ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)266/266/2022/73
ޕަބްލިޝްކުރި ތާރީޚް: 15 މޭ 2022
ޕަބްލިޝްކުރި ގަޑި: 14:57
ސުންގަޑި: 22 މޭ 2022 00:00
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މޫސުން ގޯސްވުމާއި ގުޅިގެން ނެރެވޭ އިލްތިމާސް

މިދުވަސްވަރަކީ ހުޅަނގު މޫސުމުގެ ގަދަ ވަޔާއިއެކު ވިއްސާރަކުރާ ދުވަސްވަރަކަށްވާތީ، ރުއްރުކުން ހިކިފަނާއި ކާށި އަދި ގަސްގަހުން ހިކިފައިވާ ގޮފި ފަދަ ތަކެތި ވެއްޓެމުންދެއެވެ. އެހެންކަމުން އާންމު ފަރުދުންގެ ގޯތިގެދޮރުގައި ހުންނަ ރުއްތައް ސާފުކޮށް، ގަސްގަހުގައި ހިކިފައި ނުވަތަ ވަޔާއިއެކު ފަސޭހައިން ވެއްޓޭގޮތަށް ހުރި ގޮފިތައް ކޮށާ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކުރަމެވެ.

މީގެ އިތުރުން އުސްކޮށް ހުރި ޢިމާރާތްތަކުގެ ޓެރަސް ނުވަތަ ބެލްކަނި ފަދަ ތަންތަނުގައި ވަޔާއިއެކު އެއްލާލާފަދަ ގޮތަކަށް ބެހެއްޓިފާހުރި ތަކެތި ރަނގަޅަށް ހައްޔަރުކޮށް ރައްކާތެރި ގޮތަކަށް ބެހެއްޓުމަށާއި، ފުރާޅު ނުވަތަ ބިއްގަނޑު ފަދަ ތަންތާ ޖަހާފައި ހުންނަ ޓިނު އަދި ފިލާ ފަދަ ތަކެތި ވަޔާއެކު އެއްލާނުލާފަދަ ގޮތަކަށް ހައްޔަރުކުރުމަށް ދަންނަވަމެވެ.

މިފަދަ ކަންކަމުގައި އެންމެހާ ރައްޔިތުން އެއްބާރުލުން ދެއްވާ ރައްކާތެރިކަމުގެ ފިޔަވަޅުތަށް އެޅުއްވުމަށް އިލްތިމާސްކުރަމެވެ.

15 މޭ 2022