ދިވެހިރާއްޖެ
ހއ. ދިއްދޫ ބަނދަރުގައި ހުރި ރުއްތައް ވަރުވާއަށް ލިޔެދިނުމާއި ގުޅޭ
ހއ. ދިއްދޫ ބަނދަރުގައި ހުރި ރުއްތައް 1 އަހަރު ދުވަހަށް ވަރުވާއަށް ލިޔެދިނުމަށް ބޭނުންވެއެވެ. އެހެންކަމުން، މި ރުއްތައް ވަރުވާއަށް ލިޔުމަށް ޝައުޤުވެރިވާ ފަރާތްތަކުން ބިޑް ހުށަހެޅުމަށް ރަޖިސްޓަރީ ކުރުމަށްފަހު ކަނޑައެޅިފައިވާ ތާރީޚުގައި ބިޑް ހުށަހެޅުން އެދެމެވެ.
ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރުން |
12 މެއި 2022 އިން 26 މެއި 2022 އަށް ރަސްމީ ދުވަސްތަކުގައި ހެނދުނު 9:00 އިން މެންދުރު ފަހު 13:00 އަށް ދިއްދޫ ކައުންސިލްގެ ރިސެޕްޝަނަށް ރަޖިސްޓްރީވުމަށް އެދޭ ފޯމް ހުށަހަޅައިގެން ނުވަތަ [email protected] އަށް ރަޖިސްޓްރީވުމަށް އެދޭ ފޯމް މެއިލް ކޮށްގެނެވެ. |
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން |
29 މެއި 2022 ވާ އާދީއްތަ ދުވަހުގެ 11:30 ގައި ހއ. ދިއްދޫ ކައުންސިލްގެ އިދާރާގައެވެ. |
ބީލަން ހުށަހެޅުމަށް ބާއްވާ ބައްދަލުވުން |
01 ޖޫން 2022 ވާ ބުދަ ދުވަހުގެ 11:30 ގައި ކައުންސިލްގެ ޖަލްސާކުރާ މާލަމުގައެވެ. |
ބިޑު ހުށަހަޅަން ރަޖިސްޓަރީވާ ފޯމް، މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ. އަދި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6500019 ފޯނާ އެވެ.
ވީމާ، މިކަން އާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.