މަސައްކަތް
ނަންބަރު: (IUL)COL/1/2014/36
ޕަބްލިޝްކުރި ތާރީޚް: 11 ސެޕްޓެންބަރު 2014
ޕަބްލިޝްކުރި ގަޑި: 16:22
ސުންގަޑި: 18 ސެޕްޓެންބަރު 2014 10:30
ސެންޓަރ ފޮރ އޯޕަން ލާރނިންގ
ދިވެހިރާއްޖެ
ސްޓަޑީގައިޑް ލިޔުމަށް

ސްޓަޑީގައިޑް ލިޔުމަށް ބޭނުންވެއްޖެ

މި ސެންޓަރުން ހިންގާ ބައެއް ކޯސްތަކުގެ ތިރީގައި މިދަންނަވާ ސްޓަޑީގައިޑްތައް ލިޔުމަށް ބޭނުންވެއެވެ. ވީމާ، މިމަސައްކަތް ކޮށްދިނުމަށް އެދޭ ފަރާތްތަކުން 18 ސެޕްޓެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:30 އަށް މި ސެންޓަރަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 21 ސެޕްޓެންބަރު 2014 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:30 އަށް މި ސެންޓަރަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. މަޢުލޫމާތު ސެޝަނަށް ހާޒިރުނުވެ، ފަހުން މަޢުލޫމާތު ކަރުދާސް ގެންދާ ފަރާތްތަކަށްވެސް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވޭނެއެވެ. ނަމަވެސް، އަންދާސީހިސާބު ބަލައިގަނެވޭނީ އެކަމަށް ކަނޑައެޅިފައިވާ ގަޑީގައި އެކަންޏެވެ. ސްޓަޑީގައިޑު ލިޔަން ބޭނުންވާ މާއްދާތަކަކީ:

1. އެސެސްމެންޓް އެންޑް އިވެލުއޭޝަން (EST207)

2. ޓީޗިންގ ލޭންގުއޭޖް ތުރޫ ލިޓްރެޗަރ (LIN217)

3. ނާރސް އޭޒް ޓީޗަރ އެންޑް މެންޓަރ (EST309)

މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކޮށްލަން ބޭނުންނަމަ އޮފީސް ގަޑީގައި 3345187 އަށް ގުޅުން އެދެމެވެ.

16 ޛުލްޤަޢިދާ 1435

11 ސެޕްޓެންބަރު 2014