މަސައްކަތް
ނަންބަރު: (IUL)409/409/2022/43
ޕަބްލިޝްކުރި ތާރީޚް: 15 މޭ 2022
ޕަބްލިޝްކުރި ގަޑި: 14:54
ސުންގަޑި: 23 މޭ 2022 13:00
ހުވަދުއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދުލް ފަލާޙް މިސްކިތުގެ ތަށިމުށި ބަދަލުކުރުމާއިގުޅޭ

އިޢުލާން

 

މަސްޖިދުލް ފަލާޙް މިސްކިތުގެ ތަށިމުށި ބަދަލުކުރުމާއިގުޅޭ

         މަސްޖިދުލް ފަލާޙް މިސްކިތުގެ ފެންޑާމާއި ވުޟޫކުރާބައިގެ ތަށިމުށި ތަޅާ ނެގުމަށްފަހު އަމިއްލަތަކެތީގައި ތަށިމުށި ބަދަލުކުރުމަށް ކުރި ނަމްބަރު (IUL)409/409/2022/39 އިއުލާނާއި ގުޅިގެން ހުށަހަޅާފައިވާ ބީލަން މާބޮޑު ކަމަށް ކައުންސިލުން ފެންނާތީ އެއިއުލާން ބާތިލްކޮށް އަލުން އިއުލާން ކުރަމެވެ.

 

       ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ކަޑައެޅިފައިވާ ތާރީޚަށް މަޢުލޫމާތު ސާފުކުރުމަށްފަހު،  އަންދާސީ ހިސާބު ހިއްޕަވައިގެން ކައުންސިލްގެ އިދާރާއަށް ވަޑައިގެންދެއްވުން އެދެމެވެ.

 

ތާރީޚް

ގަޑި

މަޢުލޫމާތު ސާފުކުރުން (ކައުންސިލް އިދާރާގެ ހޯލްގައި)

17 މެއި 2022

13:00

އަންދާސީ ހިސާބު ހުށަހެޅުން (ކައުންސިލްއިދާރާގެ ހޯލްގައި)

19 މެއި 2022

11:00

           މި މިމަސައްކަތް ކުރުމަށް އަންދާސީހިސާބު ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށް އެކަންޏެވެ.

          އަންދާސީ ހިސާބު ހުށަހަޅުއްވާއިރު، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް، އަދި ހުށަހެޅުއްވުމަށް ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބާޠިލް ކުރެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

          މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

15 މޭ 2022