މަސައްކަތް
ނަންބަރު: (IUL)354/354/2022/12
ޕަބްލިޝްކުރި ތާރީޚް: 12 މޭ 2022
ޕަބްލިޝްކުރި ގަޑި: 13:11
ސުންގަޑި: 25 މޭ 2022 13:00
އަރިއަތޮޅު ދެކުނުބުރީ ދިއްދޫ ކައުންސިލުގެ އިދާރާ
ދިވެހިރާއްޖެ
އދ.ދިއްދޫ ރައްވެހިގޭގައި ހުރި މަރާމާތުގެ މަސައްކަތްތައްކުރާނެ ފަރާތެއް ހޯދުން

އިޢުލާނު

އދ.ދިއްދޫ ރައްވެހިގޭގައި ހުރި މަރާމާތުގެ މަސައްކަތްތައްކުރާނެ ފަރާތެއް ހޯދުން

 

           ‏އދ.ދިއްދޫ ރައްވެހިގޭގައި ހުރި މަރާމާތުގެ މަސައްކަތްތައް އަމިއްލަ ތަކެތީގައިކުރާނެ ފަރާތެއް ‏‏ހޯދަން ބޭނުންވެއެވެ.‏

      ‏މިކަމަށް ޝައުޤުވެލައްވާ ފަރާތްތަކުން 15 މެއި 2022 ވާ އާދީއްތަ ދުވަހުން ފެށިގެން 18 މެއި 2022 ވާ ‏‏ބުދަ ދުވަހުގެ ނިޔަލަށް ރަސްމީ ގަޑީގައި މި އިދާރާގެ ނަންބަރު 6680057 ފޯނަށް ގުޅުއްވައިގެންނުވަތަ މި ކައުންސިލަށް ވަޑައިގެން ‏ނަންނޯޓް ކުރެއްވުމުން މަޢުލޫމާތު ‏‏ކަރުދާސް ލިބޭނޭ އިންތިޒާމު ހަމަޖައްސައިދެވޭނެއެވެ‏‎.‎‏ ‏ނަންނޯޓްކޮށްފައިވާ ފަރާތްތަކާއެކު 19 މެއި 2021 ވާ ބުރާސްފަތި ދުވަހު ހެނދުނު 13:00 ގައި ޕްރީބިޑް ސެޝަންއެއް މި ‏‏ކައުންސިލްގެ ‏‏ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ.‏ އަދި ނަންނޯޓް ނުކުރައްވާ ފަރާތްތަކަށް ‏‏އަންދާސީ ހިސާބު ހުށަނޭޅޭނެ ވާހަކަ ‏‏ދަންނަވަމެވެ.  ‏

      ‏ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 25 މެއި ‏‏2022 ވާ ބުދަ ދުވަހުގެ 13:00 އަށް މި އިދާރާއަށް ޙާޟިރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ބީލަންތައް ބަލައިގަތުމާއި ހުޅުވުން އޮންނާނީ 25 މެއި ‏‏2022 ވާ ބުދަ ދުވަހުގެ 13:00 ގައި މި އިދާރާގެ ޖަލްސާކުރާ މާލަމުގައި އެކަމަށް ބާއްވާ ބައްދަލުވުމުގައެވެ. ބީލަންތައް ‏‏‏ހުންނަންވާނީ މަޢުލޫމާތު ކަރުދާހުގައިވާފަދައިން ލޭބަލްކުރެވި ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ކަނޑައެޅިފައިވާ ‏‏ގަޑިއަށްވުރެ ފަހުން ހުށައަޅާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.  

 

           11 ޝައްވާލް 1443

           12 މެއި 2022

 

                                        އަޙްމަދު މުޙައްމަދު

                                                 އދ.ދިއްދޫ ކައުންސިލްގެ ރައީސް

 

12 މޭ 2022