ވަޒީފާގެ ފުރުޞަތު
ނަންބަރު: ADMHR-MPL/2022/57
ޕަބްލިޝްކުރި ތާރީޚް: 11 މޭ 2022
ޕަބްލިޝްކުރި ގަޑި: 15:34
ސުންގަޑި: 17 މޭ 2022 16:00
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
އެސިސްޓެންޓް ޕޯސްމަން

ވަޒީފާގެ ފުރުޞަތު

 

މަޤާމް :

އެސިސްޓެންޓް ޕޯސްމަން

ބޭނުންވާ އަދަދު:

1 ( އެކެއް )

މުސާރައާއި އެލަވަންސް:

  1. މުސާރަ: މަހަކު -/4221 ރުފިޔާ ( ހަތަރު ހާސް ދުއިސައްތަ އެކާވީސް ރުފިޔާ)
  2. ސަރވިސް އެލަވަންސް: މަހަކު -/2779 ރުފިޔާ ( ދެހާސް ހަތްސަތޭކަ ހަތްދިހަނުވަ ރުފިޔާ)
  3. ޑެއިލީ އެލަވަންސް: ޤަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/60 ރުފިޔާ ( ފަސްދޮޅަސް ރުފިޔާ )
  4. އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ

އޮފީސް :

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

ޔުނިޓް :

ފުވައްމުލަކު ޕޯސްޓް އޮފީސް

ތަޢުލީމީ ފެންވަރާއި މަޤާމުގެ ޝަރުޠު:

  • ޖީ.ސީ.އީ އޯލެވެލްގެ ފެންވަރު ހުރުމާއެކު ދާއިރާގެ ޢަމަލީ މަސައްކަތު ތަޖްރިބާ ލިބިފައިވުން ނުވަތަ،
  • އަސާސީ ފެންވަރަށް ލިޔަން ކިއަން ދަތުމާއި 1އަހަރު ދުވަހުގެ ޢަމަލީ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން

މަޤާމްގެ މަސްޢޫލިއްޔަތު

  • ފުވައްމުލަކު ސިޓީއަށް ހުންނަ ސިޓީ، ޕާރސަލް ފަދަ ތަކެތި ބެހުން

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ކުރެވޭ އިންޓަރވިއުއިން ފާސްވުން
  • ފުވައްމުލަކު ސިޓީގެ ގެތަކާއި/އެޑްރެސް އަދި މަގުތަކަށް ފަރިތަވުން
  • ގިނަ ވަގުތު މަސައްކަތުގައި އުޅެވޭފަދަ ޞިއްހަތެއް ހުރި މީހަކަށްވުން
  • އަމިއްލަ ދުއްވާ އެއްޗެއްގައި މެއިލްބެހޭފަދަ މީހެއްކަމުގައިވުން
  • ބަރު ތަކެތި އެއްތަނުން އަނެއްތަނަށް އުފުލޭ މީހެއްކަމުގައިވުން
  • ވޭތުވެދިޔަ 5 ( ފަހެއް ) އަހަރުދުވަހު ޖިނާއީ އެއްވެސް ކުށެއް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުންނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބެލެމުންދާ މީހަކުކަމުގައި ނުވުން.

ރަސްމީ މަސައްކަތު ގަޑި:

  • ހެނދުނު 08:00 އިން 15:00 އަށް  

ހުށަހަޅަންޖެހޭ ލިޔުންތައް އަދި ތަރުތީބް

  1. ވަޒީފާއަށްއެދޭ ފޯމް
  2. ވަނަވަރު (ސީވީ)
  3. އައިޑީ ކާޑުގެ ކޮޕީ
  4. ތަޢުލީމީ ސެޓުފިކެޓުތައް(އިއުލާން ގައި ބަޔާންކޮށްފައިވާ ތަޢުލީމީ ފެންވަރު އަންގައިދޭ ސެޓްފިކެޓުތައް)  
  5. ލިބިފައިވާ ތަމްރީން / ތަޖްރިބާ އަންގާދޭ ލިޔުން (މަޤާމްގެ މަސައްކަތާ ގުޅޭ)  

** އީމޭލްއިން ފޮނުވާނަމަ ފޮނުވަންވާނީ މަތީގައިވާ ތަރުތީބުން ހުރިހާ ޑޮކިއުމަންޓް ތަކެއް އެއް ޑޮކިއުމަންޓެއްގޮތުގައި “PDF” ކޮށްފައެވެ.

** ވަކިވަކި ފޮޓޯގޮތަށް ނުވަތަ ވަކިވަކިން ޑޮކިއުމެންޓްތައް އެއް ޑޮކިއުމަންޓަކަށްނުހަދާ އެޓޭޗްކޮށްފައިވާނަމަ އެޕްލިކޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

ސުންގަޑި:

މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 17  މޭ 2022 ވާ އަންގާރަ ދުވަހުގެ  16:00 ގެ ކުރިން، [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ.

 

ހާރޑް ކޮޕީ ހުށަހަޅުއްވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް 17 މޭ 2022 ވާ އަންގާރަ ދުވަހުގެ 14:00 އާ ހަމައަށް  ފުވައްމުލަކު ޕޯސްޓް އޮފީހުން ބަލައިގަންނާނެއެވެ. 

  •  

އިންޓަވިއު:

  • އިންޓަވިއުއަށް ދެންނެވޭނީ، ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯރޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

ވަޒީފާއަށް އެދޭނެ ގޮތް:

  • ވަޒީފާއަށް އެދޭފޯމު ކުންފުނީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.  އަދި ޕޯސްޓް ބިލްޑިންގުގެ 04 ވަނަ ފަންގިފިލާއިން ފޯމު ލިބެން ހުންނާނެއެވެ.

https://www.maldivespost.com/media/downloads/job-application-form

އިތުރު މަޢުލޫމާތު:

  • މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކާއި ލިޔެކިއުންތައް ހަމަނުވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް ބާޠިލްކުރެވޭނެއެވެ.
  • މި ޢިއުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ 3315555 އެކްސްޓެންޝަން 3009-273ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
11 މޭ 2022