ދިވެހިރާއްޖެ
ނ. ކެނދިކުޅުދޫގައި މީހުން ދިރިއުޅުމަށް ދޫކޮށްފައިވާ އެންމެހާ ގޯތިތަކުގެ މަގާއި ގޯޅިއަށްވާގޮތަށް ގޭބިސީތަކުގެ އިމުން ބޭރަށް ނުކުމެފައިވާ ގަސްގަހުގެ އަފިތަކާއި ރުކުގެ ފަންތައް ކަނޑާ ސާފުކުރުމަށް ދަންނަވަމެވެ. އެގޮތުން، ގޭބިސީތަކުގެ އިމުންބޭރަށް ގަސްގަހުގެ އަފިތަކާއި ފަންތައް ނުކުމެފައިހުރުމުގެ ސަބަބުން، އެއްގަމު ބޮޑެތި އުޅަނދުތަކުގެ ތެރެއިން ޕިކަޕްތަކާއި، ލޮރީ އަދި ސްކޫލް ބަސްފަދަ އުޅަނދުތަކަށް އުދަނގޫވެ ބައެއް ޙާލަތްތަކުގައި އެތަކެއްޗަށް ގެއްލުން ލިބޭފަހަރުވެސް އެބަ އާދެއެވެ.
ވީމާ، ގޭބިސީތަކުގެ އިމުންބޭރަށް 10 ފޫޓު ތިރިއަށް ފައިބާފައި ހުރި ގަސްގަހުގެ އަފިތަކާއި ރުކުފަންތައް 21 މެއި 2022 ވާ ހޮނިހިރު ދުވަހުގެ 18:00 އާއި ހަމަޔަށް ކޮށާ ސާފުކުރުމަށް ދަންނަަވަމެވެ. މިމުއްދަތުގައި އަފިތަކާއި ފަންތައް ކޮށާފައިނުވާނަމަ ކައުންސިލްގެ ފަރާތުން އެތަކެތި ކޮށާ އުކާލެވޭނެވާހަކަ ދަންނަވަމެވެ. އަދި މިގޮތަށް މިތަކެތި ކޮށާ ސާފުކުރުމުގައި ގޭބިސީތަކުގެ އިމުންބޭރުން ހުރި ގަސްގަހާގެހީގެ އަފިތަކާއި ފަންތަކަށް ލިބޭ ގެއްލުމަށް މިކައުންސިލުން ޒިންމާނުވާނެވާހަކަ ދަންނަވަމެވެ.
ވީމާ، މިއެންގުމާއި އެއްގޮތަށް 2022 ވަނަ އަހަރު މެއި މަހުގެ 21 ވަނަ ދުވަހުގެ 18:00 އާއި ހަމަޔަށް އާންމުންނަށާއި ދުއްވާތަކެއްޗަށް އުނދަގޫވާގޮތަށް ހުރި ގަސްގަހާގެހީގެ އަފިތަކާއި ފަންތައް ކޮށާ ސާފުކުރުމަށް ދަންނަވަމެވެ. މިއެންގުމާއި ޚިލާފުވާ ގޭބިސީތަކުގެ ވެރިފަރާތްތަކާއިމެދު މިކައުންސިލްގެ ޤަވާއިދު ނަންބަރު 2019/R-362 (12 ފެބްރުއަރީ 2019) އާއި އެއްގޮތްވާގޮތުގެ މަތިން ޢަމަލުކުރެވޭނެ ވާހަކަ ދަންނަވަމެވެ.
ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
15 މެއި 2022