ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: 134-PRO/I/2022/39
ޕަބްލިޝްކުރި ތާރީޚް: 16 މޭ 2022
ޕަބްލިޝްކުރި ގަޑި: 11:35
ސުންގަޑި: 26 މޭ 2022 01:00
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ފެރީ ދޯއްޏެއް ވިއްކާނެފަރާތެއް ހޯދުމަށް ދެވޭ ދަޢުވަތު

އިޢުލާން ނަންބަރު:134-PROC/I/2022/39

އިޢުލާން

16 މެއި 2022

 

މިފްކޯއަށް ފެރީދޯންޏެއް ވިއްކާނެފަރާތެއް ހޯދުމަށް ދެވޭ ދަޢުވަތު

 

 

މިފްކޯއަށް ފެރީދޯންޏެއް ވިއްކާނެފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން ނަންބަރު:134-PROC/I/2022/30 ކޮއްފައިވާ އިއުލާނަށް އެންމެ ފަރާތަކުން އަގު ހުށައަޅާފައިވާތީ އެއިއުލާން ބާތިލްކޮށް އަލުން އިއުލާން ކުރީމެވެ.

 

 މިކުންފުނިން ހިންގާ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް / ގއ. ކޫއްޑޫގައި ދުއްވުމަށް ފެރީދޯންޏެއް ގަންނަން ބޭނުންވެއެވެ. 

 

 ބިޑް ކުރިއަށްދާނެގޮތުގެ ތަފްޞީލް

 ތާރީޙް

 ވަގުތު

 ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ   ކުރުން

 އީމެއިލް މެދުވެރިކޮށް

 [email protected]

 22 މެއި 2022

 މެންދުރު 12:00ގެ ކުރިން

 މަޢުލޫމާތު ކަރުދާސް

 ރެޖިސްޓްރީ ކުރުމަށް ބޭނުން ކުރި އީމެއިލްއަށް

 22 މެއި 2022

 މެންދުރުފަހު  02:00ގެ ކުރިން

 އަންދާސީ ހިސާބު ހުށަހެޅުން

 އީމެއިލް މެދުވެރިކޮށް

 [email protected]

 26 މެއި 2022

 މެންދުރުފަހު  01:00ގެ ކުރިން

 ބިޑް ހުޅުވުން

 އަނދާސީ ހިސާބު ހުށަހެޅި ފަރާތްތަކުގެ   ހާޒިރުގައި މައިކްރޯސޮފްޓް ޓީމްސް   މެދުވެރިކޮށް

 26 މެއި 2022

 މެންދުރުފަހު  02:00ގައި

 

 ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަތީގައި ބަޔާންކުރެވިފައިވާ ތާވަލާއިއެއްގޮތަށް ރަޖިސްޓްރީ ކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރެއްވުމަށް ތިރީގައިވާ ހުރިހާ މައުލޫމާތެއް ފުރިހަމަ ކުރެއްވުމަށްފަހު އީ-މެއިލް ކުރައްވާނީ [email protected] އަށެވެ.

- އިޢުލާން ނަންބަރު

- ކުންފުނީގެ ނަން

- ނަމާއި ފޯނު ނަންބަރު

މަތީގައިވާ މައުލޫމާތު ފުރިހަމަކުރެއްވުމަށްފަހު ފޮނުވާ އީމެއިލް ތަކަށް "ރެޖިސްޓްރޭޝަން ކޮންފޮމޭޝަން" އެއްގެ ގޮތުން މި ކުންފުނިން އީމެއިލް ކުރާނެ ވާހަކަދެއްނެވީމެވެ.

ނޯޓް:  ބިޑަށް އަންދާސީ ހިސާބު ހުށައަޅުއްވަން ވާނީ ހަމައެކަނި  [email protected]  އީމެއިލް އަށެވެ. މިނޫން އީމެއިލް އަކަށް އެޑްރެސްކުރާ ނުވަތަ ސީސީ ކޮށްފައިވާ އަންދާސީ ހިސާބު ބަލައިނުގަތުމުގެ އިހުތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ. ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތައް އަދި މި އިޢުލާނާ ގުޅިގެން ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް ބާތިލްވާނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ކޮންމެ ވަގުތެއްގައި ވެސް އަންދާސީ ހިސާބުތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް އީމެއިލް ކުރައްވާނީ  [email protected] އަށެވެ.

 

16 މޭ 2022