ބީލަން
ނަންބަރު: (IUL)348-CA/348/2022/64
ޕަބްލިޝްކުރި ތާރީޚް: 16 މޭ 2022
ޕަބްލިޝްކުރި ގަޑި: 10:58
ސުންގަޑި: 31 މޭ 2022 00:00
އަރިއަތޮޅު ދެކުނުބުރީ އޮމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އިދާރާގެ ލޯގޯ ފަރުމާކޮށްދޭނެ ފަރާތެއް ހޯދުމަށް

މި ކައުންސިލްގެ ނަންބަރ (IUL)348-CA/348/2022/57 (12 އެޕްރީލް 2022) އިޢުލާނު އިސްލާހުކޮށް އަލުން ކައުންސިލް އިދާރާގެ ލޯގޯ ފަރުމާކުރުމުގެ ފުރުސަތު ހުޅުވާލަމެވެ. ހުށައަޅާ ހުށައެޅުންތަކުގެ ތެރެއިން ޝަރުތު ހަމަވާ އެންމެ ރީތި ޑިޒައިނަކަށް 2000 ރުފިޔާގެ ފައިސާގެ އިނާމު ދެވޭނެއެވެ. މާކްސް ދިނުމަށް ހަމަޖެހިފައިވަނީ ފޭސްބުކް ޕޭޖަށް ލައިކްސް ދީގެން %20 އަދި ކައުންސިލުން މާކްސް ދީގެން %80 އެވެ.

ލޯގޯ ފަރުމާކުރުމުގައި ބަލަންޖެހޭ ކަންތައްތަށް:

-          މި ކައުންސިލްގެ ކުލަ ކަމުގައިވާ ނޫކުލަ (އާރު.ޖީ.ބީ ކޯޑް 187bcd) ރަމްޒުކޮށްދިނުން.

-          ރަށަށް ލިބުނު ފެހިފަތް ރަމްޒުކޮށްދިނުން.

-          ރަށުގެ ފެހިކަން ރަމްޒުކޮށްދިނުން.

-          މަސްވެރިކަމާއި އިޤްތިޞާދު ރަމްޒުކޮށްދިނުން.

-          މި ކައުންސިލްގެ މޮޓޯ ކަމުގައިވާ "އެންމެން އެކުގައި އެއްއަމާޒަކަށް" ހިމެނުން.

-          ފަރުމާ ކުރެވޭ ލޯގޯ އަކީ މުޅިން އައު އަމިއްލަ ވަންތަ ލޯގޯ އަކަށްވުން.

-          ލޯގޯ އަކީ އެއްވެސް ސިޔާސީ ޕާޓީއެއް ނުވަތަ އެހެން އިދާރާއެއް ރަމްޒުކޮށްދޭ ފަރުމާއަކަށް ނުވުން.

-          ލޯގޯ ފަރުމާކުރެވިފައި ހުންނަންވާނީ ލެޓަރ ހެޑް، ބިޒްނަސް ކާޑް، ސްޓާފް ކާޑް، ދިދަ، ވެބްސައިޓް ޕޭޖް، ޔުނިފޯމް އަދި ޖާރޒީ ފަދަ ތަކެތީގައި ބޭނުން ކުރެވޭފަދަ ގޮތަކަށެވެ.

-          ލޯގޯ އަކީ ލަކުނޑި ނުވަތަ މަޢުދަނެއްގައި ފަސޭހައިން ކަނޑާނެގޭ އަދި ރޮދިން ފަސޭހައިން އެމްބްރޮއިޑް ކުރެވޭ ގޮތަކަށް ފަރުމާކުރެވިފައިވާ ލޯގޯ އަކަށްވުން.


 

 

ލޯގޯ އާއި އެކު ތިރީގައި ބަޔާންކޮށްފައިވާ ޑިޒައިންތަށް ހުށައަޅަންވާނެއެވެ. ހުރިހާ ޑިޒައިނެއްގައި ލޯގޯ ހިމަނަންވާނެއެވެ. އަދި ހުރިހާ ޑިޒައިނެއް ހުންނަންވާނީ އެއް ތީމް އަކުންނެވެ.

-          ލެޓާ ހެޑް އަދި ފޫޓަރ ޑިޒައިން ( ހެޑާ ގައި ދައުލަތުގެ ނިޝާން އަދި ކައުންސިލްގެ ނަން އިނގިރޭސި އަދި ދިވެހިން ހިމެނުން)

-          ބިޒްނަސް ކާޑް ޑިޒައިން (އިނގިރޭސިން)

-          ސިޓީއުރައިގެ ބޭރު ޑިޒައިން (A4 އަދި C5 ސައިޒް)

-          ސްޓާފް ކާޑް ޑިޒައިން

-          ކައުންސިލްގެ ދިދަ

ޕޮއިންޓް ދިނުމުގައި ބަލާނެ ކަންތައްތަށް

-         އުފެއްދުންތެރިކަން %20

-         ކުލަތަށް ގެނެސްފައިވާ ގޮތް %40

-         ހިމަނަންޖެހޭ ބައިތަށް ހިމަނާފައިވާ ގޮތް %20

 

ހުށައަޅާ ޑޮކިއުމަންޓްތަށް [email protected] އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ.

                    ވީމާ، 2022 މެއި 31 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ޑޮކިއުމަންޓްތަށް ހުށައެޅުން އެދެމެވެ. އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން ރަސްމީ ގަޑީގައި މި އިދާރާގެ ނަންބަރ 6680542 އާއި ގުޅައިގެން މަޢުލޫމާތު ސާފު ކުރެއްވުން އެދެމެވެ.

                       މިކަން އާންމުކޮށް އެންގުމަށްޓަކައު އިޢުލާން ކުރަމެވެ.  

16 މޭ 2022