ދިވެހިރާއްޖެ
މިކޯޓުގެ 02 އޭސީއެއް މަރާމާތްކޮށްދޭނެ ފަރާތެއް ހޯދުން
މިކޯޓުގެ ނަންބަރު (IUL)P2C/2022/09 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އެސްޓިމޭޓު ހުށަހަޅައިފައި ނުވާތީ އެ އިޢުލާން ބާޠިލްކޮށް، ދީފައިވާ މައުލޫމާތާއި އެއްގޮތަށް މިކޯޓުގެ 2 އޭސީއެއް މަރާމާތް ކޮށްދޭނެ ފަރާތެއް ހޯދަން އަލުން އިޢުލާން ކުރަމެވެ.
މި މަސައްކަތާއި ގުޅޭ މައުލޫމާތު ޝީޓު މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން މައުލޫމާތު ސާފުކުރުމަށް ބޭނުންފުޅުވާނަމަ 19 މެއި 2022 ވަނަ ދުވަހު 14:00ގެ ކުރިން 9553003 ނަންބަރަށް ގުޅުއްވައިގެން ނުވަތަ މިކޯޓުގެ މެއިލް އެޑްރެސް [email protected] އަށް މެއިލް ކޮށްގެން ބޭނުންފުޅުވާ މަޢުލޫމާތު ސާފް ކުރެއްވުމަށްފަހު ހަމަ އެދުވަހުގެ (19 މެއި 2022) 14:00 އަށް މިކޯޓަށް ޙާޟިރުވެ އެސްޓިމޭޓު ހުށަހެޅުއްވުން އެދެމެވެ.
މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.