ދިވެހިރާއްޖެ
މިއޮފީހަށް ތިރީގައި މިދަންނަވާ ތަކެތި ގަތުމަށް ކުރެވުނު ނަންބަރު: (IUL)7-ADMN/1/2022/37(31 މާރިޗް 2022) އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތަކުގެ ތެރެއިން ޝަރުތު ހަމަވާ އެއްވެސް އަންދާސީހިސާބެއް ނެތުމުން އެ އިޢުލާން ބާޠިލުކޮށް، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން އެ ކަމަށް ކުރިމަތިލެއްވުމުގެ ފުރުޞަތު ދެވަނަ ފަހަރަށް ހުޅުވާލަމެވެ.
ޢަދަދު |
އައިޓަމް |
24 |
މީޑިއަމް ބެކް އޮފިސް ގޮނޑި |
20 |
ހައި ބެކް އޮފިސް ގޮނޑި |
މި ދެންނެވުނު ތަކެތި ފޯރުކޮށްދޭނެ ފަރާތަށް ޕޮއިންޓު ދޭނެ އުޞޫލާއި އަދި ބިޑާއި ބެހޭ އިތުރު މަޢުލޫމާތު މި އިއުލާނާއެކު ވަނީ ހިމެނިފައެވެ. މި ބީލަމަށް ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލެވިފައިވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިތަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ.
މި ތަކެތި ވިއްކެވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 2022 މެއި 18 ވާ ބުދަ ދުވަހުގެ 16:00 ގެ ކުރިން[email protected] އީމެއިލްއަށް ސުވާލުތައް ފޮނުއްވުން އެދެމެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް 2022 މެއި 22 ވާ އާދީއްތަ ދުވަހުގެ 13:30 އަށް މި އޮފީހަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 13:30 ގެ ފަހުން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް މި ފުރުޞަތު ދެވެން ނެތް ވާހަކަވެސް ދެންނެވީމެވެ.