު 3 އަހަރު މީރާގައި ޚިދުމަތްކޮށްފައިވުން އަދި މީރާގައި ފާއިތުވެދިޔަ 4 ކުއާޓަރުގެ އެވްރެޖް ޕަރފޯމަންސް އެޕްރައިޒަލްއިން ދަށްވެގެން 75% ލިބިފައިވުން.

 

މަގާމު:

ސީނިއަރ އޮފިސަރ،ޓެކްސް އެކަޑަމީ(އޮފިސަރ، SO1)

 

އަދަދު:

1

 

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް/ޑިވިޜަން/ސެކްޝަން:

ޓެކްނިކަލް އެންޑް ފެސިލިޓޭޝަން ޑިޕާޓްމަންޓް / ޓެކްސްޕޭޔަރ އެޑިއުކޭޝަން ޑިވިޜަން / ޓެކްސް އެކަޑަމީ

 

އަސާސީ މުސާރަ:

މަހަކު 7,000/- ރުފިޔާ

 

އިތުރު އިނާޔަތްތައް:

ނޮން-ޕްރެކްޓިސިންގ އެލަވަންސް: މަހަކު 4,650/- ރުފިޔާ

ލިވިންގ އެލަވަންސް: މަހަކު 3,100/- ރުފިޔާ

ސަރވިސް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް125/- ރުފިޔާގެ ރޭޓުން

އެކްސްޓެންޑަޑް ޓައިމް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް 65/- ރުފިޔާގެ ރޭޓުން

 

މަގާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު:

އާންމުންނަށާއި ޓެކްސް ދައްކާ ފަރާތްތަކަށް ޓެކުހާބެހޭ މައުލޫމާތު ދިނުމަށް ސެމިނަރތަކާއި، ތަމްރީނު ޕްރޮގްރާމްތައް މާލެއާއި އަތޮޅުތެރޭގައި ރާވައި ހިންގުމާއި، ޓްރޭނިންގތަކަށް އަދި ޓެކްސްދައްކާ ފަރާތްތަކަށް ބޭނުންވާ ޕްރެޒެންޓޭޝަންތައް، އިންފޮރމޭޝަން ބުކްލެޓް، މެނުއަލް، ގައިޑް ފަދަ ލިޔެކިޔުންތައް ތައްޔާރުކުރުމާއި، ޓެކްސް އޭޖެންޓުންނަށް ހުއްދަ ދިނުމުގެ މަސައްކަތްތައް ކުރުން.

 

ޝަރުޠު:

- އެކައުންޓިންގ، ފައިނޭންސް، ބިޒްނަސް، އިކޮނޮމިކްސް ނުވަތަ ޓެކްސްއާ ގުޅުންހުރި ދާއިރާއަކުން ބެޗްލަރސް ޑިގްރީ ނުވަތަ އޭ.ސީ.ސީ.އޭ އެފިލިއޭޓް ލެވެލް ނުވަތަ ސީ.އައި.އެމް.އޭ ސްޓްރެޓެޖިކް ލެވެލް ނިންމާފައިވުން؛ ނުވަތަ،

- އޭ.ސީ.ސީ.އޭ ސްކިލް ލެވެލް ނިންމާފައިވުމާއެކު 2 އަހަރު މީރާގައި ޚިދުމަތްކޮށްފައިވުން އަދި މީރާގައި ފާއިތުވެދިޔަ 4 ކުއާޓަރުގެ އެވްރެޖް ޕަރފޯމަންސް އެޕްރައިޒަލްއިން ދަށްވެގެން 75% ލިބިފައިވުން؛ ނުވަތަ،

- އޭ.ސީ.ސީ.އޭ 7 ޕޭޕަރު / އެކައުންޓިންގ، ފައިނޭންސް، ބިޒްނަސް، އިކޮނޮމިކްސް ނުވަތަ ޓެކްސްއާ ގުޅުންހުރި ދާއިރާއަކުންއެޑްވާންސް ޑިޕްލޮމާ (ނޮން-އޭ.ސީ.ސީ.އޭ) ނިންމާފައިވުމާއެކު 3 އަހަރު މީރާގައި ޚިދުމަތްކޮށްފައިވުން އަދި މީރާގައި ފާއިތުވެދިޔަ 4 ކުއާޓަރުގެ އެވްރެޖް ޕަރފޯމަންސް އެޕްރައިޒަލްއިން ދަށްވެގެން 75% ލިބިފައިވުން.    

 

މަގާމު:

ސީނިއަރ އޮފިސަރ،ލީގަލް ސަރވިސް (އޮފިސަރ، SO1)

 

އަދަދު:

1

 

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް/ޑިވިޜަން/ސެކްޝަން:

ލީގަލް ސަރވިސް ޑިޕާޓްމަންޓް / ލީގަލް ސަރވިސް ޑިވިޜަން / ލީގަލް ސަރވިސް ސެކްޝަން

 

އަސާސީ މުސާރަ:

މަހަކު 7,000/- ރުފިޔާ

 

އިތުރު އިނާޔަތްތައް:

ނޮން-ޕްރެކްޓިސިންގ އެލަވަންސް: މަހަކު 4,650/- ރުފިޔާ

ލިވިންގ އެލަވަންސް: މަހަކު 3,100/- ރުފިޔާ

ސަރވިސް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް125/- ރުފިޔާގެ ރޭޓުން

އެކްސްޓެންޑަޑް ޓައިމް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް 65/- ރުފިޔާގެ ރޭޓުން

 

މަގާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު:

މީރާއިން ދަޢުވާކުރާ މައްސަލަތަކުގައާއި އަދި މީރާ އާ ދެކޮޅަށް ހުށަހެޅޭ މައްސަލަތަކުގައި ޓްރައިބިއުނަލް އާއި ކޯޓުތަކުގައި މީރާ ތަމްޞީލުކުރުމާއި އޮތޯރިޓީއަށް ބޭނުންވާ އެހެނިހެން ޤާނޫނީ މަސައްކަތް ކުރުން.

 

ޝަރުޠު:

ޤާނޫނީ ދާއިރާއިން ބެޗެލަރސް ޑިގްރީ ހާސިލްކޮށްފައިވުން

 

މަގާމު:

އެސިސްޓަންޓް އޮފިސަރ،އެންފޯސްޑް ކަލެކްޝަން (އޮފިސަރ، AO1)

 

އަދަދު:

1

 

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް/ޑިވިޜަން/ސެކްޝަން:

އެންފޯސްމަންޓް ޑިޕާޓްމަންޓް / އެންފޯސްޑް ކަލެކްޝަން ޑިވިޜަން

 

އަސާސީ މުސާރަ:

މަހަކު 4,000/- ރުފިޔާ

 

އިތުރު އިނާޔަތްތައް:

ނޮން-ޕްރެކްޓިސިންގ އެލަވަންސް: މަހަކު 3,875/- ރުފިޔާ

ލިވިންގ އެލަވަންސް: މަހަކު 2,325/- ރުފިޔާ

ސަރވިސް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް110/- ރުފިޔާގެ ރޭޓުން

އެކްސްޓެންޑަޑް ޓައިމް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް 50/- ރުފިޔާގެ ރޭޓުން

 

މަގާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު:

މީރާއަށް ލިބެންޖެހޭ ޓެކުހާއި އަދި އެހެނިހެން ފައިސާ ނުދައްކާ ފަރާތްތަކުން އެ ފައިސާ ހޯދުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުމާއި، ފައިސާ ނުދައްކާ އަދި ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، ޓެކްސް ދައްކާ ފަރާތްތަކަށް އަނބުރާ ދޭންޖެހޭ ފައިސާ ދިނުމުގެ މަސައްކަތް ކުރުން.

 

ޝަރުޠު:

- އޭލެވެލް 2 މާއްދާއިން 'ސީ' ފާސް އަދި އޯލެވެލް 'އިނގިރޭސި' އަދި އެސް.އެސް.ސީ އިމްތިހާނުގެ 'ދިވެހި' މި ދެ މާއްދާއާއެކު 5 މާއްދާއިން 'ސީ' ފާސް ލިބިފައިވުން (މި ފާސްތަކަކީ ބިޒްނަސް ސްޓްރީމްގެ މާއްދާތައް ހިމެނޭގޮތަށް ލިބިފައިވާ ފާސްތަކެއް ކަމުގައިވުން)      

 

މަގާމު:

އެސޯސިއޭޓް ސަޕޯޓް އިންޖިނިއަރ – ގްރޭޑް 1 (އޮފިސަރ، AO1)

 

އަދަދު:

2

 

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް/ޑިވިޜަން/ސެކްޝަން:

އެންޓަރޕްރައިސް ސިސްޓަމްސް ޑިޕާޓްމަންޓް / އެންޓަރޕްރައިސް ސަޕޯޓް ސެކްޝަން

 

އަސާސީ މުސާރަ:

މަހަކު 4,000/- ރުފިޔާ

 

އިތުރު އިނާޔަތްތައް:

ނޮން-ޕްރެކްޓިސިންގ އެލަވަންސް: މަހަކު 3,875/- ރުފިޔާ

ލިވިންގ އެލަވަންސް: މަހަކު 2,325/- ރުފިޔާ

ސަރވިސް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް110/- ރުފިޔާގެ ރޭޓުން

އެކްސްޓެންޑަޑް ޓައިމް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް 50/- ރުފިޔާގެ ރޭޓުން

 

މަގާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު:

މުވައްޒަފުންނަށް ލޮޖިކަލް/ފިޒިކަލް އެކްސެސް ދިނުމާއި އެކްސެސްތައް މެނޭޖްކުރުން އަދި އެހެން ޑިޕާޓްމަންޓްތަކަށް އައި.ޓީ ސަޕޯޓް ފޯރުކޮށްދިނުމާއި، އައި.ޓީ.އާ ގުޅުންހުރި ޓްރޭނިންތައް ހިންގުމާއި، އެހެނިހެން އިދާރާތަކާއި މިރާއާ ގުޅުވައިދޭ އައި.ޓީ ސިސްޓަމްތަކުގެ ސަޕޯޓް ފޯރުކޮށްދިނުމާއި، އައި.ޓީ ސިސްޓަމްތަކުގެ ޔޫޒަރ ގައިޑުހެދުން.

 

ޝަރުޠު:

- އޭލެވެލް 2 މާއްދާއިން 'ސީ' ފާސް އަދި އޯލެވެލް 'އިނގިރޭސި' އަދި އެސް.އެސް.ސީ އިމްތިހާނުގެ 'ދިވެހި' މި ދެ މާއްދާއާއެކު 5 މާއްދާއިން 'ސީ' ފާސް ލިބިފައިވުން؛ ނުވަތަ،

- އައި.ޓީ އާ ގުޅުންހުރި ދާއިރާއަކުން ޑިޕްލޮމާ ހާސިލްކޮށްފައިވުން.

 

މަގާމު:

އެސިސްޓަންޓް އޮފިސަރ،ރެޖިސްޓްރޭޝަން ޕްރޮސެސިންގ (އޮފިސަރ، AO1)

 

އަދަދު:

1

 

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް/ޑިވިޜަން/ސެކްޝަން:

ޓެކްސްޕޭޔަރ ސަރވިސް ޑިޕާޓްމަންޓް / ރެޖިސްޓްރޭޝަން ޕްރޮސެސިންގ ޑިވިޜަން

 

އަސާސީ މުސާރަ:

މަހަކު 4,000/- ރުފިޔާ

 

އިތުރު އިނާޔަތްތައް:

ނޮން-ޕްރެކްޓިސިންގ އެލަވަންސް: މަހަކު 3,875/- ރުފިޔާ

ލިވިންގ އެލަވަންސް: މަހަކު 2,325/- ރުފިޔާ

ސަރވިސް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް110/- ރުފިޔާގެ ރޭޓުން

އެކްސްޓެންޑަޑް ޓައިމް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް 50/- ރުފިޔާގެ ރޭޓުން

 

މަގާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު:

ޓެކުހާގުޅޭ ޤާނޫނުތަކުގެ ދަށުން ރަޖިސްޓަރީކުރަން ހުށަހަޅާ ފަރާތްތައް ރަޖިސްޓަރީކޮށް އެ ފަރާތްތަކުގެ މައުލޫމާތު ބެލެހެއްޓުމާއި ޓެކްސްޕޭޔަރ ސަރވިސް ސެންޓަރއަށް ޒިޔާރަތްކޮށް ޓެކުހަށް ރަޖިސްޓަރީކުރުމަށް އަންނަ ފަރާތްތައް ރަޖިސްޓްރޭޝަން ކައުންޓަރުން ރަޖިސްޓަރީކުރުމާއި ރަޖިސްޓްރޭޝަނާ ގުޅޭ އެހެނިހެން ޚިދުމަތްތައް ދިނުން.

 

ޝަރުޠު:

- އޭލެވެލް 2 މާއްދާއިން 'ސީ' ފާސް އަދި އޯލެވެލް 'އިނގިރޭސި' އަދި އެސް.އެސް.ސީ އިމްތިހާނުގެ 'ދިވެހި' މި ދެ މާއްދާއާއެކު 5 މާއްދާއިން 'ސީ' ފާސް ލިބިފައިވުން (މި ފާސްތަކަކީ ބިޒްނަސް ސްޓްރީމްގެ މާއްދާތައް ހިމެނޭގޮތަށް ލިބިފައިވާ ފާސްތަކެއް ކަމުގައިވުން)   

 

މަގާމު:

އެސިސްޓަންޓް އޮފިސަރ،ފެސިލިޓޭޝަން (އޮފިސަރ، AO1)

 

އަދަދު:

1

 

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް/ޑިވިޜަން/ސެކްޝަން:

ޓެކްނިކަލް އެންޑް ފެސިލިޓޭޝަން ޑިޕާޓްމަންޓް / ފެސިލިޓޭޝަން އެންޑް އެންގޭޖްމަންޓް ޑިވިޜަން / ފެސިލިޓޭޝަން ސެކްޝަން

 

އަސާސީ މުސާރަ:

މަހަކު 4,000/- ރުފިޔާ

 

އިތުރު އިނާޔަތްތައް:

ނޮން-ޕްރެކްޓިސިންގ އެލަވަންސް: މަހަކު 3,875/- ރުފިޔާ

ލިވިންގ އެލަވަންސް: މަހަކު 2,325/- ރުފިޔާ

ސަރވިސް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް110/- ރުފިޔާގެ ރޭޓުން

އެކްސްޓެންޑަޑް ޓައިމް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް 50/- ރުފިޔާގެ ރޭޓުން

 

މަގާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު:

ޓެކްސްޕޭޔަރ ސަރވިސް ސެންޓަރަށް ޒިޔާރަތްކުރާ ފަރާތްތަކަށް ޓެކުހާބެހޭ މަޢުލޫމާތު ދިނުމާއި، ފޯކަސްޑް ގްރޫޕް އިންފޮމޭޝަން ސެޝަންތައް ރާވައި ހިންގުމާއި، ވަން-ޓު-ވަން ޓެކްސް ކޮންސަލްޓޭޝަން ފޯރުކޮށްދިނުމާއި، ޓެކްސް ދައްކާ ފަރާތްތަކަށް އެހީތެރިކަން ނުވަތަ އިތުރަށް މައުލޫމާތު ބޭނުންވާ ދާއިރާތައް ދެނެގަތުމާއި، ކަނޑައެޅޭ ވަކި ޓެކްސް ދައްކާ ފަރާތްތަކުގެ އެކައުންޓް މެނޭޖްކުރުމުގެ މަސައްކަތްތައްކުރުން.

 

ޝަރުޠު:

- އޭލެވެލް 2 މާއްދާއިން 'ސީ' ފާސް އަދި އޯލެވެލް 'އިނގިރޭސި' އަދި އެސް.އެސް.ސީ އިމްތިހާނުގެ 'ދިވެހި' މި ދެ މާއްދާއާއެކު 5 މާއްދާއިން 'ސީ' ފާސް ލިބިފައިވުން (މި ފާސްތަކަކީ ބިޒްނަސް ސްޓްރީމްގެ މާއްދާތައް ހިމެނޭގޮތަށް ލިބިފައިވާ ފާސްތަކެއް ކަމުގައިވުން)   

           
އެހެނިހެން ޝަރުތުތައް

1.       މި އޮތޯރިޓީގައި އަދާކުރާ ވަޒީފާ ފިޔަވާ އިތުރު އެހެން އެއްވެސް ވަޒީފާއެއް އަދާނުކުރުމާއި އަދި މި އޮތޯރިޓީގައި އަދާކުރާ ވަޒީފާއާއި މަސްލަހަތު ފުށުއަރާފަދަ އެއްވެސް އަމިއްލަ މަސައްކަތެއް ނުކުރުން.

2.       ސަރުކާރުގެ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގައި އިސްކޮށް ޙަރަކާތްތެރިނުވުން އަދި އެފަދަ ކުންފުންޏެއްގެ ބޯޑެއްގެ ޑިރެކްޓަރެއް ކަމުގައި ނުވުން.

3.       ސަރުކާރު ޙިއްސާވާ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގެ މެޖޯރިޓީ ޝެއަރހޯލްޑަރެއް ކަމުގައި ނުވުން.

4.       އަމިއްލަ ނަމުގައި އެއްވެސް ވިޔަފާރިއެއްކުރާ މީހަކު ކަމުގައި ނުވުން.

5.       ވަޒީފާއަށް ކުރިމަތިލާ މީހާއާ މި އޮތޯރިޓީގެ އެއްވެސް މުވައްޒަފަކާ ޢާއިލީގޮތުން ގާތްގުޅުމެއް ހުރި ފަރާތެއް ކަމުގައި ނުވުން.

މި މަގާމުތަކަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއެކު ތިރީގައި މިވާ މަޢުލޫމާތު ހުށަހަޅުއްވަންވާނެއެވެ.

1.       މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު

2.       ސާނަވީ އަދި މަތީ ސާނަވީ ތަޢުލީމް ނިންމި ކަމުގެ ލިޔުންތަކުގެ (ސްކޫލް ލީވިންގ ސެޓްފިކެޓް) ކޮޕީ

3.       ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހެއްނަމަ އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް

4.       ކަރިކިއުލަމް ވިޓާ (ސީވީ)

5.       ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

6.       ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި އިސްމުވައްޒަފަކު ނުވަތަ ސުޕަވައިޒަރަކު، އެ ފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް (ރެކަމެންޑޭޝަން ލެޓަރ (އޮޕްޝަނަލް))

ނޯޓް:

-          މަތީގައިވާ މަގާމުތަކުގެ އިންޓަރވިއުއަށް ދައުވަތު ދެވޭނީ ޝަރުތު ހަމަވާ އަދި ތައުލީމީ ގޮތުން އެންމެ މަތިން މާކްސް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

-          މި މަގާމުތަކަށް މީހުން ހޮވޭނީ ތަޢުލީމީ ފެންވަރަށާއި މަސައްކަތާގުޅޭ ތަޖުރިބާއަށާއި އަދި އިންޓަވިއުއަށް ބަލާ އެންމެ މަތިން މާކްސް ލިބޭ ފަރާތެއްގެ މައްސަލަ ބަލާ ފޯމު ފުރުމަށްފަހު ވޭތުވެދިޔަ 5 އަހަރު ދުވަހު އެއްވެސް ކުށުގެ ރިކޯޑެއް ނުވާނަމައެވެ. 

މި މަގާމުތަކަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 26 މޭ 2022 ގެ 16:00 ކުރިން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އީމެއިލް އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. ފޯމު މި އޮތޯރިޓީގެ ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ. 

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، އަމީނީ މަގު، މާލެ، ދިވެހިރާއްޖެ

ހޮޓްލައިން: 1415

އީމެއިލް: [email protected]   ވެބްސައިޓް: www.mira.gov.mv

 ނޯޓް: އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުން، އެޕްލިކޭޝަން މި އޮތޯރިޓީއަށް ލިބުނުކަން ކަށަވަރުކުރުމަކީ އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

16 މޭ 2022