ވަޒީފާގެ ފުރުޞަތު
ނަންބަރު: FFC/I/2022/52
ޕަބްލިޝްކުރި ތާރީޚް: 10 މޭ 2022
ޕަބްލިޝްކުރި ގަޑި: 15:17
ސުންގަޑި: 19 މޭ 2022 16:30
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ސުޕަވައިޒަރ

ނަމްބަރ :  FFC/I/2022/52

 

ވަޒީފާގެ ފުރުޞަތު


މި ކުންފުނީގެ ތިރީގައިމިވާ މަޤާމަށް މީހުން ހޯދަން ބޭނުންވެއެވެ.

މަޤާމު

 ސުޕަވައިޒަރ

ބޭނުންވާ ޢަދަދު

 1 ( އެކެއް )

ވަޒީފާގެ ބާވަތް

 ކޮންޓްރެކްޓް (1 އަހަރު)

ވަޒީފާ އަދާކުރަންޖެހޭ ތަން:

 ލެބޯޓްރީ - ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް

މުސާރަ:

11078.00 ( އެގާރަހާސް ހަތްދިހަ އަށެއް ) ރުފިޔާ

އިތުރު ޢިނާޔަތްތައް:

އިތުރުގަޑި އަދި ބަންދު ދުވަސްތަކުގައި މަސައްކަތް ކުރާނަމަ، އިތުރުގަޑިއާއި ބަންދުދުވަސް ތަކުގެ ފައިސާ ޤަވާޢިދުގައިވާ ގޮތުގެމަތިން ލިބިދެވޭނެއެވެ.

ޝަރުޠު:

އޭލެވެލް ސައިންސް ސްޓްރީމްގެ 3 މާއްދާއިން (އިގިރޭސިއާއިއެކު) ދަށްވެގެން 'ޑީ' ފާސް ލިބިފައިވުން ، ނުވަތަ ވަޒީފާއާއި ގުޅުން ހުރި ދާއިރާ އަކުން މަތީ ތައުލީމް ހާސިލްކޮށްފައިވުން.

މަޤާމުގެ މަސްޢޫލިއްޔަތު:

ސެކްޝަންގެ މަސައްކަތް ސުޕަވައިޒްކުރުން، ސެކްޝަންގެ މަސައްކަތް ރާވާ ބެލެހެއްޓުން،  ސައިޓްގެ ފުޑްސޭފްޓީ އަދި ކުއަލިޓީ ޕޮލިސީތަށް ތައްޔާރުކޮށް ބެލެހެއްޓުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:

މަޤާމަށް މީހަކު ހޮވާނީ ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު ވަޒީފާގެ ވާޖިބާއި މަސްއޫލިއްޔަތު އަދާކުރުމުގެ ޤާބިލްކަން ހުރިކަން ސާބިތުކޮށްދިނުމަށް ބާއްވާ އިންޓަވިއުއަށް ފަހުގައެވެ.

އިންޓަރވިއުކުރުން:

އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. 

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނޭ ފޯން ނަމްބަރާ އެކު)

ކޮވިޑް ވެކްސިން ކާޑުގެ ކޮޕީ   

މުއްދަތު ހަމަނުވާ ޕޮލިސްރިޕޯރޓުގެ ކޮޕީ

 

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

  • 19 މެއި 2022 ވާ ބުރާސްފަތި ދުވަހުގެ 16:30ގެ ކުރިން ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްގެ ހިއުމަންރިސޯސް މެނޭޖްމަންޓަށް، ސިޓީ ފޮނުއްވުން އެދެމެވެ. މެއިލް ކުރައްވާނަމަ  [email protected] އަށް ފޮނުއްވުން އެދެމެވެ.
 

ނޯޓް: މިއިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީމާކުސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. އަދި މިމަޤާމަށް ހޮވޭ ފަރާތަށް މަސައްކަތާއި ގުޅުންހުރި މަޢުލޫމާތާއި ޓްރެއިނިންގ އަދި  އޮރިއެންޓޭޝަން ދިނުން އޮންނާނީ ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް. ޅ.ފެލިވަރުގައެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3023399 ފޯނަށް ގުޅުއްވުން އެދެމެވެ.

10 މޭ 2022