މަސައްކަތް
ނަންބަރު: GS113/2014/105
ޕަބްލިޝްކުރި ތާރީޚް: 10 ސެޕްޓެންބަރު 2014
ޕަބްލިޝްކުރި ގަޑި: 16:33
ސުންގަޑި: 17 ސެޕްޓެންބަރު 2014 13:00
ކުޑަފަރީ މަދަރުސާ
ދިވެހިރާއްޖެ
އެއްކުލާސްރޫމް ބޮޑުކޮށް 2 ކުލާސްރޫމާއި، ލައިބްރަރީ އެޅުމަށް

މި މަދަރުސާގެ އެއްކުލާސްރޫމް ބޮޑުކޮށް 2 ކުލާސްރޫމާއި، ލައިބްރަރީ އެޅުމަށް ބޭނުންވެއްޖެ

މިމަދަރުސާއިން ކުރެވުނު އިޢުލާން ނަންބަރު: GS113/2014/092 އަށް އަންދާސީހިސާބު ހުށަހަޅާފައިވާ ފަރާތްތަކުގެ ބިޑު ޑޮކިއުމެންޓްސް ފުރިހަމަނުވާތީ، ހުށަހެޅިފައިވާ ބިޑުތައް ބާޠިލުކޮށްފީމެވެ.

ވީމާ، މި މަދަރުސާގައި އެއްކުލާސްރޫމް ބޮޑުކޮށް 2 ކުލާސްރޫމާއި، ލައިބްރަރީ އެޅުމުގެ މަޝްރޫޢަށް އަލުން ބިޑު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2014 ސެޕްޓެންބަރު 17 ވާ ބުދަ ދުވަހުގެ މެންދުރުފަހުގެ 1.00 ގައި މި މަދަރުސާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2014 ސެޕްޓެންބަރު 23 ވާ އަންގާރަ ދުވަހުގެ މެންދުރުފަހުގެ 1.00 ގައި އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަދި މަޢުލޫމާތު ސާފުނުކޮށް ހުށަހެޅޭ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ އެންމެހައި ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ބަދަލުގައި އެހެން ފަރާތަކުން ވަޑައިގަންނަވާނަމަ، އެއީ ކޮންފަރާތަކުން ވަޑައިގަންނަވާ ބޭފުޅެއްކަން އެނގޭނެ ލިޔުމެއް އަދި ބަދަލުގައި ވަޑައިގަންނަވާ ބޭފުޅާގެ އައި.ޑީ.ކާޑު ގެންނަވަންވާނެއެވެ.

15 ޛުލްޤަޢިދާ 1435

 
10 ސެޕްޓެންބަރު 2014