މަސައްކަތް
ނަންބަރު: (IUL)220-AS/1/2022/41
ޕަބްލިޝްކުރި ތާރީޚް: 12 މޭ 2022
ޕަބްލިޝްކުރި ގަޑި: 16:17
ސުންގަޑި: 22 މޭ 2022 15:00
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
Title Training Programme on International Financial Reporting Standards

ތިރީގައި މި ދަންނަވާ ޙިދުމަތް މި އޮތޯރިޓީއަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން 28 މާރިޗު 2022 ގައި ކުރި ނަންބަރު (IUL)220-AS/1/2022/30 ފުރަތަމަ އިޢުލާނާ ގުޅިގެން، ލިބިފައިވާ އަންދާސީހިސާބުގެ އަގު ބޮޑުކަމަށް ފެންނާތީ އަލުން އިޢުލާނު ކުރަމެވެ.

 Training Programme on International Financial Reporting Standards

 ވީމާ، މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާވަލާ އެއްގޮތަށް ބީލަމުގައި ރަޖިސްޓްރީ ކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ތާރީޚް

ދުވަސް

ވަގުތު

ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމުގެ ސުންގަޑި

19 މޭ 2022

ބުރާސްފަތި

12:00

އަންދާސީހިސާބު ހުށަހެޅުން

22 މޭ 2022

އާދިއްތަ

15:00

 - ބީލަމުގައި ރަޖިސްޓްރީ ވުމަށް ތިރީގައި ބަޔާންކޮށްފައިވާ މަޢުލޫމާތު [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ.

  • އިޢުލާނު ނަންބަރު
  • ބީލަން ހުށަހަޅާ ފަރާތުގެ މަޢުލޫމާތު (ކުންފުންޏެއްނަމަ ކުންފުނީގެ ނަމާއި ރަޖިސްޓްރޭޝަން ނަންބަރު، އަމިއްލަ ފަރުދެއްނަމަ ވިޔަފާރީގެ ނަމާއި ވެރިފަރާތުގެ ނަން އަދި އައިޑީ ކާޑު ނަންބަރު)
  • ފޯނު ނަންބަރު

- މަތީގައި ބަޔާންކޮށްފައިވާ އީމެއިލް މި އޮތޯރިޓީއަށް ލިބުމުން، އެ އީމެއިލް މި އޮތޯރިޓީއަށް ލިބުނުކަން އީމެއިލް މެދުވެރިކޮށް އަންގާނެ ވާހަކަ ދަންނަވަމެވެ. ރެޖިސްޓްރީ ކުރުމަށް އެދި ފޮނުއްވާ އީމެއިލް މި އޮތޯރިޓީއަށް ލިބުނުކަން ކަށަވަރުކުރުމަކީ ބީލަންވެރީންގެ ޒިންމާއެކެވެ.

- ބީލަން ތައްޔާރުކުރަންވާނީ މި އިޢުލާނާއެކު ހިމަނައިފައިވާ މަޢުލޫމާތު ކަރުދާހާ އެއްގޮތަށެވެ.

- ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކުގެ އަންދާސީހިސާބާއި، ސުންގަޑީގެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައް އަދި މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ކަންތައްތައް ފުރިހަމަނުވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެއެވެ.  

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ. އަދި ފޯނު މެދުވެރިކޮށްނަމަ  3020478 އަށް ގުޅުއްވުން އެދެމެވެ. 

12 މޭ 2022