ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)-BCC/PRC/2022/23
ޕަބްލިޝްކުރި ތާރީޚް: 15 މޭ 2022
ޕަބްލިޝްކުރި ގަޑި: 10:41
ސުންގަޑި: 26 މޭ 2022 10:00
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
މި ކޯޕަރޭޝަނުން ހިންގުމަށް ހަމަޖެހިފައިވާ ކޯ ޝެއާޑް ކިޗެންއަށް ބޭނުންވާ ބައެއް ސާމާނު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ.

މި އިޢުލާންވަނީ 19 މޭ 2022 13:24 ގައި ބާތިލް ކުރެވިފައެވެ.


މި ކޯޕަރޭޝަނުން ހުޅުމާލޭ އިންޑޯ ސްޕޯޓްސް ކޮޕްލެކްސް އިމާރާތުގައި ހިންގުމަށް ހަމަޖެހިފައިވާ ކޯ ޝެއާޑް ކިޗެންއަށް ބޭނުންވާ ބައެއް ސާމާނު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވާތީ، މި ކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސިހިސާބު ހުށަހެޅުގެ ފުރުސަތު ހުޅުވާލަމެވެ.  

ގަންނަން ބޭނުންވާ ތަކެތީގެ ތަފްސީލާއި އަދަދު އަދި ސްޕެސިފިކޭޝަން މި އިޢުލާނާއިއެކު ހިމަނައިފައިވާ މަޢުލޫމާތު ކަރުދާހުންނާއި، އިކުއިޕްމަންޓް ލިސްޓުން ލިބޭނެއެވެ. 

ވީމާ، މި ތަކެތި ސަޕްލައިކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވަލާ އެއްގޮތަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.  

    

ތަން

ދުވަސް

ތާރީޚް

ވަގުތު

އަންދާސީހިސާބު ހުށަހެޅުން

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން،   މ. ކަނީރުވިލާ (ފުރަތަމަ ފަންގިފިލާ)

ބުރާސްފަތި

26 މޭ 2022

10:00

ބީލާމާބެހޭ މަޢުލޫމާތު

ހ. މި މަސައްކަތާ ގުޅޭ އެންމެހާ މައުލޫމާތެއް މި އިޢުލާނާއި އެކު އެޓޭޗް ކޮށްފައިވާ މަޢުލޫމާތު ކަރުދާހުގައި ހިމަނައިފައިވާނެއެވެ. އަންދާސީ ހިސާބުތައް ތައްޔާރު ކުރައްވަން ވާނީ މި މަޢުލޫމާތު ކަރުދާހުގައި ވާ ކަންތަކަށް ސަމާލުކަން ދެއްވައިގެންނެވެ. މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ކަންތައްތައް ފުރިހަމަނުވާ އަންދާސީހިސާބުތައް އިވެލުއޭޝަންގައި ބާތިލުކުރެވޭނެއެވެ.

ށ. ބީލަން ހުޅުވުމަށް ކަނޑައެޅިފައިވާ ގަޑީގެ ފަހުން ލިބޭ އަންދާސީހިސާބުތައް ބަލައި ނުގަނެވޭނެއެވެ.

ނ. މި ބީލަމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ރަޖިސްޓަރީކޮށްގެން ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓް، އަދި ސޯލްޕްރޮޕްރައިޓަރ ފަދަ ވިޔަފާރިކުރާ، ކުދި އަދި މެދުފަންތީގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ދިވެހި ވިޔަފާރިތަކަށެވެ.

 

ބީލަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން ތިރީގައިވާ ނަންބަރު ނުވަތަ އީމެއިލް މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން

މ. ކަނީރުވިލާ، އޯކިޑް މަގު، މާލެ

ފޯނު: 3305555، 3010613

އީމެއިލް:  [email protected]

 

ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

 

15 މޭ 2022