ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)101-EP/1/2014/128
ޕަބްލިޝްކުރި ތާރީޚް: 09 ސެޕްޓެންބަރު 2014
ޕަބްލިޝްކުރި ގަޑި: 17:54
ސުންގަޑި: 23 ސެޕްޓެންބަރު 2014 14:00
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު: ބިޒްނަސް ޑިވެލޮޕްމަންޓް ސަރވިސް ސެންޓަރު (ޅ. ނައިފަރު އަދި ގދ. ތިނަދޫ)

އިޢުލާން

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ދަށުން ޤާއިމްކުރެވޭ ބިޒްނަސް ޑިވެލޮޕްމަންޓް ސަރވިސް ސެންޓަރުތަކަށް (ބީ.ޑީ.އެސް.ސީ) ތިރީގައި މި ދަންނަވާ މަޤާމްތަކަށް ކުރިމަތިލައްވަން އެދޭ ފަރާތްތަކުން ސިޓީ ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލަމެވެ. ބީ.ޑީ.އެސް.ސީ ޤާއިމް ކުރުމަށް ހަމަޖެހިފައިވަނީ ޅ. ނައިފަރު އަދި ގދ. ތިނަދޫގައެވެ. ބީ.ޑީ.އެސް.ސީ އާ ބެހޭ އިތުރު މަޢުލޫމާތު މި ޢިޢުލާނާއެކު ވާ ޓާރމްސް އޮފް ރިފަރެންސްގައި ބަޔާންކުރެވިފައި ވާނެއެވެ.

  1. 02 ބީ.ޑީ.އެސް.ސީ މެނޭޖަރ (01 ޅ. ނައިފަރު އަދި 01 ގދ. ތިނަދޫ ސެންޓަރަށް)
  2. 02 ޓެރޭނިންގ ކޯޑިނޭޓަރ (01 ޅ. ނައިފަރު އަދި 01 ގދ. ތިނަދޫ ސެންޓަރަށް)
  3. 02 އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް އޮފިސަރ (01 ޅ. ނައިފަރު އަދި 01 ގދ. ތިނަދޫ ސެންޓަރަށް)

މިވަޒީފާތަކަށް އެދި ސިޓީ ހުށަހަޅުއްވާއިރު ތިރީގައި ދެންނެވިފައިވާ ލިޔުންތައް ހުށަހަޅުއްވަން ޖެހޭނެއެވެ.

  • ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު
  • މަޤާމާއި ގުޅުންހުރި ތަޖުރިބާގެ ކުރު ޚުލާޞާއެއް ސިޓީ ގައި ހިމެނިފައިވާންވާނެއެވެ.
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ (އެޓެސްޓްކުރެވިފައި)

މި މަޤާމުތަކަށް ޝައުޤުވެރިވާ ފަރާތްތަކުން މި އިޢުލާނާއެކު މިވާ ޓާރމްސް އޮފް ރިފަރެންސް ގައިވާ ގޮތުގެ މަތިން،23 އޮކްޓޫބަރު 2014 ގެ 14:00 ގެކުރިން، ސިޓީ ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ. އަދި ސިޓީ ހުށަހަޅާއިރު އެދިލައްވަނީ ކޮން ސެންޓަރއެއްގެ މަޤާމަކަށް ކަން އެނގޭގޮތަށް ސިޓީ ގައި ބަޔާން ކުރެއްވުން އެދެމެވެ. މަޤާމުގެ ޓާރމްސް އޮފް ރިފަރެންސް މިމިނިސްޓްރީގެ ވެބްސައިޓް http://www.trade.gov.mv އިން ލިބިލައްވާނެއެވެ.

 ސިޓީއުރައިގައި 'ބިޒްނަސް ޑިވެލޮޕްމަންޓް ސަރވިސް ސެންޓަރގެ ވަޒީފާއަށް އެދި' މިހެން ލިޔެވިފައި ވާންވާނެއެވެ.

ވަޒީފާއާބެހޭ އިތުރު މަޢުލޫމާތު އަދި ސިޓީ ހުށަހަޅާނީ:

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

ބޮޑުތަކުރުފާނު މަގު، މާލެ، ދިވެހިރާއްޖެ.

ފޯނު: ، 3333134، 3333196 (960)+

ވީމާ މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

13 ޛުލްޤަޢިދާ 1434

09 ސެޕްޓެންބަރު 2014