މަސައްކަތް
ނަންބަރު: (IUL) GS79/2022/16
ޕަބްލިޝްކުރި ތާރީޚް: 15 މޭ 2022
ޕަބްލިޝްކުރި ގަޑި: 09:55
ސުންގަޑި: 25 މޭ 2021 12:00
އިހަވަންދޫ ސްކޫލް
ދިވެހިރާއްޖެ
އެކްޓިވިޓީ ޔުނީފޯމް ތައްޔާރުކޮށް ވިއްކާނެ ފަރާތެއް ހޯދުމަށް

މި އިޢުލާންވަނީ 19 މޭ 2022 13:25 ގައި ބާތިލް ކުރެވިފައެވެ.


މި ސްކޫލްގެ ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމް ތައްޔާރުކޮށް ވިއްކުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

1. މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ. މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ އިތުރު ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

2. މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް ‏2022‏ މެއި‏ 15 އިން ‏2022‏ މެއި‏ 25 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

 "ބިޑް ރަޖިސްޓްރީ ފޯމް" ގެ ލިންކު: https://forms.gle/CaZNoRGraqFf1TQU8

3. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ ‏2022‏ އޭޕްރިލް‏ 25‏ ވާ ހޯމަ ދުވަހުގެ 11:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

4. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ ‏2022‏ މެއި‏ 26‏ ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި އިހަވަންދޫ ސްކޫލްގެ މީޓިންގ ރޫމްގައެވެ.

5. ބިޑް ހުށަހެޅުމާއި ހުޅުވުން އޮންނާނީ ‏2022‏ މެއި‏ 30‏ ވާ ހޯމަ ދުވަހުގެ 11:00 ގައި އިހަވަންދޫ ސްކޫލްގެ މީޓިންގ ރޫމްގައެވެ.

6. މި ޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

7. މި ޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

އިހަވަންދޫ ސްކޫލް

އަމީނީމަގު މަގު، ހއ. އިހަވަންދޫ، ދިވެހިރާއްޖެ.

ފޯން:  6500096

އީ-މެއިލް: [email protected]

15 މޭ 2022