ދިވެހިރާއްޖެ
އިޢުލާން
ވެހިކަލެއްގަތުމާ ބެހޭ
މި ކައުންސިލަށް ވެހިކަލެއްގަންނަން ބޭނުންވެއެވެ. މި ވެހިކަލާބެހޭ މަޢުލޫމާތު މި އިޢުލާނާ އެކުގައި އާންމު ކުރެވިފައިވާނެއެވެ.
ވީމާ، ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 19 މެއި 2022 ވާ ބޫރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މި ކައުންސިލްގެ މެއިލް [email protected] މެދުވެރިކޮށް ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން އެދެމެވެ. ރެޖިސްޓަރ ކުރެވުނުތޯ ކަށަވަރު ކުރުމަކީ އެފަރާތުގެ ޒިންމާއެކެވެ.
ރަޖިސްޓަރ ކުރަން ފޮނުވާ މެއިލްގައި ހިމަނަންޖެހޭ މަޢުލޫމާތު:
- އިޢުލާން ނަމްބަރު (ކޮން މަސައްކަތެއްކަން އެނގޭގޮތަށް މެއިލްގެ ސަބްޖެކްޓްގައި ލިޔުމަށް)
- ކުންފުނި ނުވަތަ ވިޔަފާރީގެ ނަން
- ގުޅޭނެ ފޯން ނަންބަރު
އަންދާސީ ހިސާބު ހުށައެޅުން އޮންނާނީ 26 މެއި 2022 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ތ. ތިމަރަފުށީ ކައުންސިލް އިދާރާގައެވެ.
ރަޖިސްޓަރ ނުކުރައްވާ ފަރާތްތަކާއި ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ އެވެ.
އިތުރު މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން އޮންނާނީ 16 މެއި 2022 ވާ ހޯމަ ދުވަހުގެ 11:00 ގައި ތިމަރަފުށީ ކައުންސިލް އިދާރާގައެވެ.
އަދި މިތާރީޚްގެ ކުރިން މިއިދާރާގެ އީ މެއިލް [email protected] އަށް ލިޔުއްވުމުން ނުވަތަ މި އިދާރާގެ ނަމްބަރ 6780702 ގުޅުއްވުން ވެސް
މަޢުލޫމާތު ލިބޭނެއެވެ.
12 މެއި 2022