ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)388-ADM/388/2022/46
ޕަބްލިޝްކުރި ތާރީޚް: 11 މޭ 2022
ޕަބްލިޝްކުރި ގަޑި: 20:49
ސުންގަޑި: 21 ޖުލައި 2022 00:00
ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިރަށު ގެތަކުގައި ނަންބޯޑް ހަރުކުރުމާއިގުޅޭ

މިނިސްޓްރީ އޮފް ނެޝެނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓަރކްޗަރ އިން ކޮންމެ 5 އަހަރަކުން އެއް އަހަރު ކުރިއަށްގެންދާ އާބާދީއާއި ދިރިއުޅޭ ތަންތަނުގެ ބޯހިމެނުމުގެ މަސައްކަތް 17 ސެޕްޓެމްބަރ 2022 ވަނަ ދުވަހު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާތީ މިމަސައްކަތް ކުރުމަށް މުޅިރާއްޖޭގައި ހުރި ތަންތަނުގެ ލިސްޓެއް ނެގުމަށްޓަކައި ރަށްރަށުގައި ގޭގޭގެ ނަންބޯޑްތައް ހަރުކުރުމަށް މިނިސްޓްރީން ވަނީ އަންގާފައެވެ.

         ވީމާ، 21 ޖުލައި 2022 ވާ ބުރާސްފަތި ދުވަހުގެ ކުރިން މިރަށުގެ ހުރިހާ ގޯތި ގެދޮރެއްގައި އެގެއަކަށް ދެވިފައިވާ ތަރުތީބު ނަންބަރާއިއެކު ގޭގެ ނަން ބޭރަށް ފެންނާނޭހެން ނަންބޯޑް ހަރުކުރުމަށް އެދި ދަންނަވަމެވެ.

 

11 މޭ 2022