ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)415/415/2022/70
ޕަބްލިޝްކުރި ތާރީޚް: 10 މޭ 2022
ޕަބްލިޝްކުރި ގަޑި: 13:47
ސުންގަޑި: 23 މޭ 2022 13:00
ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މުނިސިޕަލް ކީޕަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު

ތިނަދޫ ކައުންސިލްގެ އިދާރާގެ ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއެވެ.

 މަޤާމް:

މުނިސިޕަލް ކީޕަރ

ބޭނުންވާ ޢަދަދު:    01

މަޤާމުގެ ބާވަތް:

ކޮންޓްރެކްޓް (މި މަޤާމަކީ ކޮންޓްރެކްޓް  އުޞޫލުން 12 މަސްދުވަހުގެ މުއްދަތަށް، ހަމަޖައްސައިދެވޭ ވަޒީފާއެކެވެ. އަދި މިވަޒީފާއަކީ ސިވިލްސާރވިސްގެ ވަޒީފާއެއް ނޫނެވެ.

ރޭންކް:

ސަޕޯޓް ސާރވިސް ގްރޭޑް 1

އުޖޫރަ:  

އަސާސީ މުސާރަ:  3100 ރުފިޔާ ،

ސާރވިސް އެލަވަންސް 1000 ރުފިޔާ،

ސަޕޯޓިންގ ކޯ އެލަވަންސް 1200 ރުފިޔާ،

މިނިމަމްވޭޖް އެލަވަންސް 1917 ރުފިޔާ

މީގެ އިތުރުން އިތުރުގަޑީގައި މަސައްކަތް ކުރުވައިފިނަމަ އިތުރުގަޑީގެ ފައިސާ ލިބިދެވޭނެއެވެ.

ޢާއްމުކޮށްމަސައްކަތް ކުރަންޖެހޭ ގަޑިތައް:

ކައުންސިލްގެ އިދާރާއިން ކަނޑައަޅާ ވަގުތުތަކެއްގައި.

ފެންވަރު ނުވަތަ ޝަރުޠު:

އަސާސީ ތަޢްލީމުގެ ފެންވަރަށް ލިޔަން ކިޔަން ދަތުން.

ޢުމުރުން 56 އަހަރުވެފައިވާ ފަރާތެއް ކަމުގައި ނުވުން.

މަޤާމަށް ބޭނުންވާ ހުނަރު:

 

  1. އަމިއްލަ އިސްނެގުމާއެކު މީހުންނާއި ގުޅިގެން، މަސައްކަތްކުރުމުގެ ޝައުޤުވެރިކަން ހުރުން.
  2. މަސައްކަތުގައި ގިނަވަގުތު އުޅެވޭނެ ފަދަ ރަނގަޅު ޞިއްޙަތެއްގައި ހުރުމާއެކު، ރަށުގެ އެކި ސަރަޙައްދުގައި މަސައްކަތް ކުރެވޭ ފަދަ ޤާބިލުކަން ހުރުން.
  3. އުސްތަންތަނާއި އަވީގައި މަސައްކަތް ކުރުމުގެ ޤާބިލުކަން ހުރުން.
  4. މަރާމާތު ކުރުމުގެ މަސައްކަތް ކުރުމުގެ ހުނަރު ހުރުން.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. 1.    ތިނަދޫ ކައުންސިލުގެ ޢިމާރާތްތަކާއި ކައުންސިލުން ބަލަހައްޓާ ޢިމާރާތްތަކުގެ އާބާތުރަ ފިލުވުމާއި ސާފުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  2. 2.    ތިނަދޫ ކައުންސިލުން ހިންގާ އެކިއެކި ޕްރޮޖެކްޓްތަކުގައި މަސައްކަތް ކުރުން.
  3. 3.    މިސްކިތްތަކާއި ކައުންސިލްގެ އޮފީސް ޢިމާރާތްތަކާއި ޕާރކުތައް އިތުރަށް ތަރައްޤީ ކުރުމަށް ކައުންސިލުގެ އިދާރާއިން ކުރިޔަށް ގެންދާ ޕްރޮޖެކްޓްތަކުގެ މޭސަނަރީ އަދި ކޮންކްރީޓް މަސައްކަތްތައް ކުރުމުގައި އެހީތެރިވުން.
  4. 4.    އިދާރާއިން ކުރިޔަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އިދާރާގެ މަސައްކަތުގެ ދާއިރާއިން ޙަވާލުކުރެވޭ މަސައްކަތްތައް ކުރުމާއި އިދާރާއިން ބާއްވާ އެކިއެކި ޙަރަކާތްތަކުގައި ބައިވެރިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

1-    ވަޒީފާއަށް އެދޭ ފޯމް.

2-    ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

3-   މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ.

ސުންގަޑި:

23 މެއި 2022 ވާ ހޯމަ ދުވަހުގެ 13:00 ގެ ނިޔަލަށް.

         

 

ވީމާ، މިވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން ވަޒީފާއަށް އެދި ކަނޑައެޅިފައިވާ ސުންގަޑިއަށް މިއިދާރާއަށް ފޯމު ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު މި އިދާރާގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. މި ވަޒީފާއަށް މީހުން ނެގުމުގައި މިފަދަ މަސައްކަތެއްގައި އުޅެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.  

10 މޭ 2022