ވަޒީފާގެ ފުރުޞަތު
ނަންބަރު: WAMCO-HR/IUL/2020/055
ޕަބްލިޝްކުރި ތާރީޚް: 12 މޭ 2022
ޕަބްލިޝްކުރި ގަޑި: 16:48
ސުންގަޑި: 19 މޭ 2022 12:00
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ފައިނޭންސް އެސިސްޓެންޓް

މި އިޢުލާންވަނީ 18 މޭ 2022 15:47 ގައި ބާތިލް ކުރެވިފައެވެ.


އިޢުލާން

ނަންބަރު: WAMCO-HR/IUL/2020/055

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހުންނެވެ.

މަޤާމު

ފައިނޭންސް އެސިސްޓެންޓް

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން


އެސިސްޓެންޓް

މުސާރައާއި ޢިނާޔަތްތައް

މަހަކު -/8,000 އާއި -/12,000 ރުފިޔާއާއި ދެމެދު (ހާސިލުކޮށްފައިވާ ތައުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)

ވަޒިފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން

ފައިނޭންސް ޑިޕާޓްމަންޓް / ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)، ކ. މާލެ

ބޭނުންވާ އަދަދު

01

ޝަރުޠު

  1. އެކައުންޓްސް މަސައްކަތާ ގުޅޭ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެކައުންޓްސް މަސައްކަތާ ގުޅުންހުރި ދާއިރާއިން 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. ޖީ.ސީ.އީ އޯލެވެލްގެ 3 މާއްދާއިން ދަށްވެގެން "ސ" ފާސް ލިބިފައިވުމާއިއެކު މަޤާމާއި ގުޅޭ ދާއިރާއެއްގައި މަދުވެގެން 01 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން
  3. މައިކްރޮސޮފްޓް އެކްސެލް އަދި އޮފިސް ޕެކޭޖްތަކަށް ފަރިތަވުން.
  4. އިނގިރޭސިބަހާއި ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތްކުރަން އެނގުމާއި، ޓީމެއް ގޮވައިގެން މަސައްކަތްކުރުމުގެ ޤާބިލުކަން ލިބިފައިވުން.
  5. މަޤާމުގެ މަސްއޫލިއްޔަތު އަދާކުރެވޭފަދަ ޞިއްޙަތެއްގައިހުރި މީހަކުކަމުގައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ދުވަހުން ދުވަހަށް ކޭޝްބުކް އަދި ލެޖާރ އަޕްޑޭޓް ކުރުން.
  2. ކުންފުންޔަށް ލިބެންޖެހޭ ފައިސާ އަދި ކުންފުނިން އެހެން ފަރާތްތަކަށް ދައްކަންޖެހޭ ފައިސާގެ ރެކޯރޑްތައް ބެލެހެއްޓުން.
  3. ދުވަހުން ދުވަހަށް ލިބޭ ފައިސާގެ ހިސާބު ބެލެހެއްޓުމާއި، ލިބޭ ފައިސާ ގަވާއިދުން ބޭންކަށް ޖަމާކުރުން.
  4. ސިސްޓަމުން ނެގޭ ސޭލްސް ކަލެކްޝަން ރިޕޯރޓް ރީކޮންސައިލް ކުރުން.
  5. ޑެއިލީ ރެވެނިއު އަދި ޑެއިލީ ކަލެކްޝަން ސަމަރީ ރިޕޯރޓް ތައްޔާރުކުރުމުގައި އެހީތެރިވެދިނުން.
  6. އިންޓަރނޭޝަނަލް ފައިނޭންސަލް ރިޕޯޓިންގ ސްޓޭންޑަޑްތަކާއި، އާންމުކޮށް ޤަބޫލުކުރާ ހަމަތަކާއި މިންގަނޑުތަކާ އެއްގޮތަށް ފައިސާގެ ހިސާބުތައް ބަލަހައްޓައި ތައްޔާރުކުރުން.
  7. ކޯޕަރޭޝަންގެ ކަސްޓަމަރުންގެ އިންވޮއިސް ދުވަހުން ދުވަހަށް އަދި މަހުން މަހަށް ފޮނުވުން.
  8. ކަސްޓަމަރުން ފޮނުވާ އިންވޮއިސްތަކުގެ ފައިސާ ދައްކަންޖެހޭ މުއްދަތުގެ ތެރޭގައި ދެއްކުން.
  9. ޑިޕާރޓްމަންޓްގައި ކުރަންޖެހޭ އިތުރު މަސައްކަތްތައް ފައިނޭންސް އޮފިސަރގެ އިރުޝާދުގެ ދަށުން ކުރުން.
  10. މިނޫންވެސް ކުންފުނިން ރާވައި ހިންގާ ހަރަކާތްތަކުގައި ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދިނުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  • މަސައްކަތާ ގުޅުން ހުރި ދާއިރާއިން ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ؛
  • ކޯޕަރޭޝަންގެ މަސައްކަތްތައް ކުރިއަށް ގެންދިއުމާއި ގުޅުންހުރި ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރި ވެފައިވާ މިންވަރު.
  • އިންޓަރވިއު

ހުށަހަޅަންޖެހޭ ތަކެތި:

 

  1. ވަޒީފާއަށް އެދި ހުށަހަޅާ ފޯމު (ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑްގެ މައި އޮފީހުގެ ކައުންޓަރުން އަދި މި ކޯޕަރޭޝަންގެ ވެބްސައިޓް (www.wamco.com.mv) އިން ލިބިވަޑައިގަންނަވާނެ).
  2. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު
  3. ލިބިފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ (އެޓެސްޓްކޮށް އެކްރެޑިޓް ކުރެވިފައިވާ) ކޮޕީ،
  4. ޕޮލިސް ރިޕޯޓު (ދޫކުރި ފަހުން 03 މަސްދުވަސް ހަމަނުވާ)
  5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު) ކޮޕީ

ސުންގަޑި އަދި ވަޒީފާއަށް އެދި ހުށަހަޅުއްވާނެ ތަން:

2021 މެއި 19 ވާ ބްރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ މައި އޮފީހަށް (މއ. ޖަންބުގަސްދޮށުގެ، 2 ވަނަ ފަންގިފިލާ) ހުށަހެޅުއްވުން. ނުވަތަ [email protected] އަށް މެއިލްކުރުން.

އިންޓަރވިއު:

- އިންޓަރވިއުއާއި އިމްތިޙާނުކުރުން މެއި މަސް ތެރޭގައި ކުރިއަށް ގެންދެވޭނެވެ. 

އިތުރު މަޢުލޫމާތު:

ކޯޕަރޭޝަނުން އިންޓަވިއުއާއި އިމްތިޙާންކުރުމަށް ގުޅާނީ، ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް އެކަންޏެވެ.

މަޢުލޫމާތު ފުރިހަމަ ނުވާ ފޯމު، އަދި ލިޔެކިޔުންތައް ހަމަ ނުވާ އެޕްލިކޭޝަން ބާޠިލުކުރުމުގެ ޙައްޤު ކޯޕަރޭޝަނަށް ލިބިގެންވެއެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް – ނަންބަރު 3025803 ފޯނަށް ގުޅުއްވުން އެދެމެވެ.

09 ޝައްވާލު 1442

12 މެއި 2021

12 މޭ 2022