މަސައްކަތް
ނަންބަރު: (IUL)7-ADMN/1/2022/59
ޕަބްލިޝްކުރި ތާރީޚް: 12 މޭ 2022
ޕަބްލިޝްކުރި ގަޑި: 22:40
ސުންގަޑި: 26 މޭ 2022 11:00
އޮޑިޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ކޮންސްޓްރަކްޝަން ސުޕަވައިޒްކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލުން

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހުޅުމާލޭގައި އަލަށް އިމާރާތްކުރުމަށް ބޭނުންވާ ޢިމާރާތުގެ ކޮންސްޓްރަކްޝަން ސުޕަވައިޒް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ބީލަން ހުށަހަޅުއްވާ ފަރާތަކަށް ޕޮއިންޓު ދޭނެ އުޞޫލު ހިމެނޭނެހެން ރިކުއެސްޓް ފޮރ ޕްރޮޕޯރސަލް މި އިއުލާނާއެކު ހިމަނާފައިވާނެއެވެ.

ބީލަމާއި ގުޅޭ މަޢުލޫމާތު ސެޝަން 19 މެއި 2022 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި  ޣާޒީ ބިލްޑިންގ ގައި ހުންނަ މި އޮފީހުގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ.

ބީލަން ހުށަހެޅުއްވުމަށް 2022 މެއި 26 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި އޮފީހަށް ވަޑައިގެން ބީލަން ހުށަހެޅުއްވުން އެދެމެވެ. ބީލަން ހުށަހަޅުއްވާ ދުވަހުގެ 11:00 ގެ ފަހުން ބީލަން ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް މި ފުރުޞަތު ދެވެން ނެތް ވާހަކަވެސް ދެންނެވީމެވެ. އަދި ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 2022 މެއި 26 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި، މި މަސައްކަތަށް ބީލަން ހުށަހެޅުއްވި ފަރާތްތަކުގެ ހާޒިރުގައެވެ.

މި މަސައްކަތާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، 2022 މެއި 23 ވާ ހޯމަ ދުވަހުގެ 16:00 ގެ ކުރިން، [email protected]    އީމެއިލްއަށް ސުވާލުތައް ފޮނުއްވުން އެދެމެވެ.

12 މޭ 2022