ދިވެހިރާއްޖެ
މަޤާމު: |
އެސިސްޓެންޓް ކަސްޓަމަރ ރިލޭޝަން އޮފިސަރ |
||||||||||||
މަޤާމުގެ ނަންބަރު: |
J-351983 |
||||||||||||
ބޭނުންވާ އަދަދު: |
1 |
||||||||||||
މަޤާމުގެ ގިންތި: |
ދާއިމީ |
||||||||||||
މަޤާމުގެ ރޭންކު: |
ޖީ.އެސް 4 |
||||||||||||
މަޤާމުގެ ކްލެސިފިކޭޝަން: |
އޮފިސަރ ގްރޭޑް 2 |
||||||||||||
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން |
||||||||||||
މުސާރަ: |
5020.00 ރުފިޔާ |
||||||||||||
ސަރވިސް އެލަވަންސް: |
1500 ރުފިޔާ |
||||||||||||
އެހެނިހެން އެލަވަންސް: |
|
||||||||||||
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
1- ކާޑު ހަދަން އަންނަމީހުންނަށް މަޢުލޫމާތު ސާފުކޮށްދިނުމާއި ނަންބަރު ދޫކުރުން 2- އޮފީހަށް އަންނަ ތަކެތި ބަލައިގަނެ އެންޓްރީ ކުރުން 3- އޮފީހަށް އެކިކަންކަމުގައި އަންނަމީހުންނާ ބައްދަލުކޮށް އެމީހުންގެ ބޭނުމާގުޅޭ ފަރާތަކާއި ގުޅުވުން. 4- ރީޕްރިންޓް ކުރަން ހުށަހަޅާ ކާޑުތަކަށް ނޯޓް ޕްރިންޓް ކުރުމާއި އިޝޫއިން ނަންބަރ ދޫކުރުން. 5- އަތޮޅު ތެރޭގެ ކާޑުތައް ނަގަން އަންނަ ފަރާތްތަކުގެ ސްޓޭޓަސް ޗެކްކުރުމަށްފަހު ވެރިފައި އާއި ހިސާބަށް ގޮސްފައިވާ ކާޑުތަކަށް އިޝޫ އިން ނަންބަރ ދޫކުރުން. 6- ކާޑުހެދުމަށް ހުށަހަޅާ މަޢުލޫމާތު ފޯމް ބަލައި ގަތުން. 7- ކާޑު ދޫކުރުމާއި ބެހޭ ހުރިހާ މަސައްކަތެއްގައި އެހީތެރިވެ ދިނުން. 8- މަސައްކަތް ކުރުމުގައި ދިމާވާ މައްސަލަތަކުގެ ތެރެއިން އަމިއްލައަށް ޙައްލުނުކުރެވޭ ވަރުގެ މައްސަލަތައް ސުޕަވައިޒަރ ނުވަތަ ކަމާގުޅޭ އިސް މުވައްޒިފަކާ ވާހަކަ ދައްކައިގެން ޙައްލުކުރުން. ދިމާވާ މައްސަލަތާކާއި ގުޅޭގޮތުން ޖަވާބުދާރީ ވާންޖެހޭ ޙާލަތްތަކުގައި ކަނޑައެޅިފައިވާ ޤަވާއިދު ތަކާއި އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެމަތިން ޖަވާބުދާރީވުން. 9- ޙަވާލުވެފައިވާ މަސައްކަތާގުޅިގެން އަދާކުރަންޖެހޭ އެހެނިހެން މަސްއޫލިއްޔަތު ތައްއަދާކުރުން. 10- ޑިޕާޓްމަންޓުގެ އަދި ޔުނިޓުގެ މަސައްކަތުގެ ތެރެއިން ޚާއްޞަ ހާލަތުގައި ހަވާލުކުރެވޭ މަސައްކަތްތައް ކުރުން.
|
||||||||||||
މަޤާމުގެ ޝަރުޠުތައް: |
|
||||||||||||
ތަޢުލީމީ ރޮނގުތައް:
މަޤާމުގެ ޕްރިފަރޑް ޑިސިޕްލިން:
މަޤާމުގެ ކޯ ޑިސިޕްލިން:
|
|||||||||||||
މަޤާމުގެ މަސައްކަތުގެ ދާއިރާތައް: އެޑްމިނިސްޓްރޭޝަން އަދި މެނޭޖުމަންޓް އަދި ކަސްޓަމަރ ސަރވިސް |
|||||||||||||
|
|||||||||||||
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
|
||||||||||||
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2022 މެއި 22 ވާ އާދީއްތަ ދުވަގެ 13:30 ގެ ކުރިން، ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން ހ. ވެލާނާގެ 4 ވަނަ ފަންގިފިލާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
||||||||||||
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ. |
||||||||||||
އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އާއި އިމްތިޙާނު އޮންނާނީ 2022 މެއި 22 އާއި ޖޫން 22 އާ ދެމެދު، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން ހ. ވެލާނާގެ 4 ވަނަ ފަންގިފިލާގައެވެ. |
||||||||||||
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. |
||||||||||||
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3033203 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. މެއިލް ކޮށްގެން ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރުމަކީ މަޤާމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅައިފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލު ކުރެވޭނެއެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ. |