މަސައްކަތް
ނަންބަރު: (IUL)376/376/2022/27
ޕަބްލިޝްކުރި ތާރީޚް: 16 މޭ 2022
ޕަބްލިޝްކުރި ގަޑި: 10:51
ސުންގަޑި: 30 މޭ 2022 00:00
ނިލަންދެއަތޮޅު ދެކުނުބުރީ ބަނޑިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދ.ބަނޑިދޫ ޕްރީސްކޫލް ގޯތިތެރެ ހިޔާކޮށްދޭނެ ފަރާތެއް ހޯދުން

       ދ.ބަނޑިދޫ ޕްރީސްކޫލް ގޯތިތެރެ ހިޔާކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރި މިކައުންސިލްގެ އިޢުލާން ނަންބަރ (IUL)376/376/2021/19 އަށް އެއްވެސް ފަރާތަކުން ބިޑްހުށަހަޅާފައިނުވާތީވެ އެއިއުލާން ބާތިލްކޮށް އަމިއްލަތަކެތީގައި  މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނުކުރަމެވެ.

މަސައްކަތާއިގުޅޭ އިތުރު ތަފްސީލް މަޢުލޫމާތު ޝީޓް އަދި ޑްރޯވިންސްގައި ހިމެނިފައިވާނެއެވެ.

       މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 23 މެއި 2022 ވާ ހޯމަ ދުވަހުގެ 11:00 ގެ ކުރިން ބިޑްގައި ބައިވެރިވުމަށް ރަޖިސްޓަރކުރުމަށް ހުޅުވާލަމެވެ.

ބިޑް ހުށަހެޅުމާއި ހުޅުވުން އޮންނާނީ ބިޑް ހުށަހަޅުއްވާ ހުރިހާ ފަރާތްތަކެއްގެ ހާޟިރުގައި 30 މެއި 2022 ވާ ހޯމަ ދުވަހުގެ 11:00 ގައި ނިލަންދެއަތޮޅު ދެކުނުބުރީ ބަނޑިދޫ ކައުންސިލްގެ އިދާރާގައެވެ. 

އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 9650005/7992129 (ރަސްމީ ގަޑީގައި) އަށް ގުޅައިގެން ނުވަތަ [email protected]   އަށް މެއިލް ކުރައްވައިގެން މަޢުލޫމާތު ސާފުކުރެވޭނެއެވެ.

ބިޑްގައި ރަޖިސްޓްރީ ވުމަށް ދެވިފައިވާ މުއްދަތުގައި ބިޑްގައި ރަޖިސްޓްރީ ވެފައިނުވާ ފަރާތްތަކާއި، ކަނޑައެޅިފައިވާ ގަޑީގެ ފަހުން ގެންނަ އަންދާސީ ހިސާބުތައް ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

          މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

                 16 މެއި 2022           

16 މޭ 2022