މަސައްކަތް
ނަންބަރު: (IUL)138-DS1/138/2014/62
ޕަބްލިޝްކުރި ތާރީޚް: 10 ސެޕްޓެންބަރު 2014
ޕަބްލިޝްކުރި ގަޑި: 16:32
ސުންގަޑި: 18 ސެޕްޓެންބަރު 2014 11:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
އެންވަޔަރަންމަންޓް އިމްޕެކްޓް އެސެސްމަންޓް ރިޕޯޓް ތައްޔާރުކުރުމަށް

ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ތެރެއިން މާލެ ވިލިނގިލީގައި ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ 162 ހައުސިންގ ޔުނިޓް ޢިމާރާތްކުރުމަށް ހަދަންޖެހޭ އީ.އައި.އޭ (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު (4/93) ގެ 5 ވަނަ މާއްދާގެ ދަށުން، މިފަދަ މަޝްރޫޢުތަކުގެ ސަބަބުން ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ދެނެގަތުމަށް ހަދަންޖެހޭ " އެންވަޔަރަންމަންޓް އިމްޕެކްޓް އެސެސްމަންޓް") ރިޕޯޓް ތައްޔާރުކުރުމަށް ބޭނުންވެއެވެ. 

ވީމާ، މިރިޕޯޓް ތައްޔާރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 18 ސެޕްޓެންބަރު 2014ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު މިނިސްޓްރީއިން ދޭ މަޢުލޫމާތާ އެއްގޮތަށް 22 ސެޕްޓެންބަރު 2014 ވާ ހޯމަ ދުވަހުގެ 11:00 ގައި މިމިނިސްޓްރީއަށް ވަޑައިގެން ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

ހައުސިންގ ޑިޕާޓްމަންޓް

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ.

އަމީނީމަގު،

މާލެ، ދިވެހިރާއްޖެ.

ފޯން: 3004115 ، 3004118 , ފެކްސް:3004301

އީ-މެއިލް: [email protected]

15 ޛުލްޤަޢިދާ 1435

10 ސެޕްޓެންބަރު 2014