ބީލަން
ނަންބަރު: (IUL)245-CAF/245/2022/20
ޕަބްލިޝްކުރި ތާރީޚް: 11 މޭ 2022
ޕަބްލިޝްކުރި ގަޑި: 14:59
ސުންގަޑި: 26 މޭ 2022 10:00
ތިލަދުންމަތީ އުތުރުބުރީ އުލިގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ ބޭނުމަށް ޕަވަރ ގޭޓް 1.5 ޓަނުގެ ޕިކަޕު ޓުރަކެއް ހޯދުން

`

ތިލަދުންމަތީ އުތުރުބުރީ އުލިގަމު ކައުންސިލްގެ އިދާރާ

އުލިގަން

 

              (IUL)245-CAF/245/2022/20 :ނަންބަރު         

އިޢުލާން

ކައުންސިލްގެ ބޭނުމަށް ޕަވަރ ގޭޓް 1.5 ޓަނުގެ ޕިކަޕު ޓުރަކެއް ހޯދުން

 

                ތިލަދުންމަތީ އުތުރުބުރީ އުލިގަން ކައުންސިލު އިދާރާއަށް އުލިގަމުގެ ކުނި މެނޭޖްކުރުމުގެމަސައްކަތް ހަރުދަނާ ކުރުމަށް ކުރަމުން ގެންދާ މަސައްކަތުގެ ތެރެއިން 1.5 ޓަނުގެ ޕަވަރ ގޭޓް ޕިކަޕެއް ހޯދުމަށް ބީލަން ހުށަހެޅުމަށް ހުޅުވާލަމެވެ.

 

 ވީމާ މި ސައިޒުގެ ޕަވަރ ގޭޓް ޕިކަޕް ވިއްކަން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދައުވަތު މިކައުންސިލުން އަރުވަމެވެ.  މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން  މި އިޢުލާނާއެކު ޢާންމުކުރެވިފައިވާ  ބީލަން ފޮތުގައި ބަޔާންކޮށްފައިވާ މަޢުލޫމާތު ފުރިހަމަކޮށް ހުށަހަޅަންވާނެއެވެ.

 

 މި މަސައްކަތުގެ “ބީލަން ފޮތް'' މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗްކޮށްފައި ވާނެއެވެ. އަދި  މިކައުންސިލާ ގުޅުއްވުމުން ވެސް ބޭނުވާ ފަރާތްތަކަށް އީމެއިލްގެ ޒަރީޢާއިން ޑޮކިޔުމަންޓް ފޯރުކޮށް ދެވޭނެއެވެ.

 

ބިޑް ރަޖިސްޓްރީ ކުރުން

 ބީލަން ހުށަހެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން މިކައުންސިލްގައި ރެޖިސްޓަރ ކުރަންވާނެއެވެ. މިކަމަށް ޚާއްޞަ ކުރެވިފައިވާ ރެޖިސްޓރޭޝަން ފޯމް ފުރިހަމަކޮށް ރެޖިސްޓރޭޝަން ކުރުމަށް ކަނޑައެޅިފައިވާ މުއްދަތުގައި މި ކައުންސިލްގެ މެއިލް [email protected] އަށް މެއިލްކުރުމުން  ރެޖިސްޓްރީ ކުރެވުނީ އެވެ. ރެޖިސްޓރޭޝަން ފޯމް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ. މިބީލަމުގައި ބައިވެރިވެވޭނީ ވިޔަފާރި ރަޖިސްޓްރީގެ އިތުރުން ޖީއެސްޓީ ރެޖިސްޓްރޭޝަން ސެޓްފިކެޓް އޮތް ފަރާތްތަކަށެވެ. ރެޖިސްޓްރޭޝަން ކުރިއަށް ދާނީ 11 މެއި 2022 ވާ ބުދަ ދުވަހުން ފެށިގެން 15 މެއި 2022 ވާ އާދީއްތަ ދުވަހުގެ ހެނދުނު 08:00 ގެ ނިޔަލަށެވެ.  މި މުއްދަތުގައި ބީލަން ހުށަހެޅުމަށް ރެޖިސްޓަރ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.

 

ޕްރީބިޑް ބައްދަލުވުން

މި ބިޑާއި ބެހޭ ހުރިހާ މަޢުލޫމާތެއް މިއިޢުލާނާއެކު ގެޒެޓް ކުރެވިފައިވާތީ،  މަޢުލޫމަތު ދިނުމަށް އިތުރު ބައްދަލުވުމެއް ނޯންނާނެއެވެ.

 

ބިޑު ސެކިއުރިޓީ

މި އިޢުލާނާގުޅިގެން ބިޑް ހުށަހަޅުއްވާ ފަރާތްތަކުން ބިޑް ސެކިޔުރިޓީ ހުށަހަޅާކަށް ނުޖެހޭނެއެވެ.

 

ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން

 

ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި، ވަގުތު، ބީލަން ހުށަހަޅާ ފަރާތުގެ ނަން، އީމެއިލް-އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީހުން ފެށިގެން މަދުވެގެން 30 ދުވަސް އޮންނަންވާނެއެވެ.

 

ބީލަން ހުށަހަޅާނީ 15 މެއި 2022 ވާ އާދީއްތަ ދުވަހުން ފެށިގެން 26 މެއި 2022 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މިކައުންސިލް އިދާރާއަށެވެ. އަދި ހުށަހެޅުނު ބީލަންތައް ކެނޑުން އޮންނާނީ، 26 މެއި 2022 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި ، ބީލަން ހުށަހެޅި ފަރާތްތަކުގެ ތެރެއިން އެވަގުތު ޙާޟިރުވެ ތިއްބެވި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި ޙާޟިރުވެ ތިއްބެވި ފަރާތްތަކުގެ ކުރިމަތީގައި ތިލަދުންމަތީ އުތުރުބުރީ އުލިގަން ކައުންސިލް އިދާރާގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތަށް ބަލާނުގަނެވޭނެއެވެ. އަދި މަޢުލޫމާތު ފުރިހަމަނޫން ބީލަންތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު ތިލަދުންމަތީ އުތުރުބުރީ އުލިގަން ކައުންސިލަށް ލިބިގެންވެއެވެ. އަދި ބިޑް ޕްރޮސަސްގެ ކޮންމެ ވަގުތެއްގައި ވެސް ބާޠިލުކުރުމުގެ އިޚްތިޔާރު މި ކައުންސިލަށް ލިބިގެންވެއެވެ.

 

އިތުރު މަޢުލޫމާތު ސާފުކުރުން

 

އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުން ފުޅުވާނަމަ ތިރީގައިވާ އީމެއިލްއަށް ނުވަތަ ފޯނު ނަމްބަރަށް ގުޅުއްވުން އެދެމެވެ.

 

އީމެއިލް އެޑްރެސް: [email protected]

ފޯން : ރަސްމީ ގަޑީގައި ނަމަ 6500036 އަށް ނުވަތަ 7949994 އަށް.

 

 މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

10 ޝައްވާލް 1443

11 މެއި 2022

11 މޭ 2022