މަސައްކަތް
ނަންބަރު: HDC (161)-A/IU/2014/48
ޕަބްލިޝްކުރި ތާރީޚް: 14 ސެޕްޓެންބަރު 2014
ޕަބްލިޝްކުރި ގަޑި: 16:29
ސުންގަޑި: 18 ސެޕްޓެންބަރު 2014 14:00
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
ސަހަރާގެ ވަށާފާރު ރާނައި ވަންނަ ގޭޓް ހަދައި ހަރުކޮށްދޭނެ ފަރާތެއް ހޯދަން

އަންދާސީހިސާބު ބޭނުންވެއްޖެ

މި ކޯޕަރޭޝަނުން ދޭ މަޢުލޫމާތާ އެއްގޮތަށް، ހުޅުމާލޭގައި އަލަށް ހެދުމަށް ހަމަޖެހިފައިވާ ސަހަރާގެ ވަށާފާރު ރާނައި އަދި ވަންނަ ގޭޓް ހަދައި ހަރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 18 ސެޕްޓެންބަރު 2014 ވާ ދުވަހުގެ 14:00 އަށް ހުޅުމާލޭގައި ހުންނަ މިކޯޕަރޭޝަނުގެ މައިއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 25 ސެޕްޓެންބަރު 2014 ވަނަ ދުވަހުގެ 14:00 އަށް (ބިޑް ޑޮކިއުމެންޓްގައި ބަޔާންކުރެވިފައިވާ މަޢުލޫމާތު ފުރިހަމަ ކުރެއްވުމަށްފަހު) ހުޅުމާލޭގައި ހުންނަ މިކޯޕަރޭޝަނުގެ މައިއޮފީހުގެ މީޓިންގރޫމަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މިބިޑް ޑޮކިއުމެންޓް މި ކޯޕަރޭޝަންގެ ވެބްސައިޓް:http://www.hdc.com.mv/media/announcements.php އިން ލިބެން ހުންނާނެ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ.

އަދި އިތުރު މަޢުލޫމާތު ބޭނުންފުޅުވެލައްވާނަމަ އެޗް.ޑީ.ސީގެ 3355144 / 3355198  ފޯނާ ގުޅުއްވައި މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

19 ޛުލްޤަޢިދާ 1435 

14 ސެޕްޓެންބަރު 2014