ދިވެހިރާއްޖެ
އިޢުލާން
2022 ވަނައަހަރުން ފެށިގެން ކޮންމެ އަހަރަކު މިމިނިސްޓްރީއިން " މޯލްޑިވްސް ޓޫރިޒަމް އެވޯރޑްސް" ގެ ގޮތުގައި އެވޯޑް ހަފްލާއެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. ވީމާ، " މޯލްޑިވްސް ޓޫރިޒަމް އެވޯރޑްސް"ގެ ޓްރޮފީ ފަރުމާކުރުމަށް އާންމުކޮށް ހުޅުވާލަމެވެ.
މި މުބާރާތުގައި ބައިވެރިވެވޭނެ ފަރާތްތައް:
މި މުބާރާތަކީ އެންމެހާ ދިވެހި ރައްޔިތުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދެވޭ މުބާރާތެކެވެ.
މިމުބާރާތުގައި، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކަށާއި، ކުންފުނިތަކަށާއި ޕާރޓްނަރޝިޕްތަކުގެ އިތުރުން ކުލަބް ޖަމްޢިއްޔާ ޖަމާޢަތްތަކަށާއި އަމިއްލަ ފަރުދުންނަށްވެސް ބައިވެރިވެވޭނެއެވެ.
ޓްރޮފީ ފަރުމާކުރުމުގައި ހުންނަންޖެހޭ ޝަރުޠުތައް:
- މި މުބާރާތަށް ހުށަހަޅާ ފަރުމާއަކީ މީގެ ކުރިން ބޭނުންކޮށްފައިވާ ނުވަތަ މުބާރާތެއްގައި ހުށަހަޅާފައިވާ ފަރުމާއެއްކަމުގައި ވެގެންނުވާނެއެވެ.
- ފަރުމާކުރެވޭ އެވޯރޑް ގެ 3D ނުވަތަ 2D ރެންޑަރޑް ފޮޓޯ (ފްރަންޓް، ސައިޑް އަދި ޕަރސްޕެކްޓިވް އޭންގަލް) JPEG އަދި PDF ފޯމެޓުގައި ހުށަހަޅަންވާނެއެވެ.
- ޓްރޮފީގެ ސައިޒް އަދި މެޝަރމަންޓްތައް އެނގޭނެފަދަ 2D ކޮންސެޕްޓް އެއް ހުށަހަޅަންވާނެއެވެ.
- ފަރުމާކުރެވޭ ޓްރޮފީގައި އެވޯޑް ލިބޭފަރާތުގެ ނަން ޖެހުމަށް ޕްލެޓްކޮޅެއް ޚާއްސަކުރެވިފައި ވާންވާނެއެވެ.
- މި ޓްރޮފީގެ ކޮންސެޕްޓް ހެދިފައި ހުންނަންވާނީ ފަސޭހައިން އޭގެ ޕްރޮޑަކްޝަން ހެދޭނެ ގޮތަކަށެވެ.
- ކޮންސެޕްޓް ޕްރޮޕޯސަލް ހުށަހަޅާއިރު، ޕްރޮޕޯސަލްގެ ސޮފްޓް ކޮޕީ ޕެންޑްރައިވް އެއްގައި ހުށަޅަންވާނެއެވެ.
ހުށަހަޅަންޖެހޭ ގޮތް:
- ހުށަހަޅާ ފަރާތުގެ ފުރިހަމަ ނަމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، އެޑްރެސް، ގުޅޭނެ ފޯނު ނަމްބަރު، އީމެއިލް އެޑްރެސް، ކުންފުނީގެ ރަޖިސްޓްރީ މި ފަރުމާއާއެކު މިމިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.
- ފަރުމާކުރެވިފައިވާ ޓްރޮފީއިން ދޭހަވާކަންތައްތައް ބަޔާންކޮށް ލިޔުމެއް ހުށަހަޅަންވާނެއެވެ.
- މި ތަކެތި ހުށަހަޅާ ސިޓީއުރައިގެ ބޭރުގައި " މޯލްޑިވްސް ޓޫރިޒަމް އެވޯރޑްސް ޓްރޮފީ މުބާރާތް" ޖަހަންވާނެއެވެ.
ހުށަހަޅާ ޓްރޮފީތަކަށް މާކްސް ދިނުން:
މާރކްސް ދެވޭބައިތަކާއި މިންގަޑު: |
ކަނޑައެޅިފައިވާ % |
ފަރުމާގެ ނަލަކަން |
50% |
ރާއްޖޭގެ ފަތުރުވެރިކަން ރަމްޒުކޮށްދޭ މިންވަރު |
30% |
ޓްރޮފީ ޕްރޮޑިއުސްކުރުމުގެ ފަހިކަން |
20% |
މުބާރާތުން 01 ވަނައަށް ހޮވޭނީ %75 (ހަތްދިހަފަސް) އިންސައްތައަށް ވުރެ މަތިން މާކްސް ލިބޭ ފަރާތްތަކުގެ ތެރެއިން އެންމެ ގިނަ މާކްސް ލިބޭ ފަރާތެކެވެ.
އިނާމް:
މިމުބާރާތުން 01 ވަނައަށް ހޮވޭ ޓްރޮފީ ފަރުމާ ހުށަހަޅާ ފަރާތަށް 50,000 (ފަންސާސް ހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ސުންގަޑި:
މިމުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން 2022 މެއި 26 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން ޢިއުލާންގައި ހުށަހަޅަން ޖެހޭކަމަށް ބަޔާންކޮށްފައިވާ ތަކެތި ހުށަހެޅުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންފުޅުވާނަމަ، މިމިނިސްޓްރީގެ ގްރެފިކް ޑިޒައިނަރ ހަސަން ސައީދު، 9977333 އާ ގުޅުއްވުން އެދެމެވެ.
އެއްވަނަ އަށް ހޮވޭ ޓްރޮފީ ފަރުމާގެ ހުރިހާ ހައްގެއް (ރައިޓްސް) ލިބިގެންދާނީ މިނިސްޓްރީ އޮފް ޓޫރިޒަމަށެވެ.