ދިވެހިރާއްޖެ
އިޢުލާން
ރ.ދުވާފަރު ގެތައް ރަޖިސްޓްރީ ކުރުމާއިބެހޭ:
ރ.ދުވާފަރު 16.10 (ޝަރީޢަތުން ބަހައިގެން ލިބުނު) 01 ވަނަބައި ރ.ކަނދޮޅުދޫ އުދަރެސް އިސްމާޢީލް އަޙްމަދު އާއި ރ.ކަނދޮޅުދޫ އުދަރެސް، ޢާއިޝަތު ނަފްޙާގެ ނަމުގައި ރަޖިސްޓްރީކޮއް ދިނުމަށްއެދި މި އިދާރާއަށްވަނީ ހުށަހަޅާފައެވެ. މިގޭ އެފަރާތުގެ ނަމުގައި ރަޖިސްޓްރީކޮށް ދިނުމުގެ ކުރިން މިގެއާއިބެހޭ ގޮތުން އެއްވެސް މައްސަލައެއް އަދި ޝަކުވާއެއް އެއްވެސް ފަރާތަކުން ހުށަހަޅަން ބޭނުންވާނަމަ، ނުވަތަ އެއްވެސް ފަރާތަކުން ޝަރީއަތަށް މިގެއާއިބެހޭ ގޮތުން އެއްވެސް މައްސަލައެއް ހުށަހަޅަފައިވާނަމަ 2022 މެއި 24 ވަނަ ދުވަހުގެ 14:00 ސުންމިނެޓް ގެ ކުރިން މި އިދާރާއަށް އެކަން އެންގެވުން އެދެމެއެވެ.
މިމުއްދަތުގެ ތެރޭގައި އެއްވެސް ފަރާތަކުން އެފަދަ ކަމެއް މިއިދާރާއަށް ހުށަހަޅާފައިނުވާނަމަ، އެފަދަ ކަމެއްނެތީ ކަމަށް ބަލައި ރ.ދުވާފަރު 16.10 (ޝަރީޢަތުން ބަހައިގެން ލިބުނު) 01 ވަނަބައި ރ.ކަނދޮޅުދޫ އުދަރެސް އިސްމާޢީލް އަޙްމަދު އާއި ރ.ކަނދޮޅުދޫ އުދަރެސް، ޢާއިޝަތު ނަފްޙާގެ ނަމުގައި ރަޖިސްޓްރީކޮށް ދިނުމުގެ އެންމެހައި ކަންކަން ކުރިއަށް ގެންދެވޭނެކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
14 ޝައްވާލް 1443
15 މެއި 2022