ވަޒީފާގެ ފުރުސަތު
|
|
މަޤާމް
|
ހާބާރ އިނިސްޕެކްޓަރ
|
|
ބޭނުންވާ ޢަދަދު:
|
02 (ދޭއް)
|
|
މަޤާމުގެ ގިންތި އާއި މުއްދަތު
|
ވަގުތީ (01 އަހަރު)
|
|
މަޤާމުގެ ނަންބަރު:
|
HI 003, HI 004
|
|
މަޤާމުގެ ރޭންކް:
|
ޖީ.އެސް 3
|
|
ވަޒީފާ އަދާކުރަންޖެހޭ ތަން:
|
މަރަދޫ އަވަށު އޮފީސް
|
|
މުސާރަ:
|
-/4465 ރުފިޔާ
|
|
ސަރވިސް އެލަވަންސް:
|
-/1500 ރުފިޔާ
|
|
އެހެނިހެން އެލަވަންސް:
|
- އިތުރު ގަޑި (އަސާސީ މުސާރައިގެ 10%): 446.50 ރުފިޔާ
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
- މިނިމަމް ވޭޖްގެ ގޮތުގައި އެ ރޭންކަކަށް ދިނުމަށް ކަނޑައަޅާފައިވާ އަދަދަށްވުރެ މަދުން ލިބޭނަމަ، އެ އަދަދު ހަމަކުރުމަށް މިނިމަމް ވޭޖް އެލަވަންސް ހަމަޖައްސައިދެވޭނެ.
|
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝަދުގެ މަތިން ކުރުން.
- ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި، ސެކްރަޓަރީ ޖެނެރަލްއަށް ފުރިހަމައަށް ޖަވާބުދާރީވުން
- އާއްމު ރައްޔިތުން ބަނދަރު ބޭނުން ކުރަމުން ދަނީ ބަނދަރު ބޭނުންކުރުމަށް ހަދާފައިވާ އުޞޫލާއި އެއްގޮތަށްތޯ ބެލުން
- ބަނދަރު ސަރަހައްދަށް ކުނީގެ ގޮތުގައި ޖަމާވާ ތަކެތި ކައުންސިލް އިދާރާއިން ކަނޑައަޅާ ސަރަޙައްދަށް ޖަމާކުރުމާއި، ކުނި އެޅުމަށް ހާއްސަ ކުރެވިފައިވާ ސަރަޙައްދަށް ގެންދިއުމަށް އިރުޝާދުދީ ކުނިނައްތާލުމަށް އެހީތެރިވުން.
- ބަނދަރު ސަރަހަދުގައި ގާއިމްކުރެވިފައިވާ ފެނުގެ ނިޒާމް ބޭނުން ކުރަމުންގެންދާގޮތް ބެލުމަށް ސްޕަވައިޒަރުގެ މަޝްވަރާގެ މަތިން ބެލުން.
- މޫސުމާއި ގުޅިގެން ބަނދަރަށް ޖަމާވާ ކުނި ( ހުއިފަތް، ދަޅު، ފުޅި، ލަކުނޑި،ކޮތަޅު ) ފަދަ އެންމެހާ ތަކެތި ނަގައި ކުނިއެޅުމަށް ޚާއްސަކުރެވިފައިވާ ސަރަޙައްދަށް ސްޕަވައިޒަރުގެ ލަފާގެ މަތިން ގެންދިއުން.
- ބަނދަރު ސަރަޙައްދުގައި ޤަވާއިދާ ހިލާފަށް ތަކެތި ބަހައްޓާނަމަ ނުވަތަ ކުނިއަޅާނަމަ އެފަރާތްތަކަށް އެކަން އިސްލާޙް ކުރުމަށް ސްޕަވައިޒަރުގެ އިރުޝާދުގެ މަތިން އަންގައި ކުރޭތޯބެލުން.
- ބަނދަރުގެ ނެރުބައްތި ދިއްލޭތޯބެލުމާއި ނެރުބައްތި ހަލާކުވެފައިވާނަމަ އެކަމާއިގުޅޭ މަޢުލޫމާތު ސްޕަވައިޒަރުގެ މަޝްވަރާގެމަތިން ބަލާ ބައްތި ޖެހުމުގައި އެހީތެރިކަން ދިނުން.
- ބަނދަރަށް ލެވިފައިވާ ކަރަންޓް ދޫކުރުމަށް ކައުންސިލުން ހަމަޖައްސާފައިވާ އުޞޫލާއި އެއްގޮތަށްކަރަންޓް ދޫކުރުން
- ކަނޑު އުޅަދުފަހަރު ބަނދަރުގައި އެޅުމާއި، ލަފާފުރައި ހަދަނީ ބަނދަރު އުޞޫލާއި އެއްގޮތައްތޯ ބެލުން
- ރަށުގެ ބަނދަރުގައި ހަރުކޮށްފައިވާ ބޯޑުތަކާއި އެއްގޮތަށް އޮޑިދޯނިފަހަރު ތަރުތީބުކުރުވުން.
- ރަށުގެ ބަނދަރުގެ ފަޅުތެރެއަށް އެޅޭ ކުނިތައް ނަގައި ސާފުކުރުވުން (.)
- ބަނދަރުގެ ފެން އިސްކުރުތަކުން ފެނަށް އެދޭ ފަރާތްތަކަށް ރަށުއޮފީހުން އަންގާ ގޮތެއްގެ މަތިން ފެން ދޫކުރުމުގެ މަސައްކަތް ކުރުން.
- ފަޅުތެރެ ބޭނުންކުރުމުގެ އުސޫލާއި އެއްގޮތަށް ދަތުރުވެރިން ޢަމަލުކުރޭތޯ ބެލުމާއި އަދި އެ އުޞޫލާ ޚިލާފުވާ ފަރާތްތައް ސްޕަވައިޒަރަށް ރިޕޯޓް ކުރުން.
- އިދާރާއިން ރާވައި ހިންގާ މަސައްކަތްތަކުގައި ކައުންސިލުން އަންގައިފި ހިނދެއްގައި އެމަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވުން.
|
|
މަޤާމުގެ ޝަރުތުތައް:
|
ލިޔަން ކިޔަން ދަތުމާއި މަޤާމުގެ މަސްޢޫލިއްޔަތު އަދާކުރުމަށް ބޭނުންވާ ތަޖުރިބާއާއި ހުނަރު ހުރި (ދާއިރާ: ލޯ އެންފޯސްޓްމަންޓް، ފަޔަރ އެންޑް ރެސްކިއު، މުނިސިޕަލް، ސުޕަވައިޒަރ) ދާއިރާއިން 01 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން އަދި އުމުރުން 18 އަހަރާއި 60 އަހަރާއި ދެމެދު މީހަކަށްވުން
|
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ކޮންޓްރެކްޓް އުޞޫލުން ވަޒީފާއަށް އެދޭ ފޯމް (މި ފޯމު އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ކައުންޓަރުންނާއި، އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ އަވަށު އޮފީސްތަކުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ ވެބްސައިޓުން (adducity.gov.mv) މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.
(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
5. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
6. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:
(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް
|
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ލިބިފައިވާ ތަޢުލީމާއި ތަމްރީން
- މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަސައްކަތް ކޮށްފައިވާ ނަމަ މަސައްކަތުގެ ތަޖުރިބާ
- މަސައްކަތުގެ ހުނަރާއި ޤާބިލްކަން
- ގިނަވަގުތު އޮފީހުގައި މަސައްކަތްކުރެވޭނެ މީހެއްކަމުގައިވުން
|
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ17 މެއި 2022 ވާ ހޯމަ ދުވަހު 14:00 ގެ ކުރިން،މަރަދޫ އަވަށުއޮފީހަށެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދި ހުށަހަޅާ ފޯމް ބަލައިގަނެވޭނެއެވެ.
|
|
އިންޓަވިއު އޮންނާނެ ތަނާއި،މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 18 މެއި2022 އާއި 24 މެއި2022އާ ދެމެދު، މަރަދޫ އަވަށު އޮފީހުގައެވެ. މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.
|
|
ޝޯޓް ލިސްޓްކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
|
އިތުރު މަޢުލޫމާތު ހޯދުން
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6890096 ނަންބަރު ފޯނާއެވެ.
|
|
10 ޝައްވާލް 1443
11 މެއި 2022
|