ދިވެހިރާއްޖެ
އިޢުލާން
މިސްކިތު ވޭޖް ޕޫލްގައި ރަޖިސްޓްރީވުމުގެ ފުރުޞަތު |
މިރަށުގެ މިސްކިތްތަކުގެ އިމާމުން / މުދިމުންނަށް ދިމާވާ ހާލަތަކާއި ގުޅިގެން (ވަކިވުން، ޕޭލީވް / ނޯޕޭލީވް، އަހަރީ ޗުއްޓީ ، އާއިލީޒިންމާ ޗުއްޓީ، ސަލާމް ޗުއްޓީ) މަސައްކަތަށް ނުނިކުމެވޭގޮތް މެދުވެރިވެއްޖެ ހިނދެއްގައި ވަގުތީގޮތުން އެ މަޤާމުތަކުގައި މަސައްކަތް ކުރުމަށް 1 އަހަރުދުވަހުގެ މުއްދަތަށް އެކުލަވާލެވޭ ވޭޖް ޕޫލްގައި ރަޖިސްޓްރީވުމުގެ ފުރުޞަތު ޝައުޤުވެރިވާ ފަރާތްތަކަށް ޢާއްމުކޮށް ހުޅުވާލަމެވެ.
މަޤާމް: |
އިމާމް/ މުދިމް |
ބޭނުންވާ ޢަދަދު: |
5 (ފަހެއް) (18 އަހަރު ފުރި 60 އަހަރު ފުރިފައިނުވުން)
|
މަޤާމުގެ ބާވަތާއި މުއްދަތު: |
ވޭޖް އެމްޕްލޯއިމަންޓް އުސޫލުން 1 (އެކެއް) އަހަރަށް |
ވަޒީފާއަދާ ކުރަންޖެހޭ ތަން: |
ށ. މިލަންދޫ މިސްކިތްތައް / ށ. މިލަންދޫ ކައުންސިލްގެ އިދާރާ |
މުސާރަ: |
- މަސައްކަތްކުރާ ގަޑިއަކަށް 61.00 (ރުފިޔާ) (އިމާމް) - މަސައްކަތްކުރާ ގަޑިއަކަށް 53.00 (ރުފިޔާ) (މުދިމް) |
މަސައްކަތްކުރަންޖެހޭ ގަޑީގެ ޢަދަދު |
ދުވާލަކު 5 ގަޑިއިރު ހަފްތާގެ 7 ދުވަސް |
މަޤާމުގެ ޝަރުތުތައް: |
އިމާމް- އިމާމުކަމުގެ ކޯސް ހަދާފައިވުން ނުވަތަ ދީނީ ދާއިރާއަކުން ލެވެލް 3 ގެ ސަނަދެއް ހާޞިލްކޮށްފައިވުން. މުދިމް- ޤުރުއާން ރީއްޗަށް ކިޔަވަންއެނގުން، ބަންގި ގޮވުމާއި ނަމާދުކުރަން އެނގޭ ފަރާތަކަށްވުން. |
މަޤާމްގެ މައިގަނޑު މަސްއޫލިއްޔަތު:
|
|
ވީމާ، ވޭޖްޕޫލްގައި ރަޖިސްޓްރީވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 24 މެއި 2022 ވާ އަންގާރަ ދުވަހުގެ 14.00 ގެ ކުރިން ރަޖިސްޓްރީވުމަށް ބޭނުންވާ މަޤާމް ސިޓީއަކުން ހުށައެޅުއްވުންއެދެމެވެ. އަދި ސިޓީއާއެކު އައި.ޑީ ކާޑުގެ ކޮޕީ އަދި ތަޢުލީމީ ސެޓްފިކެޓްގެ ކޮޕީ ހުށަހެޅުއްވުންއެދެމެވެ. އިތުރު މަޢުލޫމާތު ސާފްކުރެއްވުމަށް ރަސްމީގަޑީގައި މިއިދާރާގެ ނަންބަރު 6540063 ނަންބަރު ފޯނާ ގުޅުއްވުންއެދެމެވެ. އީ-މެއިލް ކުރާނީ[email protected] އަށެވެ.